އެމެރިކާގައި ސްކައިޑައިވް ކުރަމުން ދިޔަ މީހަކު އެޤައުމުގެ ހައިވޭއަކުން ދުއްވާފައި ދިޔަ ކޮންޓެއިނާ އުފުލާ ލޮރިއެއްގެ މައްޗަށް ވެއްޓި މަރުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ މާރިޔާ ކަމަށް އަންހެނެއް ކަމަށް ކެލިފޯނިއާގެ ހައިވޭ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ 28 އަހަރުގެ އެ އަންހެން މީހާގެ އިތުރުން އޭނާގެ ރައްޓެހިން އޭނާއާއި އެކީ ސްކައިޑައިވް ހަރަކާތެއްގައި އެވަގުތު އުޅުނެވެ. ފުލުހުން ބުނެފައިވަނީ ދަންވަރު 2 ޖެހި އިރުވެސް ޕެޓްރޯލް ކުރަމުން ދިޔަ ގަޑީ އެމީހުން އެ މަސައްކަތުގައި އުޅެމުން ދަނިކޮށް ފެނިފައިވާ ކަމަށެވެ.

މަންޒަރު ފެނުނު މީހަކު ބުނެފައިވަނީ މާރިޔާ އައި ގޮތަށް އައިސް ޖެހުނީ ވެހިކަލް މަތީގައި ކަމަށާއި އޭގެ ފަހުން އޭނާ މަގު މައްޗަށް ވެއްޓުނު ކަމަށެވެ. އަދި އެއަށްފަހު އޭނާގެ އެއްވެސް ހަރަކާތެއް ނެތްކަމަށް ވެސް މަންޒަރުދުށް މީހާ ބުނެފައި ވެއެވެ. އެދުވަހަކީ ވަރަށް ވައިބާރު ދުވަހެއް ކަމަށްވެސް އޭނާ ކިޔައި ދިނެވެ.

މި އަންހެން މީހާ ސްކައިޑައިވް ކުރުމަށް މެދުވެރިވި ލޮޑީ ޕެރެޝޫޓް ސެންޓަރގެ ވެރިފަރާތް ކަމުގައިވާ ބިލް ހުކުރު ދުވަހު ނޫސްތަކުގައި ބުނެފައިވަނީ މާރިޔާ އެމީހުންނާ އެކު ސްކައިޑައިވް ކުރަމުން އަންނަތާ މިހާރު ހަފްތާއެއް ވެދާނެ ކަމަށާއި މިހާތަނަށް އޭނާ 155 ފަހަރު އެ ސެންޓަރުން ސްކައިޑައިވް ކޮށްފައިވާނެ ކަމަށެވެ.

އެދުވަހުގެ މޫސުން އޮތީ ކިހިނެއްތޯ ނޫސްވެރިއަކު ބިލް އާއި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ، މާރިޔާ ފުއްމާލީ އޭނާ އަމިއްލަޔަށް ބޭނުން ވެގެން ކަމަށާއި ވައިގަދަވި ނަމަވެސް އޭނާގެ ވިސްނުން ހުރީ ތަޖުރިބާ ހުރުމުން އެކަން ވާނެ ކަމުގެ ވިސްނުން ކަމަށެވެ.

މާރިޔާ އާއި އެކު ދެން ފުއްމާލީ މީހުންގެ ތެރެއިން ތިން މީހަކު ހައިވޭ ގައި ޖެއްސިއެވެ. މާރިޔާގެ މަރުގެ ހާދިސާއަކީ އެ ސެންޓަރުން ސްކައިޑައިވް ކުރަނިކޮށް މަރުވި ފުރަތަމަ މީހާއެއް ނޫނެވެ. 1999 އާއި 2018 އާ ދެމެދު 16 މީހަކު އެ ސެންޓަރުން ސްކައިޑައިވް ކުރުމުގެ ތެރޭގައި މަރުވެފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު