ކޮފީ އަކީ އެންމެންވެސް އެ އެއްޗެއް ބުއިމަށް ލޯބި ކުރާ އެއްޗެކެވެ. އާއްމު ގޮތެއްގައި މީހުން ބޭނުންކޮށް އުޅޭ ކޮފީގެ ބާވަތްތައް 30ށް އަރައެވެ. ނަމަވެސް ރާއްޖޭގައި އެންމެ މަގުބޫލުވެފައި ވަނީ 2 ވައްތަރެއްގެ ކޮފީއެވެ. އެއީ ކަޅު ކޮފީ އާއި ކިރު (މިލްކް) ކޮފީއެވެ.
އެކި މީހުންނަށް ކަމުދަނީ އެކި ބާވަތްތަކުގެ ކޮފީއެވެ. އެންމެ ގިނަ ބަޔަކު ބޭނުން ކުރަނީ ކަޅު ކޮފީ ނަމަވެސް، ކިރު ކޮފީ ބޭނުން ކުރާ މީހުންގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ކިރު ކޮފީ ބޯ މީހުންނާއި އަޅާ ކިޔާއިރު، ކަޅު ކޮފީ ބޯ މީހުން އެމީހުން ކުރާ ކަންތައް ވަރަށް ކާމިޔާބު ކަމާއި އެކު ކުރެއެވެ. އެއީ ވުން އެކަށީގެންވާ ކަމެކެވެ. އެއީ ކޮފީ ތެރެއަށް އިތުރު އެއްވެސް އެއްޗެއް ނާޅައި ބުއިމުން އޭގެ ބާރު ގަދަވާނެއެވެ.
ކޮފީގައި ގިނަ އަދަދަކަށް ކެފެއިން ހުންނަ އިރު، ކެފެއިން އަކީ އެމީހަކު ކުރާ ކަމެއްގައި ބޮޑަށް ފޯކަސް ވެގެން އެކަމެއް ކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. ނަމަވެސް ކިރު ކޮފީ ބުއިމުން ކެފެއިންގެ ބާރު ކުޑަކޮށް ދަށް ވެއެވެ.
ކަން މިހެން އޮތް ނަމަވެސް، ކިރު ކޮފީ ބޯލަން ހަމަ އެއް ވަނައެވެ. ބައެއް މީހުން ކިރު ކޮފީ ބޯ މީހުންނަށް ޖޯކު ޖަހައި މަލާމާތް ކުރި ކަމުގައި ވިޔަސް އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ ގޮތަކަށް ބުޔަސް ކޮފީ ވާނީ ހަމަ ކޮފީ އަށެވެ. އެމީހަކަށް މީރު ގޮތަކަށް ހަމަ ބޯންވީއެވެ.
ތިއީ ކިރު ކޮފީ ބޯ މީހެއް ހެއްޔެވެ؟ ނުވަތަ ކަޅު ކޮފީ ހެއްޔެެވެ؟
އެެއްވެސް ކޮފީއެއް ބޯމީހެއްނޫނެކޯމީ ހެހެހެ އެކަމަކު މިހާރު ކިރުކޮފީ ބޯން އެބަ ގަސްތުކުރަން މީރުވާނެހެން ހީވޭ