މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ފިރިމީހާ ލިއަމް ހެމްސްވޯތު ވަކިވުމަށްފަހު އޮސްޓްރޭލިއާ ލަވަކިޔުންތެރިޔާ ކޯޑީ ސިމްޕްސަން އާ އެކު ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

މައިލީ އާއި ލިއަމް ކައިވެނިކޮށްފައިވަނީ މި އަހަރުގެ ފެށުނުކޮޅުގައެވެ. ނަމަވެސް މިއަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި ދެމީހުން ވަކިވާން ނިންމާފައިވާ ކަމަށް މައިލީ ވަނީ އިއުލާންކޮށްފައެވެ. އަދި މައިލީ ވަނީ މިދިޔަ މަހުގައި ވަރިވުމަށް ހުށަހަޅާފައެވެ.

މިހާރުއެންމެ ގަދައަށް ދެކެވޭ ވާހަކައަކީ މައިލީއާއި އޮސްޓްރޭލިއާ ލަވަކިޔުންތެރިޔާ ކޯޑީއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ ވާހަކައެވެ.

މައިލީ އާއި ކޯޑީ އާ ދެމީހުން އެކީގައި ގިނައިން ފެންނަ ކަމާއި އެކީގައި ޑޭޓަށް ދާކަމަށް ވަނީ ވާހަކަ ދެކެވިފައެވެ. ކޯޑީ ވަނީ އެ ވާހަކަތަކަކީ ތެދެއް ކަމަށް ކަށަވަރުކޮށްދީފައެވެ.

ކޯޑީ ބުނެފައިވަނީ ދެމީހުންގެ ގުޅުމަށް ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި މައިލީ އަކީ ކޯޑީއަށް ކުރީންވެސް ކަމުދާ ފަންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެ ފަންނާނުން ގުޅިގެން އުޅޭއިރު ލިއަމް އެހެން ފަރާތަކާ ގުޅިގެން އުޅޭކަމުގެ ވާހަކައެއް ދެކެވިފައެއް ނުވެއެވެ. އަދި ދާދި ފަހުން ބޭއްވި އިވެންޓަކަށް ލިއަމް ދިޔައިރު އޭނާ އަދިވެސް ހުރީ ކައިވެނީގެ އަނގޮޓި އަޅައިގެންނެވެ. މިއީ އޭނާއައް އެނގިގެންކަމެއް ނުވަތަ ނޭންގިގެން ަޅައިގެން އާދެވުނީއެއްކަމެއް އޭނާ ބުނެފައެނުވެއެވެ. ނަމަވެސް މިހާރުވަނީ ލިއަމްއާ ވަކިވުމައްފަހު ކޯޑީއާއި ގުޅިފައެވެ.