އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިލޭ އަންހެނުންނާއި ގުޅުންތައް ބޭއްވި ވާހަކައަކީ އާވާހަކައެއް ނޫނެވެ. ޓްރަމްޕް ވެރިކަމަށް އައުމުގެ ކުރިން ވެސް އަދި ވެރިކަމުގައި ހުރިއިރު ވެސް ޓްރަމްޕް އާއި ތަފާތު އަންހެނުންނާއި ގުޅުވައިގެން ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެހުރިހާ ވާހަކައެއް ޓްރަމްޕް ދިޔައީ ދޮގު ކުރަމުންނެވެ. ޓްރަމްޕްގެ އަނބިމީހާ މެލާނިއާ، ޓްރަމްޕްގެ ލޯބީގެ ގުޅުންތަކަށް އެއްވެސް ކޮމެންޓެއް ނުކުރެއެވެ.

ނަމަވެސް ޓްރަމްޕް އަންހެނުންނާއި ބާއްވަމުން އައި ގުޅުމާއި ގުޅޭ ގޮތުން މެލާނިއާ ގަބޫލުކުރާ ގޮތް، މެލާނިއާގެ ޗީފް އޮފް ސްޓާފްގެ މަގާމު އަދާކުރި ސްޓެފަނީ ގްރިޝަމް މިވަނީ ހާމަކޮށްފައެވެ. ސްޓެފަނީ ފަސްޓްލޭޑީގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރިއިރު ކުރެވުނު ތަޖުރިބާތައް ހާމަކޮށް ލިޔެފައިވާ ފޮތުގައި ބުނެފައިވާ ގޮތުގައި ޓްރަމްޕް ސިއްރު ލޯބީގެ ގުޅުންތައް އެކި އަންހެނުންނާއި ބޭއްވި ކަމަށް ކުރެވޭ ތުހުމަތުތައް ޓްރަމްޕް ދޮގު ކުރި ނަމަވެސް މެލާނިއާ، ޓްރަމްޕް ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރެއެވެ.

"ހާއްސަކޮށް ޓްރަމްޕް މިވެނި އަންހެނަކާއި ގުޅުމެއް ނޯންނާނެ ކަމަށް ބުނެ ދައްކާ އެއްވެސް ވާހަކައެއް މެލާނިއާ ގަބޫލެއް ނުކުރޭ." ސްޓެފަނީ ބުންޏެވެ.

ޓްރަމްޕް ވެރިކަމުގައި ހުރިއިރު އެންމެ ބޮޑަށް ދެކެވުނު އެއްވާހަކައަކީ ބަރަހަނާ ފިލްމް ކުޅޭ އަންހެނަކާއި ޓްރަމްޕް ލޯބީގެ ގުޅުމެއް ބޭއްވި ވާހަކައެވެ. އަދި އެކަން ސިއްރު ކުރަން އެއަންހެން މީހާއަށް ޓްރަމްޕް ގިނަ އަދަދެއްގެ ފައިސާ ދިން ވާހަކަ ވެސް ދެކެވުނެވެ. "އެއީ ދޮގު ވާހަކަތަކެއް ކަމަށް ޓްރަމްޕް ބުނުމުން މެލާނިއާ އެކަން ގަބޫލެއް ނުކުރޭ. ޓްރަމްޕް ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށް މެލާނިއާ އެތައް ފަހަރަކު ބުނެފައިވޭ." ސްޓެފަނީގެ ފޮތުގައި ލިޔެފައި ވެއެވެ.

ސްޓެފަނީ ބުނާ ގޮތުގައި އެކި ރަސްމިއްޔާތުތަކުގައި މެލާނިއާ އެސްކޯޓް ކުރުމަށް ސިފައިން ހަމަޖައްސަނީ ވެސް ޓްރަމްޕްގެ އުޅުން ހުންނަ ގޮތުން "ބަދަލު ހިފަންވެގެންނެވެ."

"މެލާނިއާ އެސްކޯޓް ކުރުމަށް ކަނޑައަޅާ ސިފައިންނަކީ ވެސް މެލާނިއާ ކުރީބައިގައި އެމީހުންގެ ސިފަ ބެލުމަށްފަހު މެލާނިއާ ބޭނުންވާ ސިފައިންގެ ތެރެއިން ކަނޑައަޅާ ސިފައިން. އެމީހުންނަކީ މެލާނިއާ ގަޔާވާ ސިފަތައް ހުރި ސިފައިން." ސްޓެފަނީ ބުންޏެވެ.

މެލާނިއާ ސިފައިން "ގާތް ކޮށްގެން" އުޅުނު ނަމަވެސް އެއިން މީހަކާއި އެކު ވަކި ހާއްސަ ގުޅުމެއް މެލާނިއާ ބޭއްވި ކަމަކަށް ސްޓެފަނީ ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުރުގާ

    ތީ ޓްރަމްޕުދެކެ ޖޭވާމީހުން އޭނަޔޭ ކިޔަގެން މީޑިޔާގަ ފަތުރާ ފާޙިސު ވިޔާނުދާ ވާހަކަ. ޓްރަމްޕް އާއި މެލާނިޔާއަކީ އެކެއް އަނެކެއްދެކެ އިންތިހާ އަޅާލާ ލޯބިވާ، އެހެން މީހުނައް ނަމޫނާ ދެމަފިރިން. މިހާރު އެމެރިކާ ރައްޔިތުން ޓްރަންޕް ވެރިކަމުން ބޭލުނީތީވެ މޮޔައޭ ހިތައްއަރާފަ ތިބެނީ..

    1
    13
    • ލާދީނީ

      ކިތައްމީހުން ތޯ މޫނުބުރުގާ އަޅާތި ވަޒީފާއިން ކަނޑާލީ

  2. އަޙްމަދު

    މިރާއްޖޭގައި ވާގޮތަކީ ފާޑެއްގެ މީހެއްދެކެ އަންހެނުންނަށް ލޯބިވެވެނީ! ދެންލާނީ މުޅިންވެސް އެކުލާއިގެ އެއްޗެތި!

    3
    1
  3. ސަނާ

    ދިވެހި ރާއްޖޭގެ ޓްރަމްޕް ތިކަމު ގައި މާ ކުރީގައި އުޅުއްވަނީ ވެރިކަމު ގައި ހުންނެވި އިރު ވެސް އަދި މިހާރު ވެސް...މީހުންގެ އަނބިން ގޮވައިގެން އުޅުއްވަނީ...