މާރްވެލް ހަލަކް ފިލްމުގައި ބްރޫސް ބެނާ "ހަލްކް" އަށް ބަދަލުވާ މަންޒަރު ފެނިފައި ކުޑަކުޑަ ކުއްޖަކު އާޝޯހު ވެއްޖެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ކުއްޖާ އެ ފިލްމް ބަލަން ހުއްޓާ ބްރޫސް ބެނާ "ހަލްކް" އަށް ބަދަލުވާ ހިސާބުން، ތުއްތު ކުއްޖާ ވަނީ އާޝޯހުވެ އުފަލުން ފޮޅިފައެވެ. މި ވީޑިއޯ މިހާރު ވަނީ މުޅި މީސް މީޑިއާގައި އެތައް ބައެއްގެ ނަޒަރު ހުއްޓިފައެވެ.

އެ ތުއްތު ކުއްޖާގެ ބައްޕަ މިހާރު ވަނީ އެ ވީޑިއޯ އިންސްޓަގްރާމް އަށް ލާފައެވެ. އެވީޑީއޯ މިހާރުވަނީ 8.4 މިލިއަން މީހުން ބަލައި އެތައް ހާސް ބަޔަކު މީސް މީޑިއާގައި ޝެއާ ކޮށްފައެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ބްރޫސް ރުޅި އަންނަ ގަޑީ އެ ކުއްޖާ އޭނާ ކައިރީ ރުޅި މަޑު ކުރަން ބުނެއެވެ. އެހެން ނަމަވެސް އެންމެ ފަހުން އޭނާގެ ރުޅި މައިތިރި ނުވެގެން "ހަލްކް" އަށް ބަދަލުވާ ހިސާބުން އެކުއްޖާ ހުންނަނީ އާޝޯހުވެފައެވެ.

އެ ފިލްމްގެ ބްރޫސް ބެނާގެ ރޯލް ކުޅެނީ މާކް ރުފައްލޯ އެވެ. އެ ވީޑިއޯ ފެނިގެން މާކްވެސް ވަނީ އެ ވީީޑިއޯ ރީޓްވީޓްކޮށްފައެވެ.

މިކަހަލަ މަންޒަރުތަކަކީ އާއްމު ގޮތެއްގައި ބަޔަކަށް ރިކޯޑް ކުރެވޭނެ މަންޒަރުތަކެއް ނޫނެވެ. އެހެން ނަމަވެސް މަދު ފަހަރެއްގައި ބައެއް ފަރާތްތަކަށް މިކަހަލަ މަންޒަރުތައް ރިކޯޑް ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު