ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ބަންގަލޯ ބަލަހައްޓާ މީހާ ހައްޔުރުކޮށްފިއެވެ.

އުމުރުން 62 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ، ސަލްމާން ޚާންގެ ގެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ، 1990 ވަނަ އަހަރު ތެރޭގައި އިތުރު ބަޔަކާއެކު ހިނގާދިޔަ ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރުމަށްފަހު، ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނިކޮށެވެ.

އިންޑިއާ ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ، އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާފައިވަނިކޮށް، އަނެއްކާވެސް އޭނާ ހޮދަން ބޭނުންވެ، ހޯދަމުން އަންނަތާ 20 އަހަރު ފަހުން ކަމަށެވެ.

ކޯޓުން އެ މީހާ ހޯދަން އިއުލާނުކުރި ނަމަވެސް، އެކަން ފުލުހުންނަށް އެއިރު ކުރެވިފައި ނުވަނީއެވެ.

ނަމަވެސް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި، ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާއާ ގުޅުންހުރި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.