ދުނިޔޭގައި ފިޔާގެ އަގު މަތިވުމުން އިންޑިއާގެ ތަމިލް ނާޑޫގެ ފިހާރައަކުން ފޯނެއް ގަތުމުން ފިޔާ ކިލޯއެއް ލިބޭނެ ގޮތަށް ހަދައިފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ނިއުސް މިނަޓް އިން ބުނެފައިވަނީ އެސްޓީއާރު މޯބައިލް ނަމަކަށް ކިޔާ ފިހާރައިން ވަނީ އެފިހާރައިން ފޯނު ގަންނަ ކޮންމެ ފަރާތަކަށް ފިޔާ ކިލޯއެއް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތަށް އެފިހާރަތަކުން އެގޮތަށް ނިންމާފައިވަނީ ބައެއް ފިހާރަތަކުން ފިޔާ މާ އަގުބޮޑު ކޮށް ވިއްކަމުން އަންނާތީ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ފިޔާގެ އަގު އިންޑިއާގައިވަނީ އަށްނުފޯރާވަރަށް މައްޗަށް ގޮސްފައެވެ. އެގޮތުން 180 ރުޕީސްއަށް ބައެއް ފިހާރަތަކުން އައީ ފިޔާ ކިލޯ އެއް ވިއްކަމުންނެވެ.

އެސްޓީއާރުގެ މެނޭޖަރު ބުނެފައިވަނީ އެގޮތަށް އެކަން އެގޮތަށް ކުރުމުން ފިހާރަ، ގިނަ މީހުންގެ ތެރެއަށް މަޝްހޫރުވެގެންދާނެ ކަމަށެވެ. އަދި މިހާރު އެގޮތަށް ފޯނު ގަތުމުން ފިޔާ ކިލޯއެއް ހިލޭ ދިނުމުން މިހާތަނަށް ވަރަށް ގިނަ ކަސްޓަމަރުން ފިހާރައަށް އައިސް ވިޔަފާރި ކޮށްފައިވާ ކަމަށެވެ.

"ފޯނެއް ގަތުމުން ފިޔާ ކިލޯއެއް ހިލޭ ދިނުމުން ގިނަ ކަސްޓަމަރުން މިހާރު ވަނީ ލިބިފައި. މީގެ ކުރިން ދުވާލަކު ވިއްކަމުން އަންނަނީ އެންމެ ފޯނެއް. މިހާރު ޕްރޮމޯޝަންގެ ދަށުން ދުވާލަކު 10 ފޯނަށްވުރެ ގިނައިން ވިއްކަން" އޭނާ ނިއުސް މިނަޓް އަށް ދިން އިންޓަވިއުގައި ބުންޏެވެ.

އޭނާ ބުނެފައިވަނީ ކަސްޓަމަރުން ފޯނު ގަތުމުން އެމީހުން ބޭނުން ކަހަލަ ފިޔާ ނެގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ބައެއް ފަރާތްތަކުން މާ ކުދި ފިޔާ ލިބިގެން ޝަކުވާ ކުރަމުން އަންނަތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު