ޓެކޮނޮލެޖީގެ ގޮތުން މުޅި ދުނިޔޭގައިވެސް އެންމެ ކުރީގައި އުޅޭ ގައުމަކީ ޖަޕާނެވެ. ނަމަވެސް ދާދި ފަހުން އެ ގައުމުގެ ކުންފުންޏަކުން ކުރަން ނިންމި ކަމަކާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެފަރާތަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އެ ގައުމުގެ ސިއްޙީ ކަންކަމާއި ގުޅޭ ސްޓޯރަކުން މި ފަހުން ނިންމާފައި ވަނީ އެތަނުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުން ޕީރިއަޑް ވުމުން އޮފީހަށް ހާޒިރުވާއިރު މޭމަތީގައި ޙާއްސަ ބެޖެއް ޖެހުމަށެވެ. އެ ބެޖުގައި އިންނަނީ ކާޓޫން ކެރެކްޓާ އެއް ކަމުގައިވާ "ސެއިރީ ޗެން"އެވެ. މި ކެރެކްޓާ އަކީ މުޅި ޖަޕާނުގައިވެސް ޕީރިއަޑް ވުމަށް ޙާއްސަ ކެރެކްޓާއެކެވެ.

ކޮންމެއަކަސް، އެ ސްޓޯރުން މި ބެޖު ބޭނުން ކުރަން ނިންމީ "ފިސިއޮލޮޖީ ބެޖް" ގެ ނަމުގައެވެ. އެމީހުން އުއްމީދު ކޮށްގެން ތިބީ މި ބެޖު ޖަހައިގެން އަންހެނުން މަސައްކަތަށް ނިކުތުމާއި ގުޅިގެން އެހެން މީހުންނަށް އެ އަންހެނުން ހުރި ހާލަތު ފަސޭހައިން ދެނެގަނެވި، މަސައްކަތް އެހައި ބުރަ ނުކުރުމާއި ދިގު ބްރޭކުތައް ދީ އަރާމު ކުރުމަށް މަގިފަހިވެގެން ދާނޭ ކަމަށެވެ.

އެކަން ކުރަން ނިންމި ކުންފުނީގެ ފިހާރައެއް

ނަމަވެސް ޖަޕާނުގެ އާއްމު ރައްޔިތުންނާއި ހަމައަށް މި ޙަބަރު ދިޔައިރު އެފަރާތްތަކުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި މިއީ ތަފާތުކުރުން ކަމަށާއި، މިކަމުގެ ސަބަބުން އެ އަންހެން މުވައްޒަފުންނަށް އެތައް އުނދަގޫތަކެއް ކުރިމަތިވާނޭ ކަމަށް ބުނެފައެވެ.

މިއާއިއެކު އެ ސްޓޯރުން ވަނީ އެމީހުންގެ ނިންމުން ބަދަލުކުރަން ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ތިޔަބޭފުޅާ ދެކޭ ގޮތުގައި މިއީ ކޮންކަހަލަ ކަމެއް ހެެއްޔެވެ؟ މީގެން އަންހެނުންނަށް ފައިދާތަކެއް ކޮށްފާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީޖޭ

    މަކިރެންް ނާހާ!

    7
    1
  2. ޝާދް

    ހާދަ މަޖާ ކާޓޫނެއް?

    7
    2
  3. ކޮތަރުބިސް

    ތީ ޖަޕާނުގަ ހިނގާކަމެއް މިރާއްޖެއަކުނޫން އެހެންވީރު އަޅުގަނޑުގެ ހިޔާލު ހޯއްދަވނީ ކީއްކުރައްވަންތޯ މިކަމައް ހިޔާލު ދޭން ޖަޕާނުގަ މީހުންމަދދީތޯ

    7
    2