މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމަކީ "ޗަޕާކް" ކަމަށް ބޮލީވުޑުގެ ކާމިޔާބު ބަތަލާ ދީޕިކާ ބުނެފިއެވެ. ވަރަށް ގިނަ ފިލްމު ކުޅެވިއްޖެ ކަމަށާ ނަމަވެސް މިހާ އުނދަގޫ ފިލްމެއް ނުކުޅޭ ކަމައް ދިޕިކާ ބުނެއެވެ.

"އެޕާސް ބާޒާރް އިންޑިއާ" އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ދީޕިކާ ބުނީ "ޗަޕާކް" އަކީ މިހާތަނަށް އޭނާއަށް ކުޅެވުނު އެންމެ އުނދަގޫ ފިލްމު ކަމަށެވެ. އެއީ ކުޅެންޖެހޭ ރޯލުގެ ސަބަބުން ނޫން ކަމަށާއި އުނދަގުލީ ޕްރޮސްތެޓިކްސް އާ ހެދިކަމަށް އޭނާ ބުންޏެވެ.

"ޗަޕާކް" އަކީ އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމެކެވެ. އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްމީ ވީ، އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެހުށަހެޅުން ގަބޫލުނުކުރުމުން ނެވެ.

ދީޕިކާ އަންނަނީ ކެފޭ އެއް ވެސް ހިންގަމުންނެވެ. އެ ކެފޭގެ އެންމެ ހާއްސަ އެއްކަމަކީ އެތަނުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ވެސް އެސިޑު ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ފަރާތްތައް ކަމަށްވުމެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެފިލްމު ނެރުމަށް ނިންމާފައިވާއިރު އެފިލްމުގެ މަސައްކަތް މިހާރު ވަނިީ ފަށާފައެވެ. އަދި ފިލްމުގައި އޭނާއަށް ކިޔަނީ "މާލްތީ" ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.

އެފިލްމުގައި ދީޕިކާ އާއެކު ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު އެފިލްމުގައި ފެނިގެންދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.