ރާއްޖޭ އަކީ މާގިނަ ޖަނަވާރުތަކެއް ދިރިއުޅޭ ގައުމެއް ނޫނެވެ. ބޭރު ގައުމުތަކުން ފެންނަ ނުރައްކާތެރި އެއްވެސް ޖަނަވާރެއް ރާއްޖޭގެ ޖަޒީރާ ރަށްތަކުން ނުފެނެއެވެ. ފެންނަނީ ބުޅާ ފަދަ ވަރަށްވެސް މަދު ޖަނަވާރުތަކެކެވެ. ނަމަވެސް ރާއްޖޭގެ މި ރަށުގައި އެންމެ ބުޅަލެއްވެސް ނޫޅޭތާ ވަނީ އެތައް ޒަމާނެއް ވެގެން ގޮސްފައެވެ.
ރ.އަތޮޅު ވާދޫ އަކީ އެރަށުގެ ރީތިކަމާއި ސާފުތާހިރު ކަމަށް މަޝްހޫރުވެފައިވާ ރަށެކެވެ. އަހަރުގެ ފަހުކޮޅު އެރަށުގެ އަތިރިމަތިން ފެންނަ ރެދަންތަކުގެ ސަބަބުން އެތައް ބަޔަކު އެރަށަށް ޒިޔާރަތް ކޮށްލުމަށް ބޭނުންވެއެވެ. ތިއީ ފަހަރުގައި އެރަށަށް ޒިޔާރަތް ކުރި މީހަކަށްވެސް ވެދާނެއެވެ. ނަމަވެސް އެރަށުން އެންމެ ބުޅަލެއްވެސް ނުފެންނަކަން ފާހަގަވި ހެއްޔެވެ؟
އާނއެކެވެ. ވާދޫގައި މިހާރު ދިރިއުޅޭ މީހުންވެސް އެރަށުގައި ބުޅާ ގެންގުޅުނު ހަނދާނެއް ނުވެއެވެ. އެރަށު ކައުންސިލްގެ ރައީސް ހުސައިން އަލީ "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ވާދޫގައި ބުޅާ އެންމެ ފަހުން ގެންގުޅެފައި ވަނީ 1980 އަހަރުތަކަށް ވުރެންވެސް ކުރީކޮޅުގައި ކަމަށެވެ.
"ވާގޮތަކީ ކުރީ ޒަމާނުގެ ރަށްރަށުގެ ދިރިއުޅުން ބޮޑަށް ބިނާވެފައި އޮންނަނީ ރުށް ރުކުން ލިބޭ ކާއްޓާއި އެއްޗެހީގެ މައްޗައް. ބުޅާ އެރަށް ރަށުގައި އުޅޭ ކަމަށް ވަންޏާ، މީދާތައް ދެން އަރާނީ ރުށްރުކަށް. ބުޅާތައް ފެހުމުން ރުށްތަކަށް އަރާފައި ރުކުގައި މީދާ އުޅެންވީމަ ރުކުގައި ހުންނަ އެއްޗެހި ކައިފައި ރުށް ދަށަށް އަޅާނީ" ބުޅާ އެރަށުގައި ނޫޅޭ ސަބަބު ބަޔާން ކޮށްދެމުން ހުސައިން އަލީ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ވާދޫގެ ވަލުތެރޭގައި މީގެ ކުރިން ގިނަ އަދަދެއްގެ މުސަޅު އުޅޭ ކަމަށް ވެއެވެ. އެ މުސަޅުތައް ހިިފުން ރަށުގެ ރައްޔިތުންނަށް އޭރުވެސް ހުއްދަ ކޮށްފައި ވާއިރު، ބުޅަލުގެ ސަބަބުން އެކަމަށްވެސް ހުރަސް އެޅެއެވެ. ހުސައިން އަލީ މައުލޫމާތު ދެއްވި ގޮތުގައި އިހު ޒަމާނުގައި ރާއްޖޭގެ ރަށްރަށުގައި ކަތީބުން ތިބި ހިސާބުން ފެށިގެން ވާދޫގައި ބުޅަލެއް ނުގެންގުޅެއެވެ.
"އެހެން ރަށްރަށުން ބައެއް މީހުން ޖެއްސުމަށް ބުޅާ ގެނެސް ދޫވެސް ކޮށްލާނެ މިރަށަށް. އެއްފަހަރަކު މާބަނޑު ބުޅަލެއް ރަށުތެރެއަށް ދޫކޮށްލި. ނަމަވެސް ރަށުގެ ރައްޔިތުން ވަނީ އެ ބުޅާ ކައިރި އެހެން ރަށަކަށް ފޮނުވާލާފައި"
ހުސައިން އަލީ އިތުރަށް ވިދާޅުވެފައި ވަނީ ވާދޫގައި ބުޅާ ގެންގުޅުން ރަސްމީކޮށް މަނާ ކޮށްފައި ނުވި ނަމަވެސް، އެރަށުގެ ރައްޔިތުން ބުޅާ ގެންގުޅެން ބޭނުން ނުވާ ކަމަށާއި، ބުޅަލުގެ ފަރާތުން ޖެހޭ ބަލިތައްވެސް ވަރަށް ގިނަ ކަމަށެވެ.
ވާދޫގެ އަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެއް ކަމުގައި ވާއިރު، އެ ރަށުގެ ހިތްގައިމު ތުނޑީގައި މޫދަށް އެރި މަޖާ ކޮށްލުމަށް ކައިރި ރަށްރަށުންވެސް މީހުން އާދެއެވެ. އަދި ސަރުކާރުން ވަނީ އެރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް 3 ހެކްޓަރުގެ ބިމެއްވެސް ދީފައިކަން ފާހަގަކޮށްލެވެއެވެ. އެރަށުގެ ގޮނޑުދަށުގައި ލާ ރެދަންތަކަށް ވަނީ މީގެ ކުރިން ބައިނަލްއަޤުވާމީ ސަމާލުކަންވެސް ލިބިފައެވެ.
ތިޔައީ ވަރަށް ދެރަވަރުގެ އަމަލެއް. ބުޅާ ހާލުގައި ޖައްސައި ބުޅާ ބެރުމަކީ ނުވަތަށް ބުޅަލަށް ގޯނާ ކުރުމަކީ ނުރަގަޅު ކަމެއް. އެއީ ބުޅަލުގެ ސަބަބުން ނޭގޭ އެތައްކަމެއް އެ ސޮރު އުޅުމުން ރަނގަޅުވެގެން އަންނާނެ. ބުޅަލަށް އަނިޔާ ކުރުމުގައި ދެމި ނުތިބެމާ
ކާކުތަ ބުޅަލަށް އަނިޔާކޮށްގެން އުޅެނީ؟
ވާދޫ މީހުން ބުޅަލެއް ރަށަށް އަރައިފި ނަމަ މަރާލާކަމަށް ތިރަށު މީހުންގެ ފަރާތުންވަނީ ކަށަވަރުވެފަ.....
ބުޅާނޫޅޭތީ އަނިޔާކުރިހަނދާނެއްވެސް ވާދޫމީހުން ނުވޭ
ތިޔަ ކަހަލަ ކަންކަމަކީ މިއުޅޭ ބައެއް ހަޖަމު ކުރަން ދަތި މީހުންނަށް އަޑު އަހަން ފަސޭހަ ކަންތައްތަކެއް ނޫން. މި ބައިގަނޑު މީހުން ތެރޭގަ މިފަދަ ވާހަކަތައް ދެއްކުމަކީ އެއީ ނާތަހުޒީބު ކަމެއް. ކޮންމެ ކަމެއްގަ ސިޔާސީ ވެގެން ކޮންމެ ކަމެއް ސިޔާސީ ކުރަން ޑިމޮކްރަޓިސްޓުންނަށް ވެގެން އުޅެނީ މިމީހުންގެ ތެރޭގަ އިންސާނީ ހައްގެއް އެހެން އެއްޗެއްގެ ހައްގެއް ނޯންނާނެ. މިއާ އިދި ކޮޅަށް އެއްޗެއް ބުނާ މީހާ އަކީ އެމީހުންގެ އިދިކޮޅު ޕާޓީ ގެ މެމްބަރަކަށް މިވަނީ. އެކަމަކު މިތާނގަ ކާކު އިދިކޮޅަށް އުޅޭނީ.؟ ކާކު ބޭނުންވަނީ ސިޔާސީ ވާން؟، ހަމަ ބުޅާ ދެކެ ރުޅި އަންނަ މީހުން މީ ހުސް ނޫނީ އަނިޔާ ކުރާ މީހުން.
މީދަލުގެ އުނދަގޫ ކިހިނެއްވަނީ?
އިދުރީސް ކަލޭ ހަމަތަ؟ މީދާވިއްޔާ މީދަލުގެ އުނދަގޫ އެކަނިދޯވަނީ.؟ ކަލޭ ބޭނުމީ ބުޅަލާ މީދަލާ ދޭތީގެ އުނދަގޫވާންތަ؟ ބުޅާ ކައިފަހުރި މީދަލުގެ ބައިތަކާ، މީދަލުގެ ނަޖިހުގެ އިތުރުން ބުޅަލުގެ ވަސްގަދަ ނަޖިސް ކަލޭގޭ ފުރާޅުތައް މުޑުދާރުކުރަން ކަލޭ ބޭނުންވޭތަ؟ އެގޮތްތަ ބޭނުންވަނީ؟
މީގަ ކަލޭ ކަންނޭނގެ ހަމަ ނޫނީ. އެއީ ބުޅަލުގެ ނަޖިހަކުން އިންސާނުންނަށް ގެއްލުންވާ ކަމަކަށް މިހާތަނަށް އެއްވެސް ދިރާސާތަކަކުން ނުދައްކާ. އެކަމަކު މީދަލަކީ އޭގެ ނަޖިހުގަ އިންސާނުންގެ ފުރާނަ އަށް ނުރައްކާ ވާ ވިހަ މާއްދާތައް ހުންނަ އެއްޗެއް. އޭތި ހިމާޔަތް ނުކުރެވިގެން ތިހާ ތެޅި ބާލަނީ ތިޔޮތް.
ތިކަހަލަ ގަމާރުން ހަދާ ދިރާސާއިން އެއްޗެއް ނުދައްކަފާނެ.
އިދުރީސް އަނގައޮތީމަ ތަޅުވަނީ
އިދުރީސް މީދާއޮންނާނެ. ބަލައިބިލަ
ތިރަށުމީހުން މީދާދޯ ގެންގުޅެނީ.. މީދަލުންވެސް ނުރައްކާތެރި ބަލި ފެތުރޭ...
ބުޅަލަކީ ކޮންމެހެން ގެންގުޅެންވާ އެއްޗެއްނޫން
އެހާ ރުއްގިނަ ވިއްޔަ ގެއްލުން ވާން?
ބުޅާ ނެތިއްޔާމު ނުނީ ބުޅާ ނުޅެންޔާމު ކިހާ ސަޅި ދޯ
އެރަށުގައި ބުޅާ މަރާ ވާހައެއްނެތްދެއްތޯ ދެރަވަރުކަމަކަށް އެކަން ވާކަށް.
ތިޔ ރަށުގެ ވަޒަންްވެރިޔަކަށްް ވެވޭނެ ނަމަ ދޯ
މާމޮޅުކަމެއްތަ ކަލޭމެންނަށް ތިކުރެވިފަ ތިއޮތީ؟
1980 ގެ ވާހަކަ ކިޔަން ހުސެެއިން އަލީ މީ ކާކު؟ މީނާގެ ބަފަޔަ ކީ ވަރަަށް ވަރުގަދަ މީހެެެއް އެކަމަކު މީހަމަ ސުމެއްގެ މީހެއް.އަރިބެ ހަހަހަހަ
Marosheega ves bulhaleh noolheyne
މީދަލާހުރެރޭގަނޑުހިގާއުޅެންއުނދަގޫ
މާމިގިލީގައި ވެސް ނޫޅޭނެ ބުޅަލެއް.
ތިރަށް ނަމޫނާއަކަށް ބަލަމާ ވަރަށް ފައްކާރަށެއް ހުރިހާބުޅާތައް ޖަޕާނަން ފޮނުވާަންވީ މި ގައުމަކީ ބުޅާ ފުރީ ގައުމަކަށް ހަދަމާ?
ދިވެހިން އެކަނި ބުޅާތައް ދެކެ މިކަހަލަ ފިކުރު ހުންނަނީ. އެހެން ބަޔަކު ނޫޅޭ. މިރާއްޖޭ ނުން އެހެނިހެން ގައުމުތަކުގަ ބުޅަލަށް ހުންނަނީ ހިމާޔަތް ދީފަ. އަނިޔާ ކޮށް މަރާ މީހުންނަށް ހަރުކަށި އަދަބު ދޭ. ހާލުގަ ޖެހިފަ ތިބޭ ބުޅާތަކަށް އެހީވާ ކޮމިއުނިޓީޒް ތައް ހުރޭ. އެއެއްޗެސް ބަލާ ބޮޑުކޮށް މުޅި އުމުރު ދުވަހަށް ގެންގުޅޭ މީހުން ތިބޭ. ވިސްނާލީމަ ވެސް އިނގޭ ކަމަކީ އަޅާ ނުލާ އެއްޗެއްސް މަގުމައްޗަށް ދޫކޮށްފަ ހުންނައިރު އެސޮރުމެންވެސް ޖެހުނު އެއްޗެއް ކާނެ ބޯނެ އަމިއްލަ ފުރާނަ އާ ދަރީންނަށް ޓަކައި. އަހަރުމެން އިންސާނުން ފަދައިން. މިހެން ވާނީ މިތަނެއްގަ މިތަކެއްޗައް އަޅާލާ ބަޔަކު ނުތިބޭތީ އަދި ހިމާޔަތް ލިބިފަ ނުހުންނާތީ. ލަދު ގަންނަން ޖެހޭ ކަމަކީ މިއީ ﷲ ތައާލާ ހެއްދެވި މަހުލޫގެއްކަން ހަނދާނުގަ ނުހުންނާތީ. އަދި ބުޅަލަށް ގޯނާކޮށް ހެދުމަކީ ކީރިތި ރަސޫލާ މަނާ ކުރައްވާފަވާތީ. އަހަރެމެން އުޅޭ ތަނެއްގަ އުޅޭ އެހެނިހެން ދިރޭ ތަކެއްޗައް އަޅާލާ އޯގާތެރި ވާން ޖެހޭ. މިކަހަލަ ވާހަކަ ތަކަކީ މާކަ މޮޅެތި ވާހަކަ ތަކެއް ނޫން، މިއީ ހަމަ އެބައެއްގެ ކުލުނެއް ހަމްދަރުދީއެއް ނެތްކަން މުޅި ދުނިޔެއަށް އަމިއްލައަށް ފަޞީހަތް ވުން ނޫން އެހެން ކަމެއް ނޫން. އަދި ބުޅާފަދަ އެއްޗެއްސަށް އަނިޔާ ކުރާ ބަޔަކު އުޅޭ މުޖްތަމައަކަށް ދޭނެ ވަރަށް ގޯސް މެސެޖެއް.
އެކޮއެ އަނގަ ތެޅިޔަސް ކަމަކުނުދާނެ. ވާދޫގަ ބުޅާނޫޅެ މުޖުތަމާގެ އެންމެން ގަބޫލުކުރާހަމައެއްވިމާ ބުޅާ ނުވެސްގެނޭ ރަށަކަށް. ދެން ވާދޫމީހުން ބުޅަލަށް އަނިޔާކުރާނެ ގޮތެއް ކަލޭބުނެބަލަ. ވަދޫމީހުންނަކީ ބުޅަލަށް އަނިޔާކުރާނެބައެއް ނޫން. ވަދޫގެ އަގުވަށްޓަން ނޫޅޭ.
ތިމީހުން ނޫނަސް ބުޅަލަށް އަނިޔާ ކުރާ މީހުން އުޅޭ. މިދައްކަނީ ބުޅަލަށް އަދި މިގައުމުގަ އުޅޭ އެހެނިހެން ޖަނަވާރު ތަކަށް މި ރާއްޖޭގެ ކަމާ ބެހޭ ފަރާތް ތަކުން ހިމާޔަތް ނުދޭ ވާހަކަ. އެކަކުވެސް ނޫޅޭ ކަލޭމެންނަށް އުނދަގޫ ކުރަން ތިރަށުގަ މީހުން ގެންގުޅޭ މީދާ މަރަން ބުޅާ ފޮނުވާކަށް. ދެން ކިޔާބަލަ ތިކިޔާ އެއްޗެއް.
ހާދަ ވަރެއް ވެފައޭ މިއޮތީ ހަމަހަމައަށް
ކަލޭމެންގެ މީދާ ހިމާޔަތް ކުރާކަށް ނޫޅޭ އެކަކުވެސް
ހާދަ ބުލަލޭ ދޯ ހަމަހަމަ. އެކަމަކު ދެއްކި ވާހަކައަކާ މި އާޓިކަލްގައި ލިޔެފަ އޮތް އެއްޗަކާ ނުއެއް ގުޅޭ. އަނެއްކާ ހަމަތަ؟ ބުޅަލުގެ ލޯތްބަކީ މީހާގެ ލޯވެސް އަނދިރިކޮށް ސިކުނޑިއާ ކުޅެލާ ވަރުގެ އެއްޗެއްކަން މިއަދު އެނގިއްޖެ
ހަމަ ހަމަ ވާނީ ހަމަހަމަ އަށް. ކަލޭގެ އެކަނި ސިކުނޑި އާ ކުޅެވިގެން ތިއުޅެނީ ހުންނަ ނުތާހިރު ކަމުން. ވަރަށް ސަލާމް.
ބުޅަލޭ ކިޔައިގެ ން ނަފްރަތު އުފައްދަ ނީ ޑޮކްޓަރު ން. އެވެއާ ނަސް އޭ ކިޔާފަ ދެ ނީ ފުރިހަމަ މައުލޫމާތެއް ނޫ ން. އެމީހު ން ބޭ ނު ން ބައި އަ ންގާފަ އަ ނެއްބައި ގެ ވާހަކަ ނުވެސް ދައްކާ ނެ. ނުރައްކާތެރި ބަލި ބަލި އަރާ އި ންސާ ނު ން ގައި ންވެސް. ދެ ން ހުރިހާ އި ންސާ ނު ން ވެސް ނެރެލަ ންވީ؟ ނޫ ނީ ނައްތާލަ ންވީ؟
މީހުންވެސް އެހާމަދުދޯ..ސޯ ބޮލަކަށް މީދަލެއް ހަދަމާ ހެހެ. ބުޅާ އެއީ ހަމަ ސަޅިއެއްޗެއް ވ ލޯބި އެއްޗެއް
މާތް ވެގެންވާ ހަރަމް ފުޅުތެރޭގަ ވެސް ހުސް ބުޅާ އުޅޭ... އެތައް މިލިއަން މީހުން އަޅުކަން ކުރަން ވެސް ދޭ ދުވަހަކުވެސް ގޯނާ އެއް ކުރާ އެއްޗެއްސް އިގްނޯ ކުރާ އަޑެއް ނާހަން. .. މިއީ އޭގެ އަނެއްކޮޅު ދޯ..
ގ.ކެނެރީގެ ބުއްޅަބެއަށް ތަބާވާބަޔަކު ކޮންމެ ރަށަކަށް ފާވެގެންވޭ. މިބާގައިގެ މީހަކަށް ކެނެރީގޭ ފަސާދަ ކަލޭގެ ނޫން އެއްކަމެއްވެސް ރަނގަޅެއް ނުވާނެ.
ދެން ތިކިޔަނީ ބުޅަލަކީ ސިޔާސޕީ އެއްޗެކޭތަ. ތިކަމެއް ނުވާނެ
ސިޔާސީ ނުކޮއްލާ ނުވޭ ދޯ ހަމަ. ގޮރޯ އަޕް.
އާނ ހުސް މީދާ އުޅޭ ރަށެއް ތީ. ގޭ ގޭ ގަވެސް ބޮޑެތި ގެރި ވަރުގެ މީދާ. ލޮލް.
އަސްލުވެސް ހީވަނީ ތިރަށުގަ ވަރައްމީދާގިނަވާނެހެން ހަމަގައިމުވެސް އެނގޭއެއްޗަކީ މީދަލުންދުވާ ވަސް ބުޅަލެއްގެ ގައިންނުދުވާނެކަން އަނެއްކާ އެންމެ ފަހުގެ ހޯދުންތަކުންވެސްދައްކާ ބުޅާގެންގުޅޭމީހުންގެ ސިކުނޑިތަނަވަސްކަމައް
ކ.ގާފަރުގަ ބުޅަލެއް ނޫޅޭ!
އެއްގޮތަކަށްވެސް ނޫޅޭ. ތެދެެއް ހެދޭތޯބަލާބަލަ.
ބުޅާ ނޫޅޭތީ ސާފުތާހިރު ޥާން ވީ ކީއްވެ؟ މީދަލަކީ ބުޅަލަށް ވުރެ މުޑޫދާރު އެއްޗެއް. ބުޅާ ނޫޅެންޏާ މީދާ ގިނަވާނެ
ވާދޫ އަކީ ވަރަށް ރީތި ރަށެއް. މީހުން މަދު އެކަމަކު ވަރަށް ސާފުތާހިރު. ހިތްގައިމު ތުނޑިއެއް އޮވޭ. އެރަށަށް މަވެސް ދިޔައިން. މީހުންވެސް ގޯހެއް ނޫން. ޗުއްޓީ ހަދާލަން ރަނގަޅު ރަށެއް. އެއީ ހަމަ ރެދަން ވާދޫ. ވަރަށް ޗާލު ރެދަން ލާފައި އޮންނަގަޑީގައި. ބުޅާ ނޫޅޭކަމީ ނަސީބެއް. ގައިމުވެސް ބުޅަލުގެ ނަޖިހުން ސަލާމަތްވާނެތާ.
އެރަށައް ޕާރޓީ ކުރަންދޯ ކައެ ދިޔައީ
ކަލޭމެން ކިތަންމެ މަތި އޮމާން ކުރިޔަސް ކުށެއް ނެތް ދިރޭ އެއްޗެހިންގެ ހައްގު ތަކަށް އަރައިގަންނަން މަށެއް އެއްބަހެއް ނުވާނަން. މި ގައުމުގަ އުޅޭ ބުޅާ ތަކަށާ އެހެނިހެން ދިރޭ އެއްޗެއްސަށް ހިމާޔަތް ދޭން އެއީ މި ގައުމު ގެ އެންމެންގެ ވާޖިބެއް. ގާނޫނު އަސާސީން ތަން ވެސް ދޭން ޖެހޭ ކަމެއް. ހަމަ އެކަނި އަނިޔާ ކުރީމަ ތިން މަސް ދުވަހަށް ޖަހަށް ލުމަކުން އަދި ނުފުދޭ. އެއްޗެއްސަށް ހިމާޔަތް ދޭން ޖެހޭ އަދި އެއެއްޗެސް އަށް އަޅާލާ އޯގާ ތެރި ވާން ޖެހޭ. އުޅޭނެ ތަން ތަން ވެސް ހަމަ ޖައްސަ ދޭން ޖެހޭ. ބުޅާ ފްރީ ގައުމަކަށް ހަދައިގެން އަހަރެމެން ވީ ބުޅަލަށް އަނިޔާ ކުރަން ހިއްވަރު ދޭން ތަ؟. އަނިޔާ އެއީ ހަމަ އެކަނި ޖަހައިގެން ވާ އަނިޔާ އަކަށް ވެގެން ވެސް ނުވާނެ. އަނިޔާ ވާނެ އޭތި ވަށައިގެން އުޅޭ މީސް މީހުން ގެ ފަރާތުން އަޅާލުން ނުލިބޭތީ ވެސް. ކަމާ ބެހޭ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެދި ގޮވާލަން އަދި މި ރާއްޖޭގަ ބުޅަލަށް ހިމާޔަތް ކަން ދޭނެ. އެހެނިހެން ޖަނަވާރުތަކަށް ވެސް ހިމާޔަތް ކަން ދީ މިތަކެތި ކެއާ ފްރީ ކޮށް ގެންގުޅޭނެ ދުވަސް އަދި އަންނާނެ އިންޝާﷲ. މިތަނަކީ ތިހާ ހަރުކަށި މީހުން އުޅޭ ތަނެއް ނޫން.
މީހުން އުޅޭ އަދަދު ޖަހާލަންވާނެ.
މިރަށުގަ ހާދަ ވަރަކަށް މީދާ އޮންނާނެއޭ ދޯ. ދެން ފެންނަ ފެނުމުން ކިތަންމެ ރީއްޗަސް ގޮސް އެނދު ތަން ދޮށާ ބަދިގެ ބަލާލީމަ އިނގޭނީ ކިހާވަރަކަށް ކަން ތާހިރީ. ލޮލް
ރޯ ގަމާރުން. މީދާތައް ގިނަވާވަރުން ބުޅަލޯ ނުގެންގުޅެނީ. އެކަމަކު މީދާ އެބަ ގެންގުޅޭޔޯ ލޮލް. ތިރަށު މީހުންނަކީ މީދާ ގެންގުޅޭ ބައެއް . އެހެން ކިޔަން ނުކެރިގެން އެއުޅެނީ.
ބުޅާއުޅޭ ބައެއް ރަށްރަށުގަ މީދަލުގެ އުނދަގޫ ވެސް ވަރަށް ބޮޑު. ކީއްވެތަ ބުޅަލާ މީދަލާ އެންމެން މި އަޅާކިޔަނީ ؟ ބުޅާ ފުރިފަ އޮންނަ ރަށަކަށް ދިޔައިން .. އެރަށު ގޭގޭގެ ކާގެ މޭޒުމައްޗަށް ވެސް މީދާ އަރައިގެން އުޅެނިކޮށް ކިތަންމެ ދުވަހަކު ދެކުނިން.. ވާދޫގައި މީދާ ގިނަވާކަމަށް ފާހަގަވީމަ އޮފީހުގެ ފަރާތުން މީދާ މަދުކުރުމުގެ ޕްރޮގްރާމްތަށްވެސް ހިންގާ.. އޮފީހުގެ ފަރާތުން ގޭގެއަށް ބޭސްލާދީ ހަދަނީވެސް.. އަދި ވަރަށް ގިނަ ގޭގޭގައި މީދާ ހިފާ ކޮށި ވެސް ގެންގުޅޭ.. މިދާ ގިނަ ރަށެއްކަމަށް ފާހަގައެއް ނުކުރެވޭ.. ބުޅަލެއް އެރަށުގައި މެރިކަމެއް އެނގިފައެއް ނެތް... ކޮމެންޓްކުރުމުގެ ކުރިން އެކްސްޕީރިއެސް ކޮށްލަން ގޮސްލުން ރަނގަޅުކަމަށް ދެކެން..
އެކްސްޕީރިއަންސް ތިއޮތި ވަރަށް ރަނގަޅަށް ކިޔައިދީފައެއް ނުން. . މީދާ މަދު ކަމުން ތިރަށު އޮފީހުގެ ފަރާތުން މީދާ މަދު ކުރުމުގެ ޕްރޮގްރާމްތައް ބާއްވަނީ ލޮލް. ދެން ތިވަރަކަށް ކިޔައި ނުދިނަސް ހެޔޮ.
ވަގުތުން މިކަހަލަ ތާކުން ތާކު ނުޖެހޭ އާޓިކަލްތައް ނުލިޔުން ރަނގަޅު. މީގެ ހެޑް ލައިން ވެސް ގޯސް. މީގަ ޖަހަންވީ ހެޑްލައިނަކީ ރާއްޖޭގެ މިރަށުގަ އެންމެ ބުޅަލެއް ވެސް ނޯވޭ! އެކަމަކު މީދާ އުޅޭ !،
ށ.ކޮމަންޑޫ ގަވެސް ބުޅަލެއް ނޫޅޭ.
މުސްލިމުންނަކީ އާންމުކޮށް ޖަނަވާރުންނަށާއި އަންހެނުންނަށް އިހާނާތްތެރިކޮށް ހިތާ ބައެއް.
ކަލޭ ކޯންޗެއް ބޮއެގެން މުސްލިމުންގެ ނަން މިތަނަށް ގެންނަން ޖެހުނީ.. ކަލޭ ހަމަތަ މުރުތައްދު ތަ؟؟.. މުސްލިމުންގެ ނަން ކިލަނބު ކުރަން ނޫޅޭ ތީހަމަ ކަލޭ އެކަނި ކުރާ ކަމެއް ވީމަ ތިބުނެލީ ދޯ...
ލާދީނީ އެއް މިއޮތީ އައިސް
މި ރަށު ރައްޔިތުން މީދާ ހިމާޔަތް ކުރުމުގަ ހާދަ ކުރި އަރާފައޭދޯ އެތިބީ. ސާބަސް.
ބުޅާ އެއްލާލީމަ ބުޅާ ވަރަށް ދެރަވޭ.. ):
ކޮބާ ހަމަހަމަ އަނގަ މައިތިރިވީތަ. ކޮންމެ ކަމަކަށް ހަސަދަލާ ތި ބައިގަނޑަށް ރަށަށް ރީތި ނަމެއް ލިބުނަސް އޭގެ އަގުވައްޓަން އުޅޭބައެއް. ރެދަން ނުލާކަމަށް އެންމެ އަޑު ފެތުރީވެސް ކަލޭމެން. އެކަމަކު ރެދަންލީމާ ލޮލަށްނިދިނައިސް އަތިރިމަތިގަ އެނބުރުނުތަން ދެކުނިން.
ކަލޭގެ ހަސީލަތް ރަނގަޅުވާނީ ތިމުނާފިގު ތުނބުޅިގަނޑު ބާލާ މަގު ހިނގާފަ ދާއިރު މީހަކަށް އިސް އުފުލާ ބަލާލެވުނު ދުވަހަކުން. ކްރރރ. ކްރރރ
ނޫނެކެ ހަސަދަ ލައިގެން އަނގަ މައިތިރި ނުވެވޭ މީހުން މިހާރު އެބަ ފެނޭ. ! ކަލޭމެންގެ މީހުން މަދު ރަށަކާ އަޅައިގެން އަހަންނެއް އެއްފަހަރަކުވެސް އެއްޗެއް ނުކިޔަން. !، އަމިއްލަ އަށއ ތިމާ ވަރު މީހަކު ނެތިގެން އަދި ވެސް ތިއުޅެނީ. އަހަރެން ބުނީ މި ރާއްޖޭގަ ބުޅާ ފަދަ ޖަނަވާރު ތަކަށް ހިމާޔަތް ކަމާ ބެހޭ ފަރާތް ތަކުން ދޭން ޖެހޭނެ ވާހަކަ. ކަލޭމެން ނުޖެހޭ މީގެ ތެރެއަށް އަނގަ ބާނާކަށް. ބުޅާގެ ވާހަކަ ދެއްކީމަ ކަލޭމެންގެ ރީތި ރަށަށް ނަން ހުތުރު ވާކަށް ނުޖެހޭނެ . އަމިއްލައަށް އަނގަ ބާނާކަށް ވެސް ނުޖެހޭނެ. އަހަރެން ދެއްކީ އަހަރެން ބުނަން ބޭނުން ވާ އެއްޗެއް. މިހެން ބުނީމާ ކަލޭމެން ހީކުރަނީ އަހަރެން އަދި ޖަނަވާރުތައް ހިމާޔަތް ކުރަން ގޮވާލާ ބަޔަކު އެބަ އުޅޭ ކަމަށް ތިމީހުން ގެ ރަށް ހަޑި ކުރަން ތިމީހުން ގެ ރަށުގަ އުޅޭ މީދާ މަރަން ބުޅާ ފޮނުވަން. ކަލޭމެން ކަހަލަ މީހުން ގެ ކިބައިން އެއްޗެސް ސަށް އަނިޔާ ލިބޭ ވާހަކަ އަޑު އެހީމަ އެކި ގޮތް ގޮތަށް ކޮމެންޓް ކުރާނެ މީހުން އުޅޭނެ.. ދެން ތިމީހުން ނުޖެހޭ ތިމީހުން އަމިއްލަ އަށް ހިމާޔަތް ހޯދަން މިތާނގަ ނުބެހޭ ވާހަކަ އެއް ދެއްކީމަ އޭގެ ތެރެއަށް އަނގަ ބާނަން ދޯ. މި ރާއްއްޖޭގަ ތިނޫނަސް ރީތި ރަށް ރަށް ވެސް އެބަހުރި. ދެން ތިމީހުން ތިމީހުންގެ އަމިއްލަ މޮޅުކަން ފެނި ބޮޑާ ވެގަތަސް އާ ކަމެއް ނޫން ތީކީ. ޒުވާބު ކުރަން އުޅޭ މީހުންވެސް އެބަ ފެނޭ. ދެން އުޅެބަލަ ބޮޑާކަން މަތީ އަބަދަށް
ދެން ބުނަން އޮތީ ޒުވާބު ކުރަން ބޭނުމިއްޔާ މަ ދީފާނަމޭ ރަނގަޅެ ޖަވާބެއް. އެއއީ މަގޭ ތުނބުއްޅަ އެއް ހުރި ތޯ ނެތްތޯ އާ ހުނއނަ އެއްޗެސް ބަލަން ބޭނުމިޔާމު ތިހާ ދުރުގަ އޮވެ މާ ދުރުދުރުން އަހާނެ ކަމެއް ނެތޭ އެއަށް ވުރެން މާ ރަނގަޅު ކަންނޭގެ ނަންބަރު ކޮބާހޭ އެހިޔަސް ލޮލް
ނަންބަރު އަހާކަށްނުޖެހޭ. ހަމަހަމަ މަހަމަހަ މަހާ ކަހަލަ ކިބުރުވެރި ހަސީލަތް ނުބައިމީހުން ވާދޫ ސްކޫލްގެ ތައުލިމީ ދާއިރާގަ އުނގަންނައިދޭންތިބީމަ މައްސަލައަކީ
ތިރަށު މީހުން މީހުން ހީކުރަނީ ތިނޫން ރަށްރަށުގެ މީހުންނަކީވެސް ބޮޑާ ކިބުރު ވެރި ބައެއް ކަމަށް ދޯ.. މަހާ ކިޔަސް މަޙާ ވަރުގެ އަނގަ އޮވޭ. ތިރަށު މީހުން ބުޅާ މަރާކަން މަހާ މެން ކަހަލަ ގަމާރުންގެ އަނގަތަކުން ބުނެ އެއްބަސް ވެއްޖެ..
ހުސް މީދާ ހުންނަނީ ބަދިގޭގަ ހުންނަ ބަތްތެލި ތެރޭގަ ވެސް ރިހަ ތެލި ތެރޭގަ ވެސް. އެނދުތަން ދޮށުގަ ވެސް މީދާ ހާލި. ފާހާނަ ތަށި ތެރޭގަ ވެސް. ގޮސް ބަލައިލަ.
މަރޮށި ގަވެސް ބުޅަލެއް ނޫޅޭ
ތިރަށުގަ އެންމެ ފަހުން ގިނަ އަދަދަކަށް ބުޅާ ގެންގުޅުނީ 1990 ގެ ކުރީކޮޅު. އެފަހަރު ބުޅާ ގެންގުޅުން މީހާ އަތުން ބުޅާތައް ރަށު ތެރެއަށް ދޫވުމުން ބުޅާތައް ރަށުން ބޭރު ނުކޮށްފިއްޔާ ރަށުން ބޭރަށް އަރުވާލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ވަލުތެރޭ ދާޖަހައިގެން ބުޅާތައް ހިފާ ބޭރުކުރީ. މޮޅެތި ވާހަކަ ދައްކާނެ ވެރިން. އަޅާލާ އެއްޗެއްނޫން. ?
ސަލީ މިރަށުން ކުއްޖަކު ހޯދަންވީނު
ވާދޫ މީހުންނަކީ ޖަނަވާރުންނަށް އަނިޔާކުރާ ކައްޕަޅި ބައެއް......................
ބުޅާ ނޫޅުމަކީ އުފާވާންޖެހޭކަމެއް ނޫން. ބުޅަލަކީ އަހަރެމެންގެ ރަސޫލާވެސް ލޯބިކުރެއްވި ޖަނަވާރެއް. މުޅިދުނިޔޭގަވެސް ޕެޓްގެގޮތުގަ އެންމެ ގިނައިންގެންގުޅޭ އެއްޖަނަވާރު. ފަލަސްތީނުގެ އަޤްސާމިސްކުތުގަވެސް ބުޅާވަރައްގިނަ. އަދި އެޔަށް ކާންދޭންވެސް އަޅުކަން ނިމުމަށްފަހުތިބޭ. އެއީ ވަރަށް ހިތްގައިމު މަންޒަރެއް. ރަގަޅަށް ވެކޮސިނޭޓްކޮށްގެން ސާފުކޮށްފިއްޔާ ގޭތެރޭގަވެސް ތިބާގެ ފޫހިފުލުވާ އުފާވެރިކަންގެނެސްދޭނެ ބައިވެރިއެއް. ބުޅާ ނޫޅެނީ ހުރި ބުޅަލެއްވިއްޔާ މަރާހުސްކޮށްގެންކަމަށް ބެލެވެނީ. އެއީ ވަރަށް ނުބައިކަމެއް ހައްޤަކާނުލާ ދިރިހުރި ފުރާނައެއް ދުއްވާލުން. ދެރަވޭ ބުޅާ ނޫޅޭތީ.
ރަށް ކިތަންމެ ރީތިވިޔަސް ތަށުގެ އަހުލުވެރިންގެ ހިތް ނުބައިއްޔާ ރަށުގެ ރީތިކަމަކުން ކުރާނެ ކަމެއްނެތް. ބުޅާ ކަހަލަ ޑޮމެސްޓިކް އެނިމަލްއެއް ރަށަށް އެރިޔަނުދީ މަރާލުން ބަލައެއްނުގަނެވޭ. ތިއީ އިބްތިހާލް މަރާލި ރަށެއްނު. އަވައްޓެރިންވެސް އަޅާނުލި އެކުއްޖާފަކީރު އުޅުނު ހާލަށް. ތިވަރު ރަށެއްގަ ރަހުމްކުރާ މީހުން މަދުވާނެ. ބުޅާކަހަލަ އެއްޗަކަށްވެސް ރަހުމެއް ނުކުރާނެ.
ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ މީހުންނަށް ﷲ ގެ ވޭން ދެނިވި އަޒާބު އޮންނާނެކަމަށް އެކަލާނގެ އަނގަވާފަވޭ. އިންސާނުން ވެސް.
މިހާ މުހިންމު ވާހަކަ މިހާދުވަސް ވާއިރު ނޭއްގުނުދީ