ބުޅަލަކީ މިނިކާވަގާއި ސިންގާގެ އިތުރުން އެޒާތުގެ އެހެނިހެން ޖަނަވާރުތައް ހިމެނޭ އާއިލާގެ އެންމެ ކުޑަ ވައްތަރެވެ. އާއްމު ގޮތެއްގައި އަހަރެމެންނަށް މި ފެންނަ ބުޅާތައް ވަރަށްވެސް "ކިއުޓް" ވެފައި ގެންގުޅޭ ހިތްވާނެއެވެ.

މިއަދު މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ޖިންޖާ ނަމަކަށް ކިޔާ "ގެމްބީނޯ" ބުޅަލެއް އޭގެ ވެރިފަރާތުން ކައިރިވުމުން ވާހަކަ ދައްކައެވެ. އަދި ގިނަ ފަރާތްތަކުން ބުނެފައިވަނީ އެ ވީޑިއޯ އިން ބުޅާ ބުނަނީ "ވެލް ހާއި" ކަމަށެވެ.

https://www.instagram.com/p/B5i4Q0fDMBY/?utm_source=ig_embed

 

ޓިކް ޓޮކްގައި އާއްމުކޮށްފައިވާ އެ ވީޑިއޯ މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ލައިކް ދީފައެވެ. އަދި އިންސްޓަގްރާމްގައި އެ ވީޑީއޯ ވަނީ 6 ލައްކައަށް ވުރެ ގިނަ ފަރާތްތަކުން ބަލާފައެވެ.

އެވީޑިއޯ އިން ފެންނަ ގޮތުގައި ބުޅާގެ ވެރި ފަރާތް ކެމެރާ ހިފައިގެން ބުޅާ ކައިރިއަށް ދިއުމުން އެ ބުޅާ ވަނީ އެމީހާ ހައިރާން ވާ ވަރުގެ ކަމެއް ކޮށްލާފައެވެ. އެގޮތުން ބުޅާ "ވެލް ހާއި" ބުނި ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އެވީޑިއޯ ބަލާފައި ގިނަ ފަރާތްތަކުން ބުނެފައިވަނީ ހަގީގަތުގައި ވެސް އެ ބުނަނީ އެހެން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެމީހުން ގެންގުޅޭ ބުޅާވެސް އެގޮތަށް ވާހަކަ ދައްކާހެން ހީވޭ ކަމަށެވެ.

https://www.ndtv.com/offbeat/internet-cant-get-enough-of-cat-that-sounds-like-its-saying-well-hi-2144561

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުލްބުލް

    ކިއުޓް ވޮއިސް?