އަވަށްޓެރި އިންޑިއާ އަކީ އާދަޔާ ހިލާފް ކަންކަން ހިނގަމުން އަންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ތަކެއް ކަމުގައި ވާއިރު، އަނެއްކާވެސް މިވަނީ މިފަދަ ކަމަކަށް ތައްޔާރުވެފައެވެ. އެ ގައުމުން މިދަނީ ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ވަމުންނެވެ.

"ވަޓް ދަ ފާޓް" ގެ ނަމުގައި އެ ގައުމުގެ ގުޖްރާތުގައި މި މަހުގެ 22ވަނަ ދުވަހު މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވާއިރު މިހާރުވެސް އެތައް ހާސް ބަޔަކު ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ނިންމާފައެވެ. އެއްވަނަ އަށް ދާ ފަރާތަކަށް 15،000 ރުޕީސްގެ ފައިސާގެ އިނާމެއް ލިބިގެން ދާއިރު، ބައިވެރިންނަށް މިކަން ކުރުމަށް ލިބޭނީ އެންމެ މިނެޓެކެވެ. އެންމެ ވަރުގަދަ އަށް އަދި އެންމެ ބާރަށް ފޮޑި ޖަހާ މީހާ އަށް ފަހުރުވެރި އެއްވަނަ ލިބިގެން ދާނެއެވެ.

މުބާރާތުގައި ބައިވެރިވާނެ ގޮތާއި ފަށާ ދުވަސްތައް މި ފޮޓޯގައި ބަޔާން ކޮށްފައި އެވަނީއެވެ.

މި މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި ޕްރޮޑިއުސާ ޔަޓިން ސަންގޮއި ބުނެފައި ވަނީ މިއީ މަޖަލަކަށް ބާއްވާ މުބާރާތެއް ނަމަވެސް، ފޮޑި ޖެހުމާއި ގުޅިގެން އާއްމުން އެ ދެކޭގޮތް ބަދަލު ކުރުމަކީވެސް މި މުބާރާތުގެ ފަހަތުގައިވާ ސަބަބެއް ކަމަށެވެ.

ލޯބިވެރިޔާ ނުވަތަ އެނޫންވެސް މީހުން ކައިރީ އުޅޭއިރު ފޮޑި ޖެހުމަކީ ހަޑި ކަމެއް ނޫން ކަމަށް އޭނާ ދެކޭއިރު، އާއްމުންވެސް މިގޮތަށް ދެކޭނެ ދުވަސް ބަލަން އޭނާ ހުރީ ވަރަށް ބޮޑަށް ކެތް މަދުވެފައެވެ. މީގެ ކުރިން އިންޑިއާގައި ފޮޑި ޖެހުމުގެ މުބާރާތެއް ބާއްވާފައި ނެތް ކަމުގައި ވިޔަސް ޗައިނާ، އެމެރިކާ އަދި އިނގިރޭސި ވިލާތުގައި މިފަދަ އެތައް މުބާރާތެއް އޮވެއެވެ.

އިންޑިއާގައި އޮތް މުބާރާތުގައި ވާދަކޮށް ވަނަ ނެގޭނޭ ވަރުގެ މީހަކު އެނގޭ ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ މި ހަފްތާ ބަންދުގައި މި މުބާރާތުގައި ވާދަ ކުރުމަށް އަވަހަށް އިންޑިއާ އަށް ދާންވީއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފޮޑިބެ

    ޔަގީން މަށަށް1ވަނަ ލިބޭނީ އަވަހަށް ދާންވީ

    26
  2. ހުސޭނުބޭ

    ޝާހިދު ފޮނުވާ ތި މުބާރާތުގައި ބައިވެރިކުރަން!

    48
    1
  3. އަލް ނޫރު

    ހަޑި މުޑުދާރު ހާ ކަމެއް .ކުރާނެ....ތިއީ ސަދޫމު މީހުންގެ ވިޔާނުދާ ޢަމަލެއް ކަމުގައި ބުނެވޭ....

    43
    10
    • ބޮޓު

      ކަލޭ އަދި ދުނިޔެއަށް އައި ފަހުން ފޮޑިއެއް ނުޖަހަންތަ.

  4. ގޮއްރާޅު

    ތިތަނަަސް ފޮނުވަން އެންމެ ރަނގަަލީ އަންނި. މިހާރު އުލުއްވަނީ ތިމާވެށި ޖަމިއްޔާ އެއް ހައްދަވައިގެން

    41
    5
    • ކަނީރު

      ކަލޭ ފޮނުވަންވީ އެނގިއްޖެ. އަބަދު ޖެހިޖެހި ހުނނަމީހެއްދޯތީ؟

      5
      22
      • ހުސެން

        އަންނި ވަރަށް ފޮޑި ޖަހާނެ

  5. ކިޔާ

    ހައްހާހާ....ތިމުބާރާތުގަ ފޮޓޯއިން ފެންނަގޮތަށް ބޯކޮށް ދުންވެސް އަރުވާލާފަ ދޯ ފޮޑިޖަހަންޖެހެނީ؟؟

    31
  6. ހައްހައް

    1 ވަނަަ ހޯދުމުގެ ދަހިވެތި ކަމުގަ ގަޔަށް ވާގި އަރުވާލާފަ ކިތައް މީހުން ބާއޭ ގަޔަށް ޕުއްޕު ލެވޭނީ. ލޮލްލލލ

    16
  7. ޟަރަ

    އިބޫ ފޮނުވާ.

    11
  8. ނަބާ

    ފޮޑިޖަހާއިރު ދުންއަރާކަމެއް ނޭނގޭ! އަދި ކިރިޔާ މިއެނގުނީ ، އިންޑިޔާމީހުން ޖަހާނީ “ކެމިކަލް ފޮޑި” އެހެންވެ އެވަރަށް ދުންއަރަނީ !! އިންޑިޔާގައި އުޅޭ މޮޔަ ހިންދޫދީނުގެ ފޮަޑި ގުރޫޕް މީހުން ތިމުބާރާތުގައި ބައިވެރިވާނެ ކަމީ ޔަގީން ކަމެއް !!

    18
    • XD

      ފޫކޮޅުގަ ފުއް ހާކައިގެން ފޮޑިޖަހާނީ.

      10
      1
  9. ހުސޭނުބޭ

    ފެނުކެއްކި ބަނބުކެޔޮ ކައިގެން އަންނިދާންވީ އޭރުން އެޖެންޑާ 19 ގެދަށުން ރެކޯޑެއް ހެދުނީ

    22
    2
  10. ާިއިއްމަ

    ނެތްތަ .ގޮނޑި.ދުއްވުމުގެ.މުބާރާތެއް؟ ... ޕަކާސް!

    13
    1
  11. ޒަބާދުކުޑޭ

    ނައިފަރު ދޮހޮއްކޮބޭ ދުނިޔޭގައި ހުރިނަމަ ތިޔަމުބާރާތް ކާމިޔާބު ކުރާނެ. ނ.އަތޮޅުވެލިދޫ އާދަމްކަލޭފާނުގެ ހެޔޮހާލުގައި އެގޭގައި ވެލިދޫ މީހަކާ ދޮހޮއްކޮބެއާ ދެމެދު ފޮޑި މުބާރާތެއް ބޭއްވުނު. އެމުބާރާތް ކާމިޔާބުކުރީ ދޮހޮއްކޮބޭ. އޭރުކިޔާ އުޅެނީ ރަބަރުދޮހޮއްކޮ.

  12. ފޮޑި

    ޔާމީނު ފޮނުވާ....

    3
    12
  13. ބަލޯމިއާ

    ހުޅުމާލޭގައި އުޅޭނެ މުހައްމަދު ކާމިލް ކިޔާ ވ ގިނައިން އެކި އެކި ޖަމާއަތްތްކުގަވެސް ފޮޑި ތަޅާ ބޭފުޅެއް އެ ބޭފުޅާ ހީވަނީ 1 ވަނަ ހޯދާނެހެން.

  14. ސީނު

    ހުތުރު ޝައިތާނީ ކަންކަން ތިއީ