އައިފޯނޭ ބުނުމުން އެންމެންގެ ހިތަށްވެސް އެންމެ ފުރަތަމަ އަރާނީ އެ ފޯނުގެ އަގުބޮޑުކަމެވެ. ނަމަވެސް، މިހާރު ނެރެފައިވާ އައިފޯން 11ގެ އަގު ވަރަށް ހެޔޮކަން އެނގޭ ހެއްޔެވެ؟

އެކި ކުލަތަކާއި އެކު އެޕަލް އިން އެ ކުންފުނީގެ އައު އައިފޯނުތައް ރޭގެ ވަގުތެއްގައި ދައްކާލާފައި ވާއިރު، ބައެއް މީހުން އަންނަނީ އެތަނުން ފޯނެއް ގަތުމަށް ފައިސާ އެއްކުރަމުންނެވެ. ނަމަވެސް، އަނެއްބައި މީހުން ވަނީ އައިފޯން މާ އަގުބޮޑުވާނޭ ކަމަށާއި އެމީހުންނަށް ލިބޭ ހަމައެކަނި އެއްޗަކީ ލޯނާށި ކަމަށް މީސް މީޑިއާގައި ބުނެފައެވެ. އެއީ އެންމެ ފަހުގެ އައިފޯނުގެ ކެމެރާ އާއި ލޯނާއްޓަކާއި ވައްތަރުވުމުންނެވެ.

ކޮންމެއަކަސް، ހަގީގަތުގައި އެޕަލް އިން މިވަނީ އެމީހުންގެ ފޯނުތައް އަގުހެޔޮކުރުމުގެ މަސައްކަތް މަޑުމަޑުން ފަށާފައެވެ. އެއީ ފާއިތުވެދިޔަ ދުވަސްތަކުގައި މީގެ ކުރިން އައިފޯނު ވިކޭ މިންވަރާއި ބަލާފައި އެ އަދަދު ވަރަށް ބޮޑުތަނުން ދަށް ވެފައި ވާތީ ކަސްޓަމަރުން އިތުރު ކުރުމުގެ ގޮތުންނެވެ.

އައިފޯން 11ގެ އަގު އުޅެނީ 699 ޑޮލަރު (10779 ރުފިޔާ) ގައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ އެޕަލް އިން ނެރުނު އައިފޯން 8ގެ ފަހުން އެ ކުންފުނިން ނެރޭ އެންމެ އަގުހެޔޮ ސްމާޓް ފޯނުކަމެވެ. ޝައްކެއްވެސް ނެތް ގޮތުގައި އަގާއި އެއްވަރަށް އެޕަލް ޕްރޮޑަކްޓް ތަކުގެ ކޮލިޓީވެސް ރަނގަޅުވާނެއެވެ. މިޒަމާނުގައި 10،000 ރުފިޔާ އަކީ ފަހުގެ ސްމާޓު ފޯނަކަށް މާ ބޮޑު އެއްޗެއް ކަމަށް މިހާރު އުޅޭ ގިނަ ދިވެހި ޒުވާނުންތައް ހަމަ ގައިމުވެސް ނުދެކެއެވެ.

މިދިޔަ އަހަރު އެޕަލް އިން 749 ޑޮލަރަށް (11،534 ރުފިޔާ) އަށް އައިފޯން އެކްސްއާރު ފުރަތަމަ ދުވަސްކޮޅު ބާޒާރަށް ނެރުމުން ގިނަ ބަޔަކު ވަނީ މިއަހަރު ނެރޭ ފޯނުތައް އެއަށްވުރެންވެސް އަގުބޮޑުވާނޭ ކަމަށް ނިންމާފައެވެ. ރޭ ނެރުނު އައިފޯން 11 ޕްރޯ އާއި ޕްރޯ މެކްސްގެ އަގު ތަންކޮޅެއް ބޮޑު ނަމަވެސް، އައިފޯން 11ގެ އަގު ބޮޑެކޭ ބުނެވޭކަށް ނެތެވެ.

އައިފޯން އެކްސްއާރް އާއި އައިފޯން 11 ވައްތަރު ވީ ނަމަވެސް، އެޕަލް އިން ބުނެފައިވާ ގޮތުގައި މި ފަހުގެ ފޯނު ތައްޔާރު ކޮށްފައި ވަނީ ސްމާޓް ފޯނެއްގައި ބޭނުން ކޮށްފައިވާ އެންމެ ވަރުގަދަ ބިއްލޫރި ބޭނުން ކޮށްގެން ކަމަށެވެ. އެހެންކަމުން ފަސޭހައިން ތަޅައިގެނެއް ނުދާނެއެވެ. އަނެއްކޮޅުން އައިފޯން 11ގެ ކެމެރާ ކޮލިޓީ ރަނގަޅު ވުމުގެ އިތުރުން އެތައް އައު ފީޗާސްތަކެއް ހިމެނޭއިރު މިއީ އަގުހެޔޮވެފައި އެއްވަނައިގެ ފޯނެއް ކަމަށް ގަބޫލު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ. ޖ. އ

    ކޮބާ 1000 ޑޮލަރު ގެ ވާހަކަ

    3
    2
  2. ޑާނު

    ނުކޮށްކޒިއްކުރާނީ އެކޮލެޓި ފޯން އަގުހެޔްކޮސްލިބެންހުރީމަ އަގުހެޔޮކުރަން މަޖުބޫރުވީ

  3. ޢަލިނަސީރު

    އެންޑުރޮއިޑް ހައި އެންޑް ފޯނެއް ލިބޭ ތި އަގުގަ އެޕްލްގެ ކައްޕަޅި ފޯނެއް 700 ޔޫއެސްޑީ އަށް ވަރަށް އަގު ހެވެއްނުން

    6
    2
  4. Anonymous

    ސައިޒުވަނީ؟

    2
    1
  5. ާއެޕަލް

    ޢަޕޯނު ވަރެހްނެ