ރ. އަތޮޅު ވާދޫގައި އަނެއްކާވެސް ރެދަން ލާން ފަށައިފިއެވެ. އެރަށުގެ އަތިރިމަތީގައި ދޭތެރެ، ދޭތެރެއިން ރެދަން ލާއިރު، އެ މަންޒަރުގެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބެއެެވެ.

އެރަށު ކައުންސިލް ފޭސްބުކް ޕޭޖްގައި މިރޭ ވަނީ ރެެނދަން ލާފާއިވާ ފޮޓޯތައް އާއްމުކޮށްފައެވެ. މިފަހަރުގެ ފޮޓޯތަކުންވެސް ފެންނަނީ މޫދު ނޫކުލައިން ދިއްލިފައި އޮންނަ ތަނެވެ. ބަލާލުމަށް މިއީ ވަަރަށް ޗާލު މަންޒަރެކެވެ.

ރެދަންގެ ޗާލު ކުލައިން ރ. ވާދޫ އަތިރިމަތި ދިއްލާލާފައި - ފޮޓޯ: ޔާންޓްސް

މި ހިތްގައިމު މަންޒަރު ރޭގަނޑުން ފެށިގެންވެސް އަލިވަންދެން ފެންނަން ހުންނަ ކަމަށް ވެއެވެ.

އާއްމުކޮށް ވާދޫގައި ރެދަން ލަމުން އަންނަނީ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހުގައެވެ.


މިފަހަރު ރެދަން ލަމުން އަންނަނީ ރަށުގެ ހުޅަނގު ފަރާތު ގޮނޑު ދޮށުންނެވެ.

އެރަށު ވާހަކަ ދެއްކީ މީހަކު ބުނީ މި ފަހަރު ފެންނަނީ ވަަރަށް ތަފާތު ކޮށް، ކަމަށާއި، މިފަހަރު މޫދު އެއްކޮށް ހުންނަނީ ނޫ ކުލައިން ދިއްލިފައި ކަހަލަ ގޮތަކަށް ކަމަށެވެ.

ރެދަންގެ ޗާލު ކުލައިން ރ. ވާދޫ އަތިރިމަތި ދިއްލާލާފައި - ފޮޓޯ: ޔާންޓްސް

އޭނާ ކިޔާދިންގޮތުގައި، ރޭގެވެސް އެ ސަރަހައްދުގައި ރެދަން ލާފައި ވެއެވެ.

އަދި މި އަހަރުގެ ތެރޭގައި ދޭތެރެއަކުން އެރަށު އަތިރިމަތީގައި ރެދަންލާ ކަމަށް އޭނާ ބުންޏެވެ.

ރެދަންގެ ޗާލު ކުލައިން ރ. ވާދޫ އަތިރިމަތި ދިއްލާލާފައި - ފޮޓޯ: ޔާންޓްސް

"މި ފަހަރު މުޅިން ތަފާތުކޮށް މި އޮތީ. މި ފަހަރު މުޅި ބީޗް އެެއްކޮށް ކަހަލަ ގޮތަކަށް މި އޮތީ". އޭނާ ބުންޏެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ރެދަން ލުމުން މީގެ ކުރިން އެކަން ދުނިޔޭގެ ސަމާލުކަމަށް ވެސް އައިސްފައި ވެއެވެ.

ރެދަންގެ ޗާލު ކުލައިން ރ. ވާދޫ އަތިރިމަތި ދިއްލާލާފައި - ފޮޓޯ: ޔާންޓްސް

އާންމުކޮށް މި ފެންނަ ރެދަނުގެ އަސްލަކީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސް އެވެ. މިއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ދިއްލޭ އެއްޗަކަށް ވިޔަސް، އެއީ ސިކުންތެއްހާއިރުގެ ދިއްލުމަކަށް ފަހު ނިވޭނެ އެވެ. ރާޅު ޖަހާއިރު ނުވަތަ މޫދުގައި އަތުން ޖެހުމުން ވެސް ހިނދުކޮޅަކަށް ދިއްލިދާނެ އެވެ. މިއީ "ފަޔަފްލައި އިފެކްޓް" އެވެ.

ރާއްޖޭގައި ރެދަން ލައިގެން އެކަން އެންމެ ބޮޑަށް ދުނިޔޭގެ ސަމާލުަކަމަށް އައީ 2014 ވަނަ އަހަރު އެވެ. އެއީ ބ. މުއްދޫ (ދުސިތު ތާނީ) ރިސޯޓްގައި ހަނީމޫން ހޭދަކުރި ޓައިވާންގެ ފޮޓޯފްރާފަރެއް ކަމަށްވާ ވިލިއަމް ހޯ ނެގި ފޮޓޯތަކެއް އޭނާ އާއްމު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތި ރަށުގެ ގޮނޑުދޮށް ހުސެންފުޅުމެންވަނީ އިންޑިޔާ ކުންފުޏްޏަކަށް ހިބައިންދީފަ. ތި ރީތިކަމުން ރައްޔިތުންނަށްލިބޭނެ އެއްވެސް ފައިދާއެއްނެތް! އެންމެ ކުޑަމިނުން ރަށް ޓޫރިޒަމަށް ތަރައްޤީނުކުރާތާ އެހެންބަޔަކު އިންވެސްޓުކުރަންވެސް ކައުންސިލުން ބޭނުމެއްނުވޭ!

    8
    1
  2. އަހަންމަދުު

    ރެދަނުގެ ކުލަ ނޮޓް އީކުއަލް ޓު ރެދަންގެ ކުލަ.