ރ. އަތޮޅު ވާދޫގައި މީދަލުގެ އުނދަގުލުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުުމުގެ ގޮތުން ކުރިއަށް ގެންދިޔަ މީދާ މެރުމުގެ މުބާރާތުގަައި ޓީމަކުން މިހާތަނަށް 65 މީދާ މަރައިފިއެވެ.

މީދާ މެރުމުގެ މުބާރާތަކީ މީދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމުގެ މަގުސަދުގައި، ވާދަވެރިކަމުގެ ރޫހާއެކު ރަށުން މީދާ މަދުކުރުމުގެ މަގްސަދުގައި، ކައުންސިލުން އިސްނަގައިގެން ބާއްވާ މުބާރާތެކެވެ.

އިއްޔެ ފެށި މި މުބާރާތް އަންނަ މަހުގެ ފަސް ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، މުބާރާތުގައި ޖުމްލަ 7 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދެނައީމް އެންޑް ކޯ، އަވަށު ޓީމް، ގާޑިޔާ، ވީރު، ފައްޔާޒު ފައިސަލް، ހަސަން މުސްލިމް އަދި ހޭބަލި އެވެ.

މުބާރާތުގެ މިހާރުގެ ނަތީޖާ އިއުލާނު ކޮށްފައިވާއިރު، ޓީމް ދެނައީމް އެންޑް ކޯއިން ވަނީ އިއްޔެއާއި މިއަދު ޖުމްލަ 65 މީދާ މަރާފައެވެ. އެއީ އިއްޔެ 24 މީދާ، މިއަދު 41 މީދަލެވެ. ދެވަނަ އަށް އެންމެ ގިނަ މީދާ މަރާލާފައިވަނީ ހަސަން މުސްލިމްގެ ޓީމުންނެވެ. އެޓީމުގައި އޭނާ އެކަނި ހަރަކާތްތެރިވާއިރު، އިއްޔެ އޭނާ ވަނީ ތިން މީދާ މަރާފައެވެ. އަދި މިއަދު 8 މީދާ މަރައި ޖުމްލަ 11 މީދާ މިހާތަނަށް މަރާފައެވެ.

ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ "ވަގުތަށް" ވިދާޅުވީ، ގިނަ ބައެއްގެ ތަރުހީބު މި މުބާރާތަށް ލިބޭ ކަމަށާއި އެހެން ނަމަވެސް މިހާރު މީދާ ރަށު ތެރެއިން ވަރަށް މަދުވެފައިވާ ކަމަށެވެ.

"މީދާ އަސްލު ވަރަށް މަދު ވެއްޖެ މިހާރު. އެހެންވެ ވަލު ތެރޭގައާއި އެކި ތަންތަނުގައި ކޮށި ޖަހައިގެން މިހާރު އެ ހިފަނީ" ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ، ކޮންމެ ދުވަހަކު ޓީމުތަކުން މަރާ މީދާތައް ގުނުން އޮންނަނީ ހެނދުނު 11:00 އިން 11:15 އާއި ހަމައަށް ކަމަށާއި އެވަގުތު ތަކުގައި ޓީމުތަކުން މަރާ މީދާތައް ގުނާނެ ކަމަށެވެ. އަދި އެއްވަނަ ހޮވާނީ އެންމެ ފަހު ދުވަހު އެންމެ ގިނަ މީދާ މެރުނު ޓީމެއް ބެލުމަށްފަހު ކަމަށް ހުސެއިން ވިދާޅުވިއެވެ.

މިމުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 2000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަން

    މީދާ ނުމަރާ މީދާގަ ކިބައިން ރައްޔިތުންނަށް ލިބޭ ގެއްލުން ނުލިބޭނެ ގޮތް ވެސް ހެދި ދާނެ ދޯ
    ރ. އަތޮޅު ވާދޫ ކައުންސިލުން ތަން ކޮލެއް ހޭލުން ތެރި ވާން ޖެހޭ ދޯ އެބަ ތި 6000 ރުފިޔާގެ ބޭނުމުގަ ކުށެއް ނެތް މީދާތަކެއް މަރާކައް ނުވާނެ ދޯ އެސޮރު މެެން ވެސް އެސޮރު މެންގެ ރޯދި ހޯދަން އެ އުލެނީ ކަލޯމެނައް އުދަގުލެއް ކުރާކައް ނޫން ފުރުތަމަ ގެއައް މީދާ ނުވަދެވޭނެ ގޮތެއް ހަދާބަލަ

    16
    12
    • މެން

      ކަލޭ ގެއައް އެތަކެތި ގެންދަންވީނު

      5
      14
      • ނަން

        މެރުމައް ވުރެ ތިގޮތް ވެސް މާ ރަގަޅު
        ގައިމު ތި ނުމަރާ ފަޅު ރަށަކައް ދޫކޮއްލާނަމަ

  2. ބުޅާ

    ކައިރި ރަށްރަށުންވެސް މީދާ މަރާފަ ތިރަށަށް ފޮނުވާކަން ފާހަގަވޭ..

    7
    1
  3. ވާދޫ ބޮޑުމީދާ

    ދެން ނުކެރޭނެ ރުކަކު އެންމެ ކާއްޓަކަށްވެސް ހަރުވާކަށް.. ކައިފައި ކައުންސިލަރުން ބޮލަށް ކާށިތައްވައްޓާނަން.. ތުނޑުހަސަނަށް ކޮއްލި ވަރުގެ ހަގުނަ ގެއްލުންކޮއްލާނަން.. މީދާތައް ފޮރުވާގެން މިތިބެނީ މުބާރާތް ނިމެންދެން.. ކުޅިދައްކާލާނަން...

    8
    4
    • މީހެއް

      ހަހަހަހަ...މަށަށް ހުރީ ތީގެ އަހުވަ ދައްކާލާފަ..ހާދަ ޖެއްސުމެކޭ ކޮށްލީ.ހިއްކަން އަޅުވާފަ ހުންނަ ހެދުންތައް ގެއްލިގެން ހޯދާއިރު މިއޮންނަނީ މީދާ ހާލީގަ..އެކި ދިމަ ދިމާލުން ކައިފަ..އޭރު ގޭގަ ހުންނަ ރުއްތަކުގަ ކުރުނބަލެއްވެސް ހަރުވާ ވަރެއް ނުވޭ..ކައިފަ ވައްޓާލާފަ އޮންނަނީ ހުސް އުނބު..އެއްރޭ ނިދާފަ އޮއްވާ ހޭލެވުނީ ފައިގެ ބޮޑުވާ އިނގިލީގަ ދަތް އެޅީމަ..މިއީ މީދަލަކަށް ގޯނާކުރީމަ ކޮށްލިވަރު..

    • ކޮސް

      މަހަށް ދޭބަލަ

  4. ރަދީފް

    ހޭބަލި.ލޮލް

  5. ލަންޑޭލާޑޭ

    ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ "ވަގުތަށް" ވިދާޅުވީ، ގިނަ ބައެއްގެ ތަރުހީބު މި މުބާރާތަށް ލިބޭ ކަމަށާއި އެހެން ނަމަވެސް މިހާރު މީދާ ރަށު ތެރެއިން ވަރަށް މަދުވެފައިވާ ކަމަށެވެ.
    "މީދާ އަސްލު ވަރަށް މަދު ވެއްޖެ މިހާރު. އެހެންވެ ވަލު ތެރޭގައާއި އެކި ތަންތަނުގައި ކޮށި ޖަހައިގެން މިހާރު އެ ހިފަނީ" ހުސެއިން ވިދާޅުވިއެވެ.
    ކޮމެންޓް:
    2ދުވަހުން ހިފުނީ ގާތްގަނޑަކަށް 80ވަރަކަށްމީދާ. އެކަމަކު މީދަލާހެދި ނޫޅެވިގެނޯ މިކަންމިކުރަނީ. ހީވަނީ ގަންނާކުރެއްވި ބިރުން ހުރިހާ މީދާތައް ރަށުން ފޭބީކަމަށް. އެހެންވީމާތާ މީދާ އަސްލު ވަރަށް މަދުވީ.

  6. މަރީ

    މިގޭ ބަދިގޭގަ އުޅޭ މީދަލެއް ނުމެރިގެން އުޅޭތާ އެތައްދުވަހެއް! ވީ ނީޑް ޔުއަރ ހެލްޕް