ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ ގުޅޭގޮތުން ވަރަށް ގިނަ އެއްޗެހި ގިނަބަޔަަކު އެނގެން ބޭނުންވެއެވެ. އޭނާ ހެދުން އަޅާ ވައްޓަފާޅި އާއި އޭނާކަނީ ކޯއްޗެއް ކަން ގިނަ ބަޔަކު އެނގެން ބޭނުން ވެއެވެ.

މިގޮތަށް އޭނާ ކާން ބޭނުންކުރާ އެއްޗެހީގެ މައުލޫމާތު އޭނާ ވަނީ ހިއްސާކޮށްފައެވެ. ވީޑިއޯ އެއް އޭނާ ހިއްސާކޮށްފައި ވަނީ، ބޭނުންވާ ކޮންމެ އެއްޗެއް އޭނާއަށް ނުކުވޭކަން ވީޑިއޯއެއްގެ ޒަރިއްޔާއިން ހިއްސާ ކުރަމުންނެވެ. އަދި އޭނާ ވަނީ ހެނދުނު ކޮފީގެ ފަހުން ކަސްރަތު ކުރާ ކަމަށްވެސް ބުނެފައެވެ. އޭނާ މިކަން ކުރަނީ ހަފްތާއަކު ތިން ދުވަހު ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޕްރިޔަންކާ ހެނދުނު ކާ އެއްޗެހިގެ ތެރޭގައި، ބިސް، ބިސްގަނޑު، އެވޮކާޑޯ، ޓޯސްޓްގެ އިތުރުން، އިންޑިއާގެ ކެއުމަށް ކަމަށްވާ އިޑްލީ ހިމެނެއެވެ. މީގެ އިތުރުން، ފަރާޓާވެސް ހެނދުނު އެނާ ކައި އުޅެއެވެ.

ޕްރިޔަންކާ އަކީ ކައްކަން އިނގޭމީހެއް ނޫނެވެ. އަދި ނިކް އޭނާއަށް ވުރެ މޮޅަށް ކައްކާ ކަމަށް ޕްރިޔަންކާ ބުނާއިރު، ނިކައަށް އިންޑިއާ ކެއުންތައް ހަދާކަށް ނޭނގެއެވެ.

ޕްރިޔަންކާ މެންދުރު ކާ ބައެއް އެއްޗަކަށް ބަލާއިރު، ނަޗްނީ ރޮޓި އާއެކު ބިންދީ، ޑާލް، އަލޫ ގޮބީ ފަދަ އިންޑިއާ ކެއުންތައް ހިމެނެއެވެ. ދާދި ފަހުން އޭނާ ވަނީ ވެޖިޓޭރިއަން ކެއުންތައް ކާން ފަށާފައެެވެ. އެގޮތުން މަސް ރޯސްކޮށްގެން ތަރުކާރާއި އާއި ސެލެޑް ހަދައިގެން ކާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، ރޭގަނޑު ނިދުމުގެ ކުރިން ސޫޕެއް ބޯލާ ކަމަށެވެ. އަދި މެންދުރު ކާ އެއްޗެހި ކައި ހަދާ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ިޮފަލިނަރަ

    ދެން މިހަބަރެ އއްތަ...

    19
  2. ހުސޭނުބޭ

    އަހަރެމެނަށް ކިޔެއް އޭނާ ކޮންމެ އެއްޗެއް ކެޔަސް!

    28
  3. ޕްރިކައްކާ

    ވެލި

    16
  4. ނުދެނަހުރިން

    ސުނީތާ އަށް އެނގޭނެ

    24
  5. ސަހަރޯ

    ބުރޭކިން ނިއުސްއަކަށް ތި ޚަބަރު ނުގެނެސްދިންކަން ދެރައީ...

    20
  6. ކޖބސދޖކ

    ސުނީތާއަށް ހާއްސަ ލިޔުންކޮޅެއް. ހެހެ

    10
  7. ާައަސްލަމް

    ނިދުމުގެކުރިން ސޫޕް ބޯން ވާނެ

    9
    1
  8. ހުސޭނު

    ވެޖިޓޭރިއަން ކެއުން ތަކުގަ މަހުގެ އެއްވެސް ބާވަތެއް ހިމެނޭކަމެއް ނުދެނަހުރިން.

    16