އިނގިރޭސިވިލާތުގެ މެންޗެސްޓާއަށް ނިސްބަތްވާ އަންހެނަކު، ކާޕެޓް އަކާއި ކައިވެނިކޮށްފިއެވެ.

ކާޕެޓް އަކާއި ކައިވެނިކޮށްފައިވަނީ އުމުރުން 26 އަހަރުގެ ބެއްކި ކޮކްސް ނަމަކަށް ކިޔާ އަންހެނެކެވެ. ބެއްކި ބުނެފައިވާ ގޮތުގައި އޭނާ އެ ކާޕެޓު ގަނެފައިވަނީ މީގެ އަހަރެއްހާ ދުވަސްކުރިންނެވެ.

އަދި އެ ކާޕެޓަކީ އޭނާ ވަރަށް ލޯބިން ގެންގުޅޭ ކާޕެޓެއް ކަމަށްވެސް ބެޓް ބުނެފައިވެއެވެ.

"އަހަރެންގެ ދެ ކުދިން ކާޕެޓް މަތީގައި ކުޅެ އުޅެފައި ދިއުމުން ކޮންމެ ދުވަހަކު ވެކިއުމް ކްލީނަރ ބޭނުންކޮށްގެން އަހަރެން ކާޕެޓް ސާފުކުރަން" ބެއްކި ބުނެފައިވެއެވެ.

ބެއްކި ބުނެފައިވާ ގޮތުގައި އޭނާ ކާޕެޓްއަކާއި ކައިވެނި ކުރީ އޭނާގެ ރަށްޓެއްސެއްގެ އެދުމުގެ މަތިންނެވެ.

ބެއްކި ކާޕެޓަކާއި ކައިވެނިކޮށްފައިވާއިރު، އޭނާ ވަނީ ރަހުމަތްތެރިން ގެނެސް ވެޑިންގ ޑްރެސް ލައިގެން ކައިވެނި ހަފްލާ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފައެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްވެސް ދިރުމެއް ނެތް ތަކެއްޗާއި ކައިވެނި ކޮށްފައި އެބަހުއްޓެވެ. ނަމަވެސް ކައިވެނީގެ ގޮތުން އިސްނާނުން ނޫން ބަޔަކާއި ކައިވެނި ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަ

ދި މުސްލިމު އަންހެނަކަށް ކައިވެނި ކުރެވޭނީ ހަމައެކަނި މުސްލިމު ފިރިހެނަކާއެވެ. ނަމަވެސް މުސްލިމު ފިރިހެން މީހާއަށް ފޮތުގެ އަހުލުވެރިންގެ ތެެރެެއިން ޢައިރު މުސްލިމު އަންހެނުންނާއި ކައިވެނި ކުރުން މާތްވެގެންވާ އިސްލާމްދީނުގައި އޮތީ ހުއްދަ ކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޔސރ

    ސިކުނޑި ހަމަޖެހޭ ތަ.

    17
    2
  2. ޝަމާއު ޝަރީފް

    ފޮރިން މިނިސްޓަރ ޝާހިދުވެސް ހުރީ ކާރޕެޓަކާ ދެވަންވެފަ

    18
    3
  3. ހުސޭނުބޭ

    ހިބަރު ވަދު ކައިވެނިކުރުމުގެ ކުރިން މީހުން ވަގަށްގޮވާވަރުން ކެތްނުވެގެން އަނބުރާ ދިނިއްޔޯ!

    12
    1
  4. ލާލާ

    ތާލިއާ ތާލިއާ!?

    10
    3
  5. ޖާއިޒާ

    މި ވެދާނެ ގެއްލިގެން މިއުޅޭ ކާޕެޓަށްވެސް! ދެން ކާޕެޓް ހޮޅިކޮށްގެން ހަދާއެއްޗެއް ހަދާ!

    16
    1
  6. އަލާއުއްދީން

    އަބުދުﷲޝާހިދާ ޖެހުނީތާ....މަންޖެ އިހަށް މިކޮޅު ބަލާބަލަ ފޮރިންމިނިސްޓްރީގަ އެބައޮތޯ ތިކާޕެޓްގެ އަނެއް ޖިންސު...ޝާހިދުވެސް ކާޕެޓަކާ އިނީތޯއްޗެ.. މޮރޮކޯ ކާޕެޓެ..

    13
  7. މަ

    ޝާހިދު... ލޮލް

    13
    2
  8. އުމަރު

    ކައިވެނި ކުރި އިރު ދެ ދަރިންވެސް ލިބިފައިދޯ ހުރީ. ރަގަޅު.

    16
    1
  9. ތޫ

    ހޭހޭ އޭރުން އަހުރެން މެރީ ކުރާނީ އެނދަކާ ސޯ ރިލޭކްސިންގ

  10. އަފޭ

    ދުނިޔޭގައި މޮޔައިނުންވެސް އުޅޭ އެކަމަކު ތިއީ ތަންކޮޅެއް ބޮޑުވަރު ދޯ؟ ކާޕެޓަކާއި އެކީ

    12