ބައެއް މީހުން ވަރަށް ފަސޭހައިން ވައްކަންތައް ކޮށްލައެވެ. ނަމަވެސް ވައްކަމަކީ ވެސް ގިނަ ފަހަރަށް ތަޖުރިބާ އާއި މައުލޫމާތު ލިބިފައި ހުރި މިންވަރެއްގެ މައްޗަށް ބިނާވާ ކަމެކެވެ. އެކަން ރަޝިއާގެ މި ދެކުދިންނަށް މިއޮތީ އަމިއްލަ އަށް ތަޖުރިބާ ކުރެވިފައެވެ.

ސަވައިލަންސް ކެމެރާ އަކަށް ރެކޯޑް ކުރެވިފައިވާ ވީޑިއޯ އަކުން ފެންނަނީ ފުރާވަރު އުމުރުގެ ދެ ފިރިހެން ކުއްޖަކު ބަރޯއެއް ވަގަށް ނަގަން ކުރާ މަސައްކަތެވެ. ބަރޯއެއް ވަގަށް ނަގައިގެން ގޭޓެއްގެ މަތިން ބަރޯ އަނެއް ފަރާތައް ގެންދަން މިދެކުދިން އެތައް ގަޑިއިރެއް ވަންދެން އެތައް މަސައްކަތެއް ކުރިއެވެ.

ރަޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި މިކަން ހިނގީ ރަޝިއާގެ ކްރަސްނޮޑާ ނަމަކަށް ކިޔާ ސަރަހައްދުގައެވެ. ދެކުދިން ބަރޯ ވަަގަށް ނަގަން އުޅޭ މަންޒަރު ފެންނަ ވީޑިއޯ 24 ގަޑިއިރު ތެރޭގައި ދެމިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

ބަރޯ ގޭޓްގެ މަތިން އަނެއް ފަރާތައް ވައްޓާލުމާއި ގާތައް ކިތަންމެ ފަހަރަކު ދިޔަ ނަމަވެސް ދެންމެދެންމެ އަނެއް ފަރާތައް ވައްޓާލެވިދާނެހެން ހީވި ނަމަވެސް އެކަން ފަސޭހައިން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ލަކުޑިތައް ގޭޓް ކައިރީ ބެހެއްޓުމަށް ފަހު އެއެއްޗެހީގެ މައްޗަށް އަރައިގެން ބަރޯ އުފުލާލަން ކުރި މަސައްކަތް ވެސް ކާމިޔާބުވީ އެތައް އިރެއް ފަހުންނެވެ.

ހުއްޓުމެއް ނެތި ކޮންމެ ކަމެއް ކުރި ނަމަވެސް ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނެ މަމަށް ބުނާ ވާހަކައިގެ ތެދުކަން މިކުދިން ސާބިތުކޮށްދިނެވެ. ދެކުދިން ވަނީ ވަރަށް މަސައްކަތުން ބަރޯ ވަގަށް ނަގާފައެވެ.

https://www.youtube.com/watch?v=rrC8V-I6Bxg

މިމަންޒަރު ފެންނަ ވީޑިއޯ އާއްމުވުމާއި އެކު ވަރަށް ގިނަ މީހުން ވަނީ އެމީހުންގެ ކުޑައިރުގެ ހަނދާންތައް ވެސް މީސް މީޑިއާގައި އާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ. ޖ. އ

    ވައްކަމަށް ބާރު ނާޅަމާތޯ

    51
    3
  2. ދާދު

    ކަޑައޭ މީތި

    27
    1
  3. އަދި ރަނގަޅެއްނޫން

    20 މިނެޓް ވަނީ