ރަޝިއާގެ އަންހެނަކު ވިހެއި އިރު ލިބުނީ ތިން ފަޔާއި ދެ ޖިންސީ ގުނަވަން ހުރި، ފުރަގަސްފަރާތް ނު އުފެދި ހުރި ކުއްޖެކެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެކުއްޖާގެ މަންމައަށް، ކުއްޖާ ނުކުޅެދޭކަން އޮތީ މާބަނޑު އިރު ހެދި ސްކޭންތަކުން އެނގިފައެވެ. ނަމަވެސް އެބޯޝަން ހަދަން އޭނާ ބޭނުން ނުވިއެވެ. އެކުއްޖާ ވިހާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

ވިހެއުމަށްފަހު މަހެއްހާ ދުވަސްފަހުން ކުއްޖާގެ ހަށިގަނޑުގައި އިތުރުވެފައި ހުރި ތިންވަނަ ފައި ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްގެން ނަގާފައެވެ. އެ އޮޕަރޭޝަން ކޮށްފައިވަނީ ރަޝިއާގައި ތިބޭ އެންމެ މޮޅު ކުޑަކުދިންގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

މީގެ އިތުރުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވަނީ އެކުއްޖާގެ ޖިންސީ ގުނަވަންތަކުގެ އޮޕަރޭޝަން ކޮށްފައެވެ. އެ އޮޕަރޭޝަން ކުރީ އެގައުމުގެ އެންމެ މޮޅު ޔޫރޯލޮޖިސްޓުންނެވެ. އެކުއްޖާ ވަނީ މިހާރު ފުރަގަސް ފަރާތް ރިޝޭޕްކުރުމަށް ކުރާ އޮޕަރޭޝްވެސް ކޮށްފައެވެ. އެ އޮޕަރޭޝަނަށްފަހު އެކުއްޖާއަށް އާދައިގެ ދިރިއުޅުމެއް، އެއްވެސް ދަތިކަމެއް ނެތި އުޅެނޭވެނެ ކަމަށް ޚަބަރުތައް ބުނެއެވެ. މި ހުރިހާ އޮޕަރޭޝަންތަކެއް ކުރި އިރު ކުއްޖާގެ އުމުރަކީ 14 މަސް ދުވަހެވެ.

ބޭސްވެރިކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެކުއްޖާ އުފެދިފައިވަނީ ބަނޑުތެރޭގައި އެއްމާބަނޑު ސެލް އަކުން ކަމަށެވެ. އަދި ބަނޑު ތެރޭގައި އުފެދެން އުޅުނީ ދެ ފިރިހެން ކުދިން ކަމަށާއި ވަކި ހިސާބަކުން ސެލް އުފެދުން ހުއްޓި، އެއް ކުއްޖެއްގެ ސިފައިގައި ހެދި ބޮޑުވީކަމަށް ބެލެވޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު