އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑްލްޓަން އަނެއްކާވެސް ބަނޑުބޮޑު ވެއްޖެ ކަމަށް އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ. މީޑިއާތަކުން ބުނާ ގޮތުގައި ކޭޓް ބަލިވެއިންކަން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެއެވެ. ކޭޓް މިހާރު ބަލިވެއިނދެއްޖެ ނަމަ ވާނީ އެއީ ކޭޓް އާއި ވިލިއަމްގެ ހަތަރު ވަނަ ދަރިއަށެވެ.

ކޭޓް ބަލިވެއިންކަން ވަރަށް އަވަހަށް އިއުލާން ކުރާނެކަން ހާމަކޮށްފައި ވަނީ ކޭޓް އާއި ބެހެ ގޮތުން މީގެ ކުރިން ފޮތެއް ލިޔުނު ލިޔުންތެރިއެއް ކަމަށްވާ ކެތުރީން ގްރޭވްސް އެވެ.

"ޖޯޖް އާއި ޗާލޮޓްގެ ދެމެދުގައި ދެ އަހަރުގެ ތަފާތެއް އެބަހުރި. ޗާލޮޓް އާއި ލުއިސް އާއި ދެމެދު ތިން އަހަރުގެ ތަފާތެއް އެބަހުރި. އެ ވިސްނުމުގައި ބެލި ނަމަވެސް އަދި އަހަރެންނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު ވެސް ކޭޓް ވަރަށް އަވަހަށް ބަލިވެއިންކަން ރަސްމީކޮށް އިއުލާން ކުރާނެ." ކެތުރީން ބުންޏެވެ.

ކޭޓް އަށް ފުރަތަމަ ދަރިފުޅު ޕްރިންސް ޖޯޖް ލިބުނީ 2013 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ޕްރިންސެސް ޗާލޮޓް ލިބުނީ 2015 ވަނަ އަހަރުގެ މެއި މަހު އެވެ. ޕްރިންސް ލުއިސް ލިބުނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ލަފާދެނީ ދެކުދިންގެ ދެމެދުގައި 18 މަސް ދުވަހާއި 24 މަސް ދުވަހުގެ ދުރުމިނެއް ގެންގުޅޭށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސިއްހަތާއި ބެހޭ އިދާރާ އިން ބުނާ ގޮތުގައި ދެކުދިންގެ ދެމެދުގައި 12 މަސް ދުވަހުގެ ދުރުމިނެއް ގެންގުޅުމުން މައިމީހާ އާއި ދަރިފުޅުގެ ސިއްހަތައް ވެސް ގެއްލުމެއް ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޮގުބާ

    ފަށްކާ އޮޑިއެއްތާ

    9
    6
  2. ހުސޭނުބޭ

    ކާކު ކުރި ކަމެއް!

    7
    1
  3. ޖިންނި

    ނަންވާނީ 3 ވަނަ ދުނިޔޭގެ ނާތަހްޒީބީއޭ އެ ކިޔާ ޤައުމްނތަކުގަ އުޅޭ މީހުން

  4. ޓިނު ވަގު

    މުޑުވައް ހަމަ ރަނގަޅީ...