މިފަހަކަށް އައިސް އަންހެނުންގެ ފަރާތުން އިވޭ އެންމެ ބޮޑު އެއް ޝަކުވާ އަކީ ލޯބިވެރިޔާ ނުވަތަ ފިރިމީހާގެ ފަރާތުން ލޯތްބާއި ސަމާލުކަން އެންމެ އެކަށީގެންވާ ވަރަކަށް ނުލިބުމުގެ ޝަކުވާއެވެ.

މިކަމާއި މެދު ވިސްނަމުން ގޮސް އެތައް އަންހެނުންތަކެއް ބޮލުގައި ރިއްސައި ގަނެގެން އުޅޭއިރު، ދިރާސާ ތަކުން ހާމަވާ ގޮތުގައި ފިރިހެއްގެ ލޯބި ހޯދުމަށް އެންމެ ފަސޭހަ ގޮތަކީ އޭނާ އަށް ރަނގަޅަށް ކާން ދިނުމެވެ. ދިވެހި މުޖުތަމައުގައިވެސް މިހާރު ފެންނަ މަންޒަރަކީ ފިރިހެނުން އަންހެނުން ގޮވައިގެން ރެސްޓޯރެންޓުތަކަށް ގޮސް ކާ މަންޒަރެވެ. މިގޮތަށް އަބަދު ބޭރުން ކާ މީހުން އުޅޭ އިރު، މިހެން ވާން ޖެހެނީ ލޯބިވެރިޔާ ނުވަތަ އަނބިމީހާ ކައްކާ އެއްޗެހި ނުބައިވުމުން ނުވަތަ ރަނގަޅަށް ކައްކާފައި ކާން ނުދޭތީއެވެ. މިހެން ވާނަމަ، ފިރިހެނުންނަށް ނޭނގި ހުރެ، އެ އަންހެނެއް މަތިން ފޫހިވާން ފަށައެވެ.

އުފަލުގައި އުޅޭ ދެމަފިރިން އެކަކު އަނެކަކަށް ކާން ދެނީ

އަލަށް ފިރިހެނަކާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ ތިމާގެ މީރުގެ ކެއްކުމުގެ ހުނަރުން ތިމާގެ ޖާދޫގައި އެމީހަކު ޖައްސަން ވަރަށް ފަސޭހަ ވާނެއެވެ. އެހެނީ، މިހެން ވެއްޖެނަމަ، އެ ފިރިހެނެއްގެ ބޮލު ތެރޭ އަބަދުވެސް އެކަން އިންނާނެއެވެ. އެހެންނަމަވެސް، ހަމައެކަނި މީރުކޮށް ކައްކާލާފައި ހިތުހުރިހައި ގޮތަކަށް އުޅުމުން މިކަމުގެ އެންމެ އެދެވޭ ނަތީޖާ އެއް ނުފެންނާނެކަން ވިސްނާށެވެ.

އާއްމު ގޮތެއްގައި ފިރިހެނުން ދިގު މުއްދަތެއްގައި ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މީރުކޮށް ކެއްކޭ އަންހެނަކާއި އެއްކޮށް ކަމުގައި ވާއިރު، އެ އަންހެން މީހާ އުފަލުގައި ބަހައްޓަން ފިރިހެނުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ. މިގޮތުން އެންމެ ގިނަ އަންހެނުން ބޭނުންވަނީ ހެދުމާއި މޭކަޕް ފަދަ ސާމާނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބައްޕަގެ ދޮންކަމަނަ

    ޢެންމެ ރަގަޅުވާނީ އަބަދު ބަތްޕެން ފިރިމީހާ އަށް ބޯންދިނީމަ އެއިރުން ލޯބި އިތުރުވާނީ

    19
    • ޢޭދަފުށީ

      ޢޭދަފުށީ މީހުަންނަށް ކިޔަނީ ހޮނިހިރު ބަތްޕެން

      13
  2. ހަފީޒް

    މިހާރު މިއުޅޭ އަންހެންކުދިން ބޭނުމެއް ނުވޭ ފިރިހެނެއްގެ ލޯބި ހޯދާކަށެއް. އެމީހުން ބޭނުންވަނީ މުޅީން އެހެން ކަމެއް. އަދި އެމީހުން މިހާރު ކާން ދިނުމުގެ ބަދަލުގައި މާ ބޯންދޭ ހިއްވޭ.