މަސްތުވެގެން ހުރި ދިވެއްސަކު މަސްތުގެ ހާލުގައި ހުރެ މޫދަށް ވެއްޓިއްޖެއެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯ އިން ފެންނަނީ ކުރީގެ ވެސްޓްޕާކް ހުރި ސަރަޙައްދުން މޫދު ކައިރީގައި ހަދާފައިވާ ސިޑިބަރިއެއްގެ ކައިރީގައި އޭނާ ހުރި މަންޒަރެވެ.

އެވަގުތު އޭނާ މަސްތުވެގެން ހުރުމުގެ ސަބަބުން ވާނުވާ ނޭނގޭ ހާލުގައި އެތަނުގައި ހުއްޓައި އޭނާ މޫދަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް މިހާދިސާގައި އޭނާއަށް އަނިޔާއެއް ލިބުނުކަމެއް އަދި ޔަޤީންކުރެވިފައެއް ނުވެއެވެ.

މާލޭގައި މަސްތުގެ ހާލަތުގައި ތިބޭ މީހުން އާންމު ތަންތަނުން ފެންނަމުން ދިއުމަކީ އާންމު ކަމެކެވެ. އެގޮތުން މަގުމަތީގައި އާއި އާންމުން އުޅޭ ސަރަޙައްދުތަކުގައި ވާނުވާ ނޭނގޭ ހާލުގައި އެފަދަ މީހުން ތިބޭ މަންޒަރު ފެންނަ ވީޑިއޯތައް ކުރިންވެސް މީސްމީޑިއާގައި ދައުރުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޖެރީ

    އެކަމަކު މިހާރު ފެންނަލެއް ވަކިން ގިނަ ދޯ!

    108
    3
  2. ކިކިކި

    ????

    41
    1
  3. ޔުމްކް

    އޭނަ އެކަމެއްކޮށްގެން މަގުތަކުން ހިނގާފަ އެތަނަށް ދާނީ..ސުވާލަކީ ފުލުހުން މިގޮތައް މަގުތަކުން ފެންނަ މީހުން ނުގެންދަނީ ކީއްވެތޯ..މަސްތުވެގެން އާއްމުތަންތާންގައި އުޅޭމީހުން ވަރަށްގިނަ..

    123
    2
    • ޟަންގު

      އެމަންޖެ މިއަދު ހެނދުނު ނުވައެއް ޖަހާކަށްހާއިރު މަސްތުވެގެންހުރެ ދިޔަ ފަރީދީމަގުން މަޖީދީމަގަށް ނުކުންނަށް.އޭރުވެސް ދިޔައީ ތަންތާނގަ ޖެހެމުން ޖެހެމުން.މަޖީދީމަގު ކުރީގެ ކަލާސް ހުރި ހިސާބުގަ ހުރި ކަރަންޓް ފޮށްޓެއްގަ ޖެހިފަ އޮތް ވެއްޓިފަވެސް.ލަފާކުރެވެނީ އެދިޔަގޮތަށް ދަމުންދަމުން އެތަނަށްގޮސް މޫދަށް ވެއްޓުނީ

      40
      • އަޙް

        ހެހެހެ

    • ހާސަރު

      މަގުމަތީގާ އާވާރާވެގެން ލާޗާރު ބިޗާރަށް އުޅުނަސް ގެންދެވޭނީ ފުލުހުންނަށް ފެނިގެންތާ؟

      36
      3
    • ޔތފ

      ތިކަމެއް ނުފެންނާނެ. ބެލޭނީ ސައިކު ގަ އިސްޓިލާ ހަމަޔަށް ހުރިތޯ. އެދެން ވާޖިބު އަދާވީ ގައުމު އިސްލާހުވެސްވީ

      37
      • ަދައްތަ

        ތި ހަމަ ރަނގަޅު ވާހަކައެއް.

      • އެއްކައެ އެ ބުނީއޭ

        ފަހުގެ ތާޜީޙެއްގައި މީހަކު ދެއްކި އެންމެ ރަނގަޅު އެއް ވާހަކަ ތީ.

  4. ޢަލީ ހަމީދު

    މިހާރު ވަރައް ގިނަވެއްޖެ..ބަންގާޅީން ވެސް މަސްތުގެ ހާލުގަ މާފަންނު ބިސްބުރު ކައިރި ވަރައްގިނައިން އުޅެމުންދޭ.. ބުރުމަތީގޮޑިތަކުގަ ޔާ ކައިރި ހޮޓާ ދޮރުމަތީ ފުނިޖެހިފަ. ދިވެހި ޒުވާނުން ނައް އަޑިންދާ 19 ގެ ފޮނިމީރުކަން ވަރައް ރަގަޅައް ލިބެމުން ދަނީ..

    53
    1
  5. ޙަރީބު

    އެޖެންޑާ 19

    43
    5
  6. މަސްތު

    މި ރާއްޖޭގަ މަސްތުވުމަކީ މަނާލަމެއްނޫން އެހެންވީމަ ފުލުހުންނަކަށް ނުފެނނަަނެ . އަވަށްޓެރި އިންޑިއާގަ ދުށިން މަސްތުވެގެން ތިބި ބަޔަކުގައިގަ ފުލުހުންތަޅާ އަނިޔާކުރުމަށްފަހު ޖިޕަށްލީތަން .

    35
    4
    • ޑީއީޑީ

      މަސްތުވާ އެއްޗިހިގެނެސް ވިއްކާމީހެއް ގައިގަ އަހަރެމެން ޖެހި މަންޒަރު ވީޑިއޯކޮށްގެން ފޭސްބުކްގަ ފަތުރާލީމަ މުޅިގައުމު ނުކުތީ އަހަރެމެނާ ދެކޮޅައް، ސަރުކާރުގެ ޕްރެޝަރާ ރަހޫރަހޫ ގެ ޕްރެޝަރާހެދި އެމްސީ ހަމީދުވެސް ނުކުތީ ދެކޮޅަށް، މިހާރު އަހަރެމެން މިތިބީ ވަޒީފާއިން ކަނޑާލާފަ، މީގެކުރިން ވެސް މިހާވަރަށް މަގުމަތިން މިޒާތުގެ ހަކުރުބަލީގެ މީހުން ފެންނަލެއް މަދުވެފައޮތީ އަހަރެމެން ކުރަމުންއައި މަސައްކަތުން، މިހާރު ޑީއީޑީގަ މިކަން ހުއްޓުވުމުގެ އަމިއްލަރޫހެއްނެއް. ސޮރީ

      38
      1
      • ހައި

        ތިހަމަ ތިކަން އޮތް ގޮތް

  7. ވީޑިއޯ

    އަނިޔާ ވި ކަމެއް ނޭނގެ އޭ؟؟؟އެ ބަލާފަ ނޭނގޭތަ އަނިޔާ ވާ ގޮތައް ކަމެއް އޭނަ ވެއްޓުނީ..ވީޑިއޯ ކުރި މީހާ ކީއްތަ ވާނީ އޭނަ މައްޗައް އެރުވިއްޔާ

    10
    50
    • ނަވްބެ

      އަދިވެސް ނަގަންތަވީ........؟ ކަލޯ އޭނަ ނަގައިގެންގޮސް ގައިގަ ބޮނޑިތަންކޮށް ކާންދީފަ ކަލޯދެން ވައްކަންކުރަން ދާށޭކިޔާފަ އެހީތެރިނުވީކީއްވެ؟

      33
      2
  8. ޖަޒީރާ ރާއްޖެ

    އަބަދު ހަމައިގެ ހުންނާކަށް ނުވާނެ. ހިނދުކޮޅުވެސް އަންނަންޖެހޭނެ??

    39
    11
  9. ޙުސައިން

    ބޮޑުރަސްގެފާނު މަގު ޕެޓްޝޮޕް ކުރިމަތީ ކާނު މައްޗައް ދެމިފައޮތް ތީގެން އިންސިއެއް. ކަމެއްވެފަ ކަމަށް ހީކޮށް އެހީއެއްވެލަން ކައިރިވެ ގޮވާލީމަ ހެއްދެވި ނުހެއްދެވިއަށް ގޮވާ މައިންބަފައިންނަށްވެސް ގޮވާލައިފި. 4 އަަހަރުގެ ދަރި ގޮވައިގެން އަވަހައް އެތަނުން ގޮއްސިން. ޕްލާސްޓިކާ އެއްވަރަށް މިވެސް ސާފުކުރަން އެބަޖެހޭ ކަންނޭގެ.

    43
    • ގަދަރު

      އަދިވެސް އެ ގޮވަނީ އެއްނު އެހީ ވާން އެހީ ވާށޭ ކިޔާފަ. މިއިން މީހަކަށް އެހީވާ މީހަކުވެސް 2 ދުނިޔޭން ނުދިންނަވާނެ. ބަލަ އެކަމެއް ކުރުމު ގެކުރިން އެއީ ﷲ ހަމަބުއްދި ދެއްވާފަ ހުރި އިންސާނެއްނު. ދެން އެބޭނުން ކުރީމަ ވާ ގޮތާ ހުރިހާކަމެއް ނޭނ ގޭ ވަރު ގެ ކުޑަކުއްޖެއްތަ އެއީ. މިކަހަލަ މީހުންދެކެ މާލޯބިވެ ގެން ހަމްދަރުދީ ވާ ބަޔަކުވެސް އެބައުޅޭ މިމުޖުތަމައު ގަ. މިކަންކަން ނުވާނެ ރަނ ގަޅެއް. މިހަމަ ބެލެނިވެރިން ހައްދާ ގޮތް

      11
      1
  10. ާއާމިނަތު

    މިހެން ފެންނަ މަންޒަ ރުތައް ވީޑިއޯކޮށް އާންމު ކު ރުމުގެ ބަދަލުގައި ފެނުނީމަ އެކަން ކަމާބެހޭ ފަ ރާތްތަކަށް އަންގާ ނަމަ ވަ ރަށް ރަނގަޅުވީސް.
    އަހަ ރުމެންގެ މި މުޖުތަމައުން ފެންނަ ހިތާމަހު ރި ކަމަކީ މިހެން ފެންނަ ކޮންމެކަމެއް، ކޮންމެ މީހަކުވެސް ބަލަނީ އަވަހަށް ފޮޓޯއާއި ވީޑިއޯ އާންމު ކޮށްލެވޭތޯ. އޭގެ ބަދަލުގައި އެމީހުންނަށް ވިސްނައި ދެވޭތޯ ބެލުމަކީ އެ ފެންނަ ބަޔަކު ކު ރަން ޖެހޭނެކަމެއް. ނަސޭހަތް އަޑުނާހައިފިނަމަ ހަނު ހުންނާނީ. ކިތަންމެ ގޯސް މީހަކު ނަމަވެސް އޭނަ ބަދުނާމުކޮށް ފަލީހަތް ކު ރުމަކީ ރަނގަޅު ކަމެއްނޫން.

    11
    17
    • މޮޔަނުގޮވާ

      ކަމާބެހޭ ފަރާތައް ނުފެނިތަ އެހެން މީހުނަށް ފެއްނަނީ. ތިބުނާ ކަމާބެހޭ ފަރާތެއް ނޭނ ގުނު. ސައިކު ގެ އިސްޓިކާ ހަމަތޯ ބެލޭ ދުވަހަކު މީހަކު ނުދެއްކިޔަސް. މިމީހުން ބިއްޖެހިފަ މުޅި އާންމުންނަށް ނޮލޮރޮއްޕާން ކުރަމުން ދާއިރުވެސް ހަރާން ކަމާބެހޭ ފަރާތެއްނެތް. މީހަކު ވީޑިއޯއެއް ކުރީމަ ކުރާމީހާ މިވަނީ ގޯސް. މަސްތުވާ އެއްތަކެތި ބޭނުން ކުރާ މީހާއަށް ވުރެ އެބޮއި ގެން ހުއްޓާ ފެނުނު މީހާ ގޯސް.

      11
  11. ޢަކު

    ޢޭނަ ކޮންމެ ހާލެއްގަ ހުއްޓަސް ފެނުނު މީހާ އިންސާނިއްޔަތައްޓަކައި އޭނާ އެތަނުން އަރުވަން ޖެހޭ.

    10
    21
    • އިންސާނީ

      އިންސާނިޔައްޓަކައި އެމީހާ އުމުރުދުވަހަށް ކުޑަގޮޅިޔަށްލާ

      11
  12. މއާޒު

    ވެރިއެއްގެ ކޯންޓްރޯލް ނެތްކަން އެޤަޢުމެއްގެ މަގުތަކުން ފެންނާނެ... ކޮބާތޯ ހޯމް މިނިސްޓަރ އިސްލާމީ ފިޤްހް ކިޔަވައިގެން ހުރި ބޭކަލެއް އެއީ.. މިހާރު ގެއްލިއްޖެ ފަޒާއިންވެސް ރަންގަޅައް މެނޭޖް ކުރަންވެސް ނޭންގޭކަމައް ޙަބަރުތައް އެތެރޭން އައްނަނީ ނޯހައު ނެއްކަމައް ވަނީ...

    17
    1
  13. ޢުދާސް

    ބޮވެން ޖެހޭނެ، ނުބޮވެ ކަމަކު ނުދާނެ، އަބަދު ހަމައިގަ ހުންނާކަށް ނުޖެހޭނެ.

    18
    1
  14. ދޮންތަ

    މީވަރައް ހިތާމަހުރި ކަން ކަން މިގައުގެ ޒުވާން ޖީލު ހަލާކުވެ މިދަނީ މީ ވަކި ސަރުކާރަކައް އެކަނި ހުއްޓުވޭނެ ކަމެއް ނޫން މިކަމުގަ އާމު ރައްޔިތުންގެ އެހީތެރިކަން ވަރައް ބޮޑައް ބޭނުންވޭ ކޮންމެ މީހަކުވެސް ބަލަންވީ އެކަން ކުރާމީހުނާ މަލާމަތް ކުރުމުގެ ބަދަލުގަ އެމީހުނައް ހެޔޮ ނަސޭހަތެއް ދެވޭތޯ މާދަމާ ތިމަންނަގެ ދަރިފުޅު ވެސް މީގެތެރެއަށް ވަދެފާނެކަން އެދުވަހުން ތިމަންނަ ވެސް ހިތާމަކުރަން ޖެހޭނެކަން ވިސްނަންވީ

    16
    3
  15. ކަރަންޓުފޮށި

    ﷲ އޭނާއަށް ތެދުމަގު ދައްކަވާފާނދޭ އާމީން

    24
  16. ބޮނޑިތާން

    އާނ..އޭނަ ނަގަން ވީ..ނަގަންވީ އޭނަ ކޮށްގެން ހުރި ކަންތައް އެއީ ރަނގަޅު ކަމެއް ވީމަ އެއް ނޫން..އެކަމަކު އޭނަ އެ ހުރި ހާލަތާ އޭނަ އެހުރި ތަނުގެ ގޮތުން އޭނަ އަށް ބޮޑު އަނިޔާ އެއް ލިބިދާނެތީ..ބޮނޑިތާން ކޮށްފަ ކާންދޭކަށް ނޫން..ހަމަ ޔަގީނުން ވެސް ކަލޯގެ އެކުވެރި އަކަށް ނުވަތަ ތިމާގެ މީހަކަށް މިގޮތަށް އަނިޔާ އެއް ލިބެންދެން ކަލޯ ނުހުންނާނެ ބަލަހައްޓައިގެން ވީޑިއޯ ކުރާކަށް...އޭނަ ނަގާފަ ޕޮލިހާ ވެސް ހަވާލު ކުރެވޭނެ ދޯ.

    3
    5
  17. ޢިސްމާއީލް

    ޢެއީވެސް މީހެއްގެ ދަރިއެއް ކޮންމެވެސް ބައެއްގެ ތިމާގެ ކޮންމެވެސް ބައެއްގެ ރައްޓެއްސެއް ތިމާގެ އަމިއްލަ ގާތް މީހަކައް އަނިޔާވާތަން ބަލަން ތިހެން ހުރެވޭނެތޯ؟ކޮންމެެ ހާލެއްގަވެސް މީހަކައް އެހީތެރިވުމަކީ ތިމާ ދެރަމާކަމެއް ނޫން!

    3
    4