އިންޑިއާގެ ފިލްމީ ދާއިރާގައި މިހާރު އެންމެ މޮޅު ތަރިނަގެ ތެރޭގައި އުމުރުން 29 އަހަރުގެ ޓައިގާ ޝޮރިފް ހިމެނެއެވެ. އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ފެށުމާއެކު އެތައް ބައެއްގެ ހިތްތައް އޭނާ ދެވުނެވެ. ގިނަ ފިލްމްތަކުން އޭނާއަށް ޖާގަ ލިބުނެވެ.

އެހެން ނަަމަވެސް އޭނާ ވަނީ އެ ދާއިރާގައި ކުޅެން ނޭގޭ ވައްތަރުގެ ފިލްމްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.

ޓައިގާ ބުނީ، އޭނާގެ މަޖާ، ކޮމެޑީ ފިލްމުތައް ކުޅުމުގެ ގާބިލުކަން އޭނާގެ ނެތް ކަމަށެވެ.

އޭނާ ވަނީ ވަރުން ދާވަން އާއި ރަންވީރު ސިންގް ފަދައިން އޭނާއަށް ކޮމެޑީ ރޯލުތައް ކުޅެން ނޭނގޭނެ ކަމަށް ބުނެފައެވެ.

ޓައިގާ ޝްރޮފްގެ ފިލްމީ ކެރިއަރުގައި އެންމެ ބޮޑު ހިޓަކަށްވެފައި މިވަނީ "ވޯ" އެވެ. ރިތިކް ރޯޝަން އާއި ޓައިގެ ފެނިގެންދާ އެފިލްމު މިހާރު މިވަނީ 200 ކްރޯޑު ކްލަބަށް ވަދެފަ އެވެ. މިއީ ބޮޑު އަދަދެއްކަމައް ބުނެއެވެ.

އާންމުކޮށް ޓައިގާ ފެނިގެންދަނީ ވަރަށް އެކްޝަން ރޯލު ތަކުންނެވެ. ގިނަ މީހުންގެ ތަރުހީބު ލިބެނީވެސް އެކްޝަން ފިލްމު ތަކަށެެވެ.

އެގޮތުން އޭނާ މިހާތަނަށް ފެނިގެންދިޔަ ސްޓޫޑަންޓް އޮފް ދަ އިޔާ އާއި ބާގީ ފަދަ ފިލްމުތަކުން ވެސް ފެނުނީ އެހެނެވެ.

މިހާރު އޭނާ އެކްޓްކުރަމުން އަންނަ ރޯލުތަކަކީ އޭނާއަށް އެންމެ އެކަށީގެންވާ ރޯލުތައް ކަމަށާއި އޭނާގެ އެކްޝަން ހުނަރުތައް ދައްކާލެވޭނީ ވެސް އެފަދަ ރޯލުތަކުގައި ކަމަށް ޓައިގާ ބުންޏެވެ.

ޓައިގާ ބޮލީވުޑަށް ތައާރަފުވެފައި ވަނީ 2014 ވަނަ އަހަރު ނެރުނު ފިލްމު، "ހީރޯޕަންތީ" އިން ސަނޯންއާއެކު އެވެ.

ކިޔުންތެރިންގެ ހިޔާލު