ފައިދިގު މަކުނު ދެކެ ބިރުގަންނަ މީހުންނަކީ އަރަކްނަފޯބިއާ ޖެހިފައި ހުންނަ މީހުން ކަމުގައި ބެލެވިފައިވާ މީހުންނެވެ. ފައިދިގު މަކުނު ދެކެ ބިރުގަންނަ މީހުން ނުވަތަ މި ފޯބިއާ ޖެހިފައިވާ މީހުންގެ ތެރޭގައި މުޅި ދުނިޔޭގެ އާބާދީގެ 4 އިންސައްތަ ހިމެނެއެވެ. އެއީ 280 މިލިއަން މީހުންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

ގެއިން ފައިދިގު މަކުނެއް ފެނިގެން ބިރުން އުޅޭއިރު ކުރެވޭނެ މާ ބައިވަރު ކަންތަކެއް ނޭނގެއެވެ. ބިރުން ހުރެވެސް އޭތި މަރާލުން ނުވަތަ އޭތި ދަންދެން ހުންނަން ޖެހެނީއެވެ. މީގެން ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް، އޭގެ އެހެން މަކުނުތައް ގޭގައި އުޅެދާނެ ކަމުގެ ބިރު އޮތުމުން ރޭގަނޑު ހަމަ ނިދި ނުލިބޭ މީހުންވެސް އުޅޭނެއެވެ.

ގޭތެރޭ އުޅޭ ފައިދިގު މަކުނެއް

މިހެން ކަންތައް ވާކަމުގައި ވަނީނަމަ، މި މަކުނުތައް ގެއަށް ވަނުން ހުއްޓުވޭނޭ ގޮތެއް ބުނެފާނަމެވެ. މިކަން ކުރުމަށްޓަކައި އަތުން މާ ބައިވަރު ފައިސާތަކެއް ހަރަދު ކުރަން ނުޖެހޭ އިރު، އަރާމުގައި ނިދާވެސް ލެވޭނެއެވެ.

އެންމެ ފުރަތަމަ އެންޓި ބެކްޓީރިއަލް ސްޕްރޭ އެއް ހޯދާށެވެ. މިއީ ބޭސްފިހާރަ ތަކުން ލިބެން ހުންނަ އެއްޗެކެވެ. އެއަށް ފަހު ކޮންމެވެސް އާވި ވަހެއް އަރާ ގަހެއްގެ ފަތްތައް އެ ފުޅި ތެރެއަށް އަޅާފައި ފަތްތައް އެއްކޮށް ތެތްވަންދެން މަޑުކޮށްލާށެވެ. މިއަށް ފަހު މުޅި ގޭތެރެއަށް ނުވަތަ ކޮޓަރި ތެރެއަށް މި ސްޕްރޭ ޖަހަން ވީއެވެ.

އެންޓިބެކްޓީރިއަކް ސްޕްރޭ ފުޅި އަކާއި އާވި ފަތްތަކެއް

މިގޮތަށް ކަންތައް ކުރުމުން ފައިދިގު މަކުނުތަކާއި އެނޫންވެސް ފަނިފަކްސާތައް ގޭގައި އުޅޭ މިންވަރު މަދުވާނެއެވެ. ނުވަތަ ގެއިން ފެނުން އެއްކޮށް ހުއްޓޭނެއެވެ. މިހެން ކަންތައް ވަނީ ފަނިފަކްސާތަކަށް އާވި ވަސްގަނޑު ދުވުމުން އެ އެއްޗެއްސަށް އުނދަގޫ ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ހޯނު ގެއަށްނުވަންނަ ކަހަލަ އެއްޗެއް ނެތްތަ؟ ނެޓް ހާވާލާގެން އެކަހަލަ އެއްޗެއް އޮތްތޯ ބަލަބަލަ.

  2. ޙަކީމު

    އާމަނަކާ އޮށް ޗިސްކޮށް ކަރުދާސްކޮޅުތަކަށް އަޅާފަ ގޭތެރޭގެ އެކިތަންތަނުގައި ބަހައްޓާށެވެ. އާމަނަކާ އޮށުގެ ވަހަކީ ހޯނަށް ވިހައެކެވެ. ލަސްތަކެއްނުވެ ގޭތެރެއިން ހޯނު ފިލާފާނެއެވެ.