ދަރިފުޅު ރައްކާތެރި ކުރަން ތިބޭ ބަޔަކީ ބެލެނިވެރިންނެވެ. ރައްކާތެރި ކުރުމަކީ ހަމަ އެކަނި ދަރިފުޅަށް އައިސްދާނެ ހަމަލާއަކުން ދިފާއު ކޮށްދިނުމެއް ނޫނެވެ. ނުވަތަ އަނިޔާއެއް ލިބެން އުޅެނިކޮށް އެކަމެއް ހުއްޓުވުމެއްވެސް ނޫނެވެ. އެންމެ އާދައިގެ ކަންކަމަކީވެސް އޭގެ ސަބަބުން ދަރިފުޅަށް ބޮޑެތި ގެއްލުން ލިބިދާނެ ކަންކަމެކެވެ.

އެގޮތުން ކުޑަކުދިން ނުވަތަ ތުއްތުކުދިންގެ ތުންފަތަށް ދޮންދީ އުޅުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއި އަދި ރާއްޖޭގައިވެސް ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. މިކަމަކީ ކިހާ ނުރައްކާތެރި ކަމެއް ކަން އެނގޭނަމަ ހަމަ ހިލާ ބަޔަކު އައިސް ދަރިފުޅުގެ އަނގަޔާއި އަނގަ ޖައްސައި ދޮންދީ އޮޅުލާހަދާކަށް އެއްވެސް ބެލެނިވެރިޔަކަށް ކެތެއް ނުކުރެވޭނެއެވެ.

މައިމީހާގެ ފަރާތުންވެސް ދަރިފުޅަށް ބަލިތަކާއި ޖަރާސީމުގެ އަސަރު ކުރާއިރު އަދި ނުދަންނަ، ނުވަތަ ދަންނަ ނަމަވެސް އިތުރު ބައެއްގެ ފަރާތުން އެ ފުރުސަތު ނޯންނަންވީ ސަބަބެއް ނެތެވެ. ތުއްތު ދަރިފުޅު އެންމެ އާންމުކޮށް ހުން އައިސް ކެއްސާ ނުވަތަ އެނޫންވެސް އުނދަގޫތަކާއި ކުރިމަތިލަނީ އިތުރު ބައެއްގެ ފަރާތުން ހަށިގަނޑުގެ ތެރެޔަށް ޖަރާސީމުގެ އަސަރުކޮށްގެންނެވެ.

ބޮޑެތި މީހުންގެ ދިފާއީ ނިޒާމް ކުޑަ ކުއްޖެއްގެ ދިފާއީ ނިޒާމަށްވުރެ ވަރުގަދަ ވާނެއެވެ. ކަން މިހެން އޮތް އިރު ބޮޑު މީހެއްގެ ގައިގައި ހުރި ބައްޔެއް ނުވަތަ ޖަރާސީމެއްގެ އަސަރު އެމީހަކަށް މާބޮޑަށް ނުކުރި ނަމަވެސް އެފަދަ ޖަރާސީމެއް ކުޑަކުއްޖެއްގެ ހަށިގަނޑާއި ހަމަޔަށް ފޯރުމުން ނުނރައްކާތެރި ހާލަތުތަކަށް ދިއުމުގެ ފުރުސަތުވެސް އޮވެއެވެ.

އެގޮތުން 2008 ވަނަ އަހަރު އިނގިރޭސިވިލާތުގައި ހިނގި އެފަދަ ހާދިސާއަކަށް ބާލާއިރު އުމުރުން އެއް މަސް ނުފުރޭ ކުއްޖެއްގެ ތުންފަތަށް އޭނާގެބައްޕަ ދޮނެއް ދިނުމުގެ ސަބަބުން، ބައްޕަގެ ގައިގައި ހުރި ނުރައްކާތެރި ވައިރަސްއެއްގެ އަސަރު ކުޑަ ދަރިފުޅަށް ކޮށް، އެ ދަރިފުޅުގެ ބައެއް ގުނަވަންތަކުގެ މަސައްކަތް ހުއްޓުނެވެ.

މިހާރު އެ ކުއްޖާއަކީ ނުކުޅެދުންތެރި ކަން ހުންނަ ކުއްޖަކަށްވާއިރު އެ ހާލަތުމެދުވެރިވީ އެހާ ކުޑައިރު ވައިރަސްގެ އަސަރު އެ ތުއްތު ކުއްޖާއަށް ކުރުމުން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަބާ

    ބޮަޑެތި މީހުންގެ ތުންފަތަށް ވެސް ދޮންދޭކަށް ހެޔޮނުވާނެ !! އެއިންލިބޭ ގެއްލުން އިންތިހާއަށް ބޮޑު ، ޚާއްސަ ކޮށް ގާލް ފުރެންޑް އަދި ބޯއި ފުރެންޑް، ?

    36
    3
  2. މާ

    ތިދެން ހުސް ފޭކް...

    9
    11