ޔެ ރިޝްތާ ކިޔާ ކެހެތާ ހޭ އިން ފެނިގެން ދިޔަ އެކްޓަރ މޮހިސަން ޚާން، އޭޝިއާ މީހުންގެ ތެރެއިން ދުނިޔޭގެ އެންމެ ރީތި މީހުންގެ ލިސްޓުން އަށް ވަނަ ލިބިއްޖެއެވެ.

އެ ކަން ހާމަވެފައި ވަނީ ޔޫކޭ ބޭސްޑް ނޫހަކުން ހެދި ޕޯލްއަކުންނެވެ.

މޮހިސަން ހުރީ އެކަމާއި ވަރަށް އުފާވެފައެވެ. އޭނާ ބުނީ، އެ ވާހަކަ އޭނާއަށް ކާފަ ކިޔާ ކުދިންނާއިވެސް ހިއްސާ ކުރާނެ ކަމަށެވެ.

އެ ލިސްޓުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރިތިކް ރޯޝަން އާއި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާތް ކޯލީވެސް ހިމެނެއެެވެ.

"އަހަރެންގެ ރަހުމަތްތެރިން ބުނިން އަހަރެން ވަރަށް ސެކްސީ ރޯލްތައް ކުޅެވިދާނެ ކަމަށް"

އޭނާ ވަނީ، އެ ލިސްޓުގައި އޭނާ ހިމެނުމުން، ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ބުނީ، މިހާރަށްވުރެ ރަނގަޅު ޝޭޕެއްގައި ހުންނަން އޭނާ މަސައްކަތް ކުރާނެ ކަަމަށެވެ.

މޮހިސަންގެ ރީތިކަމާއި މަޝްހޫރުކަމުން، އޭނާއަށް ދާއިރާއިން އިތުތު ފުރުސަތުތައްވެސް ލިބޭ ކަމަށް ވެއެވެ.

އިންޑިއާގެ ފިލްމީ ތަރިންނަކީ އާއްމުކޮށް މިފަދަ ލިސްޓުތަކުގެ އެންމެ ކުރީގައި އުޅޭ ތަރިންނެވެ. އެގޮތުން މީގެ ކުރިން އެތައް ފަހަރެއްގައި އެ ލިސްޓުގެ އެންމެ ކުރިން ޖާގަ ލިބުނު މީހުންގެ ތެރޭގައި، އެކްޓަރ ރިތިކް ރޯޝަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޅިޔަނު

    މަށށް އެއްވެސް ރީއްޗެއް ނޫން. ވިވެކް ދަހިޔާ ވެސް މާ ރީތި ތި މީހާ ވުރެން

    5
    20
  2. ހަލީ

    ވިވެކް ދަހިޔާ މާ ރީތި

    6
    16
  3. މަންޖެ

    ވިވެކް އެންމް ސެކްސީ

    7
    18
  4. ބިގް

    އެންމެ ފޫހި ޝޯ ކުޅޭ މީހާ.

    9
    7
  5. ހުސޭނުބޭ

    ތިއީ ކަކުކަން އެނގޭނީ ސީރީޒްތައް ބަލާ މީހުންނަށް! އަހަރެމެންނަށް ނޭގޭނެ ޕައްލަންބޭގެ ފޮޓޯއެއް ދެއްކިޔަސް!

    6
    2
  6. Anonymous

    ލިސްޓުގެ އެންމެ ކުރީގަ ތިބޭނީ ކޮރެއާ ކުދިން 3>

    13
    2
  7. އެޑަމް

    އޭސިޔާގަ ތިކަހަލަ ވޯޓަކުން ކުރި ލިބޭނީ އަބަދުވެސް އިންޑިއާ މީހުންނަށް، ސަބަބަކީ އެމީހުންނަކީ ޑްރާމާއާއި، ފިލްމަށް ގޮސް ހުސްވެފަ ތިބި ބައެއް އަނެއްކޮޅުް ތިކަހަލަ ޕޯލްތަކަށް ވޯޓްލުމުގަ އެމީހުންގެ އާބާދީ ބޮޑުވީމަވެސް ނަތީޖާ ތިގޮތަށް ފެންނާނެ، ތިއަށްވުރެ މާ ސްމާރޓް ޖާބިރުވެސް

    • މާ

      އައިން.. ޖާބިރޭ؟؟؟ނުވާނެ އެހެނެއް..

  8. ާކިހާ

    ހުންނާނެ ވަރަކަށް ފޮނި ވެފަ.
    ތި މީހާ އަށް ވުރެން ރީތި ކިތޭ ބައެއް އުޅޭ. ކަރަން ވާހީ، އަބީޝެކް ވަރުމާ، އަބީޝެކް މަލިކް،އަލީ ގޯނީ، ވިވެކް ދަހިޔާ، ރިޔަަންޝް ވިރް ޗައްދާ..
    ޢަދި ވެސް ބައިވަރު .. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

    1
    1
  9. Anonymous

    ކަމަކުނުދޭ