ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް ޓީޗަރ، ޢަލީ ހަނޫން ޙުސައިން، ގޭގައި މުސަޅު ގެންގުޅެމުން އަންނަތާ އަހަރެއްހާ ދުވަސް ވަނީއެވެ. ނަމަވެސް މިއަދަށް އިރުއަރައިގެން އައީ މާ އުފާވެރި ޙަބަރަކާ އެކީއެއް ނޫނެވެ. ހަނޫނުގެ އުފަން ދަރިންގެ މޫނުމަތިން ފެންނަން ހުރީ ހާސްކަމާއި ކަންބޮޑުވުމެވެ. އެގޭގައި ގެންގުޅޭ 14 މުސަޅުގެ ތެރެއިން އެންމެ ކުޑައަށް އޮތް މުސަޅު މަރަށް ތެޅެނީއެވެ.
ހަނޫން އަވަސްވެގަތީ ކަން ހިނގާފައި އޮތް ގޮތެއް ތަޙުޤީޤު ކުރުމަށެވެ. އެ ކުޑަ އަންހެން މުސަޅު އެ ތެޅެނީ ކޮންމެވެސް މުސަޅެއްގެ ފަރާތުން އަނިޔާއެއް ލިބިގެން ކަމަށް އޭނާ އަށް ޤަބޫލުކުރެވުނެވެ. ކުއްލިއަކަށް ހަނދާނަށް އައީ، ރޭގަ ނިދުމުގެ ކުރިން، ބޮޑު ފިރިހެން މުސަޅު ވަކިން ކޮއްޓަކަށް ނުލެވޭ ކަމެވެ. އެ މުސަޅަކީ ހަމައެކަނި އެ ކޮށީގައި އޮންނަ ފިރިހެން މުސަޅުވެސް މެއެވެ.
ކޮންމެއަކަސް އެހިސާބުން ޔަޤީން ވީ އެއް ކަމަކީ، ފިރިހެން މުސަޅުގެ ފަރާތުން، އަންހެން ކުޑަ މުސަޅަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމެވެ. ދެން ބާކީ ތިބި ހުރިހާ މުސަޅުތައްވެސް ތިބީ ވިހަން ތައްޔާރުވެފައެވެ. މި ހިނގާދިޔަ ކަންތައްތަކުގެ ތަފްޞީލް ހަނޫން ވަނީ "ވަގުތު" އާއި ޙިއްޞާކޮށްފައެވެ.
"މިއަދު އަޅުގަނޑު ހޭލިއިރު، ކުދިވެރިން ގޮވަންފަށައިފި ބައްޕާއޭ "އެވީ" (ކުޑަ އަންހެން މުސަޅު) މަރަށް ތެޅެނީއޭ. ކޮންމެސް އަނިޔާ އެއް ލިބިގެންނޭ އެ އުޅެނީ. ދެން އަޅުގަނޑު އައިސް އަވަހަކަށް ބަލައިފިން ވެގެން އުޅޭ ގޮތެއް. ބެލިއިރު ޔަޤީން ވެއްޖެ "ސްޕީޑީ" (ބޮޑު ފިރިހެން މުސަޅު) ގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަން. ދެން އަޅުގަނޑު އަވަސްވެގަތީ އަވަހަށް އޭތި ބޭރަށް ނެރެގެން ފަރުވާ ދެވޭތޯ. ވަރަށް ދެރަވި އޭތި އޮތްގޮތް ފެނިފަ." ހަނީން ކިޔައިދިނެވެ.
މިހާ ހިސާބުން، "އެވީ" ގެ ފުރާނަ ސަލާމަތް ކުރުމަށް ހަނޫން މަސައްކަތް ފެށިއެވެ. ކާން ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކެވޭ ވަރެއް އެވީ ގަޔަކު ނެތެވެ. އެހެންކަމުން، ފިހާރައަށް ގޮސް، ސިރިންޖެއް ގެނެސް، ފެނާއި، ކިރު ދެވޭތޯ ބެލިއެވެ. ދެވެނީ ވަރަށް ކުޑަ މިންވަރެކެވެ. މަދުމަދުން ނަމަވެސް ފެންފޮދެއް ބޮވޭތީ، އެވީ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އައު ވިއެވެ.
"ވަރަށް މަދުން ބޮވެނީ. ދެން އަޅުގަނޑު ވަރަށް މަސައްކަތުން ކިރު ފޮދެއްވެސް ދެވުނީ. މަޑު މަޑުން ބާރު ލިބޭހެން ހީވި. ލޮލުގަވެސް ބޮލުގަވެސް ވަރަށް ގިނައިން ވެލިވެސް ހުރި. އެ ހުރިހާ އެއްޗެއްވެސް ސާފުކުރިން. އިރާދަކުރެއްވިއްޔާ މިހާރު ވަރަށް ބޮޑު ތަން ރަނގަޅު." ހަނޫނު ބުންޏެވެ.
އަންހެން ކުޑަ މުސަޅަށް ޖިންސީ އަނިޔާ ކުރި، ފިރިހެން މުސަޅު މިހާރު ވަނީ އެހެން މުސަޅު ތަކާއި ވަކި ކުރެވިފައެވެ. ކޮންމެ ރެއަކުވެސް އެކަން ޔަޤީން ކޮށްފައިނޫނީ ހަނޫން ނުނިދައެވެ. ނަމަވެސް ރޭގަ އެކަން ހަނދާނުން ކައްސާލީއެވެ. ހަނޫނު ބުނާ ގޮތުގައި އޭނާ މުސަޅު ގެންގުޅެނީ ހޮބީ އެއް ގޮތަށެވެ. ކޮންމެ އަކަސް، އެ އަންހެން މުސަޅުގެ ފުރާނަ ސަލާމަތް ކުރުމަށް ހަނޫނު ވީ ޤުރުބާނީ އަކީ ޝުކުރު ހައްޤު މަސައްކަތެކެވެ.
ތިވާނީ އިންޑިއާ މުސަޅަކަށް.
އެއްކަލަ މީހުން ނަންދޭހެން ނަންދެވުނިވެސްދޯ! މައްސޫރުވެލާނެ ގޮތެއް ހަމަހޯދަންޖެހޭނެއެވެ.
މާތް ﷲ ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި. އަދި ހަނޫން އަށް ހެޔޮ ރަހްމަތް ލައްވާށި. ތި ކުޑަ ކުޑަ މުސަޅަށް އަވަސް ޝިފާ އެއް ދެއްވާށި..
ތިޔަކަން ކަމުދާ ކަމަކަށްވީހީ މިހާރު ވިހަން ތައްޔާރުވެފައިތިބި މުސަޅތައްވެސް ޖިންސީ އަނިޔާއިން ސަލާމްތް ކުރެވުނުނަމަ. މުސަޅުގެ ޖިންސީ އަނިޔާއަށް ފުރުސަތު ފަހިކޮށްދީފައި މާމާތް ރަންގަޅުމީހަކަށް ތިޔަހެސުނޫދޯ.؟ ކަލޭދޭބަލަ ތިރަށުގައި ހުންނާނަނެ ޖަނަވާރު ފެންގުޅުމުގެ ތަޖުރިބާކާރެއް. އޭކައިރީ އަހާބަލަ މުސަޅަކީ ކިހާވަރެއްގެ ޖިންސީ އިޙުސާސެއް ހުރި އެއްޗެއްތޯ އަޙާ އޮޅުންފިލުވަން.
ތިޔަ ފިރިހެން މުސަޅައް ރޭޕްގެ ދައުވާ ކޮއްފަ ޖަލައްލާ.
ސޯ މުސަޅު ގެންގުޅެނީތަ ނުދެނެ ހުރިން މުސަޅު ގެންގުޅޭ ކަމެއް
މިވެސް ހަބަރެއްތަ ސޯ
I am not perfect but i am limited edition?
މުސަޅެއް ދީބަ
މި ވަގުތު މީހުން އަދި ކޮމެންޓް ފަޮނުވިޔަސް ފޮނުވި ކަމަކައް ނުވާނެ ހިތައް އެރީއާ ޖަހާނީ ދެންކޮންކަމެއް
ތިމީހާ ދެން ތިމުސަޅު ނޮޅާލާނީ
ލިޔާނެ ވާހަކަ އާއި ޚަބަރުތައް ހުސްވީިތަ؟
މާލެއާއި ހުޅުމާލޭގެ އެކި އަނދިރި ހިސާބުތަކުގައި ރޭގަނޑަށް އުޅޭނެ 'ހަލާލް ޖިންސީ ގޯނާ' އެކަތި އަނެކެއްޗަށް ކުރާ މުސަޅު. މީގެތެރޭގައި 18 އަހަރުން މަތީގެ މުސަޅާއި އަދި 18 އަހަރުން ދަށުގެ މުސަޅު ޖޯޑު ހިމެނޭ. މިމުސަޅުތައް ކައިވެނިން ބޭރުން ހިންގާ ގުޅުމާއި ޒިނޭ ގެ މައްސަލަ ބަލައިދޭނެ ކޮމިޓީއެއް ނެތްތަ؟
ހޫން. މައަދިހީކުރީ މީހަކު އޭތި ފޫދުއްވާލީކަމަށް
ޔޫ ވެސް ހާދަ ލާނެތޭ ދޯ
ޙަނ
ހަނޫން ވެސް މުންޑު ތުރުކުރައްވަގެން ދެއްތޯ، ފަރުވާދެއްވީ
ތިކަމުގައި އިހުމާލުވީ ފަރާތްތާމެދު ފިޔަވަލު އަލަން ގޮވާލަން. އަދި މުސަލަށް ޖިންސީ ގޯނާކުރި ފިރިހެން މުސަލު ލަސްނުކޮށް ހައްޔަރުކޮށް އިންސާފު ގާއިމުކުރޭ!
ތިޔަ މައްސަލަ އެންމެ ރަގަޅަށް ބެލޭނީ މިހާރު ސުއޫދަށް.
ކޮޮޮޮޮ ބާ ސިދާތާ!! ބެޑުސީޓު އޮޅައިގެންތަ ފިރިހެން މުސަޅު އޮތްކަމައް ތިވާނި
މީ ނައިިފަރުގަ އުޅޭ އެންމެ މޮޅު ޖަނަވާރުންގެ ޑޮކުޓަރ ކޮންމެތަނެއްގަވެސް މީނާގެރިހަަންފަތުރާ. ނައިފަރުގައުޅޭ ދީނީ ޢިލްމުވެރިންނަށް ވުރެ އެއްހަރުފަތް އުސް މީހެއް، މިވަރުމީހުންް ޖަނަވާރުންނަށް ފާޑުފާޑު ނަންކިޔާ ދަރިންނަށް ފާޑުފާޑު ނަންދަސްކޮއްދެނީ. ކީއްވެ ބާ ކޮންމެރެއަކު ފިރިހެން މުސަޅު ވަކިކުރަނީ. ކޮ ބާ މުސަޅުގެ ހައްގު،¿¿¿¿
ވީ ސުމެލް ޖެލަސް. ތިވަރު ވާކަށް ނުވާނެ އެއްނު.
?
މުސަޅު މޯދީ ދޯ.
ފިރިހެން މުސަޅުގެ ޙައްޤުގައި ނިކުންނާނެ ކޮމިޝަނެއް ނެތީތަ!
މުސަޅަށް އަވަސް ޝިފާ އެއް ދެއްވާށި.
ތި ކަމުގަ ހަނޫނުގެ އިހްމާލް ވުން ވަރަށް ބޮޑު. އެހެންވީމާ ހަނޫނު އަށް ހައްޤު އަދަބުދޭން ގޮވާލަން
ތިޔަމައްސަލަ އިތުރައް ތަހުގީގުކުރުމައް އެމްޑީއެން ހަމީދިއް ގޮވާލަން
ތިހާދަބޮޑުކަމެއް ވެގެންނޭ ދޯތިއުޅެނި....ކިރިޔާ ކަމެއްވާ އިރައް ކީއްކުރަންތަ މުޅި ދުނިޔޭގެ ސަމާލުކަމަށް ގެންނަނީކީއެއް..
﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ
ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
ތީ މުޅިން އެހެން ވާހަކަ އެއް. ބުނެބަލަ ހަމަ ޖޭ ވަނީ އޭ އެމީހާ ދެކެ އޭނަ އެ ކުރީ ﷲ އޭނަ ދެކެ ރުއްސަވާ ކަމެއް އެއީ އޭތީގެ ފުރާނަ ސަލާމަތް ކުރުން. އޭނަ އެވާހަކަ ދެއްކުން ވެސް އެއީ އެއްގޮތަކަށް ވެސް ގޯސް ކަމެއް ނޫން މި ދިވެހި ރާއްޖޭގަ ނުހުރޭ ޕްރޮފެޝަނަލް ކޮށް އެހެން ގައުމުތަކާ އަޅާ ބަލާއިރު ޖަނަވާރު ތަކަށް ބޭސް ކުރާނެ ތަން ތަނެއް އެހެންވީމާ މިވާހަކަ ދެއްކުން އެއްވެސް ހާލަތެއްގަ ގޯހެއް ނޫން. ދެން ޖޭވާ މީހަކު ހަމަ ހަޔާތް ކުޑަ ކަމުން ކިޔާނެ އެއްޗެއް ނެތިގެން އުޅެނީ. ދެން ނުބެހޭ ދިމާ ދިމާއަށް ނުވަނުން އެދެން.
ޤުރުއާންގެ އާޔަތް ފެނުނީމަ ހިތައް އުދަގޫވީ ދެއްތޯ؟
ހިތައް އުނދަގޫ ވެގެން އުޅެނީ އަދި ވެސް މަ ތަ. ހިތައް އުނދަގޫ ވާ މީހުން އެބަ ފެނެ އެއް ނުން މީހަކު މީހަކަށް ހިއް ހެޔޮ ވެލިޔަސް ޖަނަވާރަކަށް އަޅާ ލިޔަސް ކަލޭ މެން ގެ ހިތް އުނދަގޫ ވެގެން ނޫންތަ އެއާ ދެކޮޅަށް ޤުރުއާނުގެ އާޔަތްތައް މަތި މައްޗަށް ތި ލިޔަނީ. ހީވަނީ ދީނަކީ މިމީހުން ހިތު ހުރި ގޮތަކަށް އެނބުރެން އޮންނަ އެއްޗެއް ހެން އިސްލާމް ދީނަކީ.. މިދެން ތަން ފުކެއް ބޮޑުވަރު ދޯ. ހީވަނީ ބުނާ ހެން ތިމަންނާ މެންނަށް އަނގަވާފަ ނުވެއޭ ތިމާ ފިޔަވާ އެހެން މަހުލޫގަކަށް ކަމޭ ހިތަން.
ކަލޭ މެން ކުދިން ކޮޅު ކޮސް ގޮވަން ވަރަށް ކުޅަދާނަ
ތިއޮތީ ގުއި ނުދެކޭ ކާޅައް ގުއި ފެނިފޭ.
ޖިންސީ އެދުމާ ގުޅޭ ޚަބަރަކަށްވީމަ ބޮލަށް އެކަންއެރީމަ ޚަބަރަކަށް ހަދާފަ ލިޔެލީ ދެއްތޯ...ލިޔާނެެއެއްޗެއް ނެތީތޯ ނާފަހެ މިދެން ކޯއްޗެއްތަ
މުސަޅު ވަރަށް ލޯބި ކުޑަ ކުޑަ މުސަޅު 3> މުސަޅު ދެކެ އެންމެންވެސް ލޯބި ވޭ 3>
ފޭމަސްވެލަން ހަނޫނު ކޮއްފައިން ކަމެއްމީ..
ބަޔަކު ބުޅާ ސިޒޭރިއަން ހެދި ވާހަކަ ޙަބަރުގަ އޮތީމަ.. އެކަމަކު މީ ފާހިޝް ކަންކަން ފެތުރުން..ﷲ ނުރުއްސަވާ ކަމެއް
ހާދަ ވަހުޝީ ވެގެން ތިއުޅެނީ ދެން ވަހުޝީ މީހުން ދިމާ ދިމާއަށް ނުވަދެބަލަ
އަނެއްކާ ތީ ބޮޑު މުސަޅުގެ ކަމެއްތަ ނޫނީ........
ނޫސްތަކުގަ ޖަހައިގެން އިޝްތިހާރު ނުކުރިނަމަ، މަގޭ ހިތަކަށް މިހެންނެއް ނޭރީހެވެ.
ހަނޫނުގެ މަސައްކަތައް ތައުރީފު ސަނާ ހައްގު. އަނިޔާ ވާ ޖަނަވާރުތަކަށް ފަރުވާ ދޭން ފުޅާކޮށް ވެޓް ހޮސްޕިޓަލްތައް އެޅީމަ އަދި މާ ބޮޑަށް ވެސް ރަނގަޅުވާނެ. އަބަދު ވެސް އުޅޭނެ އިމެޖެންސީ ހާލަތުގަ އުޅޭނެ ޖަނަވާރުތައް.. އެއެއްޗެއްސަށް އަވަސް ފަރުވާ ދޭނެ ވެޓް ތައް ހުރީމަ އަދި މާ ފުރިހަމަވާނެ. އުއްމީދު ކުރަނީ އެދުވަހަކަށް..
ތި މުސަޅުގެ މަސް މޯޑީއަށް ކާންދޭންވީ!!
މުސަޅުތަ ނޫނީ ......؟ މުސަޅަކަށް ނުއެއް ބުނެވޭނެ މަށެއް ނޫނޭ! މުސަޅު އޯކޭ މަ އޯކޭ ކަލޭ ކޯޗެއްކިޔަނީ؟؟؟؟؟
މި މައްސަލަ ޖެންޑާ އަށް ހުށަހެޅިތަ؟ 1412 އަށް ގުޅާ ބަލާ!! ?
ސުލްހައިގައި ކުރަން އުޅެ އެކަން ނުވީމާ ދެންވާނީ އެހެންތާ. ސްޕީޑީ އެހެދީ ރަގަޅަށް. އެއީ އެތަކެތީގެ ޠޮބިއްޔަތު.
ތީ ކަލޭ އުޅޭ ގޮތް ދޯ..
ބަލަ މުސަޅުތައް ގިނަކުރަން އެ މުސަޅު ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓާލައި މުސަޅުތަކަށް ދޫކޮށްލައި އަދި ރަނގަޅަށް ބަލަހައްޓަމުން ގެންދިއުން މުހިންމު. އެކަމަކު އަނިޔާ އެއްވެއްޖެއްޔާ ފަރުވާވެސްދޭންވާނެ.
ވަހުޝީ މީހުން ބޭނުމެއް ނުވާނެ ރަނގަޅު މީހުން ތިބޭކަށް. މި މީހުންނަކީ މިމީހުންގެ އަނބީން ވެސް އަތް ދަށު ކޮށްގެން އުޅޭ މީހުން. ދެން ދާނެ މަގުމަތީގަ ސައިކަލު ބުރު ޖަހަން ފެންނަ ކޮންމެ އަންހެނަކާ ފޮށެމުން. މިކަހަލަ މީހުން ބޭނުމެއް ވާނެ ދޯ މި މީހުން ގެ ވަހުޝީ ކަން ފަތުރަން އެހެން މީހުންނަށް ވެސް ވައިރަހެއް ހެން.. އެހެންވެ އެ ކަރަނީ
"Whoever is merciful even to a sparrow, Allah will be merciful to him on the Day of Judgment."