ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން 55 އަހަރުވުމުން މީހާގެ ލޮލުގެ ފެނުން ކޮށިވެއެވެ. އެހެންނަމަވެސް މިކަމަކީ އެކަމަށް ފަރުވާ ބަހައްޓާ ރަނގަޅު ކާނާ ކައިފިނަމަ އެކަމުން ސަލާމަތްވެވޭނެ ދެކަމެވެ.

ލޮލަށް ޖެހޭ ގިނަ ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު ދެ ކަމަކީ އޮކްސިޑޭޝަން އަދި އިންފްލެމޭޝަން އެވެ. މއީ ލޮލުގައި ހިނގާ ދެ ކެމިކަލް ރިއެކްޝަންއެކެވެ. މިކަމުގެ ސަބަބުން ލޮލުގައި ޖަރާސީމް އުފެދި ލޯފުސްވުމަށް މަގުފަހި ވެގެންދެއެވެ.

ލޮލަށް ފައިދާ ހުރި ކާނާގެ ތެރޭގައި ވިޓަމިން ސީ އަދި އީ ހިމެނޭ ކާނާގެ ބާވަތްތަކާއި ބީޓާ ކެރޮޓީން އާއި ޒިންކް އަދި އޮމެގާ ތްރީ ފެޓީ އެސިޑްސް ހިމެނޭ ކާނާގެ ބާބަތްތައް ހިމެނެއެވެ. ތިރީގައި މިވަނީ ލޮލަށް ފައިދާ ހުރި ބައެއް ކާނާާއެވެ

ޒުވާރި

ޒުވާރިއަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޓެންޓް ހުންނަ ކަމަށް ސައިންސްވެރިން ބުނެފައިވާ އެއްޗެކެވެ. މިހެންކަމުން ޒުވާރިއަކީ ލޮލަށް ފައިދާހުރި އެއްޗެކެވެ.

ބިސް

ބިހަކީ ގިނަ އަދަދަކަށް ވިޓަމިންސް އަދި ޕުރޮޓީން ހިމެނޭއެއްޗެކެވެ. އަދި ލޮލަށް ފައިދާހުރި އެތަށް މާއްދާއެއް ބިހުގައި ހުރެއެވެ.

އޮރެންޖް

އޮރެންޖަކީ ވިޓަމިން ސީ އެންމެ ގިނައިން ލިއްބައިދޭ ކެޔުމެވެ. ވިޓަމިން ސީގެ ސަބަބުން ލޮލުގެ ޓިޝޫތަކަށް ބާރުޖެހި ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ.