އިންޑިއާގެ ބިހާރުގައި ފިރިހެނަކު ޖުވާ ކުޅުމަށްފަހު ބަލިވުމުން އެހެން ފިރިހެނަކަށް އަނބިމީހާ ދޭން ޖެހިއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނަމަވެސް، މި މައްސަލަ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައި ވަނީ އެ އަންހެން މީހާ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.

އެ އަންހެން މީހާ އާއި ހަވާލާދީ ބީހާރުގެ ފުލުހުން ބުނެފައި ވަނީ އޭނާ އެއް ރޭ ނިދާފައި އޮއްވާ ފިރިމީހާ އޭނާ އަށް ގޮވައި، ޖުވާ ކުޅެގެން ބަލިވެއްޖެ ކަމަށާއި، އަނބިމީހާ އެހެން ފިރިހެނަކާއި އެއްކޮށް ދާން ޖެހޭ ކަން އަންގާފައިވާ ކަމަށެވެ.

"އަހަރެންގެ ފިރިމީހާ ބުނީ މާދަން ހެނދުނު މޮޅުވި މީހާ އޭނާގެ އިނާމު (އަހަރެން) ބަލާ އަންނާނެ އޭ. އެ މީހާ އައުމުން އޭނާ އާއި އެއްކޮށް ދާން ޖެހޭނެ ކަމަށްވެސް ފިރިމީހާ ބުނި" ޗަންދާ ދެވީ ނަމަކަށް ކިޔާ އެ އަންހެން މީހާ ބުނެފައިވެއެވެ.

އޭގެ އަނެއް ދުވަހު އެ މީހާ ޗަންދާ ދެވީ ބަލާ އައި ނަމަވެސް، ޗަންދާ ވަނީ އެ މީހާ އާއި އެކު ދާން ދެކޮޅު ހަދާފައެވެ. މިއާއިއެކު ޗަންދާގެ ފިރިމީހާ ވަނީ އޭނާ ގައިގައި ތަޅައި، ވަރަށް ބޮޑަށް އަނިޔާވެސް ކޮށްފައެވެ.

މި މައްސަލަ ފުލުހުން މިހާރު ބަލަމުން އަންނައިރު، މީގެ ކުރިން އެ ސަރަހައްދުގައި ހަމަ މިގޮތަށް ޖުވާ ކުޅެގެން ފިރިހެނަކު ވަނީ އޭނާގެ އަނބިމީހާ އެހެން ފިރިހެނަކަށް ދީފައެވެ. އަދި އެ އަންހެން މީހާ އެއްވެސް ދެކޮޅުހެދުމަކާއި ނުލައި މޮޅުވި މީހާ އާއި އެއްކޮށް ވަނީ ގޮސްފައެވެ.

ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ، އޭގެ ސަބަބުން އެތައް ގެއްލުންތަކެއް ލިބޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ރޫޙާނީ ލީޑަރު އެލެކްސް ގެ ފިކުރު

    23
    1
  2. ހަމަހަމަ

    ދިޔާނާ ވިސްނައްޗޭ މިކަހަލަ ކަންކަމާމެދު

    37
    1