އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޭނާގެ އަނބިމީހާ މެލާނިއާ ނިދަނީ ދެ ކޮޓަރިއެއްގައި ކަމަށް މެލާނިއާ އާއި ބެހެ ގޮތުން ސީއެންއެންގެ ނޫސްވެރިޔާ ކޭޓް ބެނެޓް ނެރުނު ފޮތެއްގައި ބުނެފިއެވެ.
މެލާނިއާގެ ދިރިއުޅުމާއި ބެހޭ ގޮތުން ކޭޓް ލިޔުނު ފޮތް މިއަދު ވަނީ ވިއްކަން ފަށާފައެވެ.
ޓްރަމްޕް އާއި މެލާނިއާ ވައިޓްހައުސްގައި ދިރިއުޅެމުން ދިޔަ ނަމަވެސް ދެމަފިރިން ނިދަނީ ދެކޮޓަރިއެއްގައި ކަމަށާއި، ޓްރަމްޕަށް މެލާނިއާ ފެންނަނީ ވެސް ވަރަށް މަދުން ކަމަށް ފޮތުގައި ބުނެފައި ވެއެވެ.
ޓްރަމްޕް އަށް ވެރިކަން ލިބުމުން ވެސް މެލާނިއާ ފުރަތަމަ ވައިޓް ހައުސް އަށް ބަދަލު ވެފައެއް ނުވެއެވެ. އޭނާ އަހަރަކަށް ވުރެ ގިނަ ދުވަހު ދިރިއުޅުނީ ނިއުޔޯކް ގައެވެ.
ޓްރަމްޕް ކައިރިން ވަރިވާން މެލާނިއާ އުޅޭކަމަށް ބުނެ ވެސް މީގެ ކުރިން މީޑިއާގައި ޚަބަރުތައް ފެތުރިފައިވެއެވެ.
މެލާނިއާ އާއި ބެހޭ ގޮތުން ލިޔުނު ފޮތުގައި ބުނެފައިވާ ގޮތުގައި މެލާނިއާގެ ބަރަހަނާ ފޮޓޯތަކެއް 1996 ވަނަ އަހަރު އާއްމު ކޮށްފައި ވަނީ ދާދިފަހަކާއި ޖެހެންދެން ޓްރަމްޕްގެ އެޑްވައިޒަރަކަށް ހުރި ރޮޖާ ސްޓޯން ކަމަށް މެލާނިއާ ތުހުމަތު ކުރެއެވެ. ފޮޓޯތައް އާއްމު ކުރުމުގައި ޓްރަމްޕްގެ ބައިވެރިވުމެއް އޮތްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް އެތުހުމަތުތައް މެލާނިއާ ގަބޫލެއް ނުކުރެއެވެ.
މެލާނިއާ އަކީ ޓްރަމްޕްގެ ތިން ވަނަ އަނބިމީހާއެވެ. މީގެ ކުރިން ޓްރަމްޕް ކުރި ދެކައިވެނި ވެސް ވަނީ ރޫޅިފައެވެ.
ޓްރަމްޕް އަކީ ތަފާތު އެކި އަންހެނުންނާއި ސިއްރު ލޯބީގެ ގުޅުންތައް ބާއްވާފައިވާ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ ޓްރަމްޕް އާއި އެކު ބޭއްވި ސިއްރުން ގުޅުންތައް މީޑިއާގައި ހާމަވެސް ކޮށްފައެވެ.
ސޭޓާއި މިނިސްޓަރ އަވަހާރަފުޅު ލެއްޕެވުމުގެ ކަންކަން އަނެއްކާ އޮންނަނީ ކިހިނެއްބާ؟!
detained by customs