އެމެރިކާގެ އަވައްޓެރިންތަކެއް އެކުގައި ބޭއްވި ރޭގަނޑުގެ ކެއުމެއްގައި ހިނގި ޒުވާބެއް ހޫނުވެ އެންމެ ފަހުން އޭގެ ތެރެއިން އެކަކު ބާކީތިބި ފަސް އަވައްޓެރިންގެ ގަޔަށް ބަޑި ޖަހާ އޭގެ ތެރެއިން ހަތަރު މީހަކު މަރާލައިފިއެވެ. އަދި ފަސްވަނަ މީހާގެ ގަޔަށް ވަޒަން އެރުމުގެ ސަބަބުން އޭނާގެ ހާލުވެސް ވަނީ ސީރިއަސްް ވެފައެވެ.

މިހަމަލާ ދިން މީހާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ބުނީ ހަތަރު މީހުން މަރާލި މީހާ މިހާރު ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. އޭނާ ހައްޔަރު ކުރީ ހާދިސާ ހިނގި ވަގުތު އެތަނުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެނާގެ ވަނަވަރު ފުލުހުން ހާމަނުކުރި ނަމަވެސް ފުލުހުން ފުލުހުން ބުނީ ހަމަލާދިނީ 67 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ ކުރިން ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށް މިހާރު ރިޓަޔާ ކޮށްފައިވާ މީހެއް ކަމަށެވެ.

"މިއީ ސީދާ ކީއްވެގެންދިން ހަމަލާއެއް ކަމެއް އަދި މުޅިން ސާފެއް ނުވޭ. އަދި ހަމައެކަނި ކަށަވަރުވީ ކާން ތިބެފައި ހިނގި ޒުވާބެއް ހޫނުވެގެން ގޮސް ދިން ހަމަލާއެއްކަން." ފުލުހުންގެ ތަރުޖަމާން ބުންޏެވެ.

މިހާދިސާގައި މަރުވި މީހުންގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ބުނީ މަރުވެފައި ވަނީ މުޅިން ވެސް ބޮޑެތި މީހުން ކަމަށެވެ.

ބަޑި ޖެހުމުގެ ހާދިސާތަކުގައި އެމެރިކާގައި މީހުން މެރުމަކީ އާއްމު ކަމެކެވެ. ނަމަވެސް ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ނުފޫޒުގެ ސަބަބުން ބަޑި ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ފާސްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާދީނީ

    ބަޑި ޖެހުމުގެ ހާދިސާތަކުގައި އެމެރިކާގައި މީހުން މެރުމަކީ އާއްމު ކަމެކެވެ. ނަމަވެސް ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ނުފޫޒުގެ ސަބަބުން ބަޑި ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ފާސްކުރެވޭ ގޮތް ވަނީ ނުވެފައެވެ. ދެން ސަކިންދާމެން ގަބޫލު ކުރާ ގޮތުގައި ހައްދުފަހަނަައަޅާ ދިއުމަކީ ކޮބާބައި؟

    10