މިއީ ވަރަށް ތަފާތު ހާދިސާއެކެވެ. މަދުން ނޫނީ ނުފެނިދާނެ ހާދިސާއެކެވެ. ފަށަން ތައްޔާރުވަމުންދިޔަ ކައިވެނި ފަސްކޮށް، ފިރިހެން މީހާ ބައިވެރިވީ މަގުމަތީގައި ކުރިއަށްދިޔަ މުޒާހަރާއެއްގައެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ މިކަން ހިނގާފައި ވަނީ އުއްތަރް ޕްރަދޭޝްގެ މޮހޮބާ ޑިސްޓްރިކްޓުގައެވެ. އޭނާ އެ ސަރަހައްދަށް ބަޑު ކުރީ އެތަނުގައި ބަނޑުހައި ހޫނުކަމުގައި މުޒާހަރާ ކުރަމުންދާތީއެވެ.

އެ މީހުން މުޒާހަރާ ކުރަމުންދާތާ 10 ވަރަކަށް ދުވަސްވެދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުން މުޒާހަރާ ކުރަމުން ދަނީ މަހޮބާ ޑިސްޓްރިކްޓުގައި މެޑިކަލް ކޮލެޖެއް އެޅުމަށެވެ.

"އަޅުގަނޑުމެންގެ ޑިމާންޑަކީ މި ޑިސްޓްރިކްޓުގައި މެޑިކަލް ކޮލެޖެއް އެޅުން. ކައިވެނި ކުރުމަށް ދިޔަ ފިރިހެނަކުވެސް އަހަރެމެންނާއި ބައިވެރިވި، އޭނާ ކައިވެނި ކުރުމަށއ އަންހެން މީހާގެ ގެއަށް ދަނިކޮށް އަހަރެމެން ފެނިގެން. އޭނާ އަހަރެމެން ކައިރިން ވީގޮތް އޮޅުން ފިލުވި. އަދި އަހަރެމެންނާއެކު ދޮޅު ގަޑިއެއްހާއިރު ހާދަކުރި"، އެ މުޒާހަރާގެ ބައިވެރިއެއް ނޫސްތަކަށް ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފަހުން އެ ފިރިހެން މީހާ ވަނީ މުޒާހަރާ ދޫކޮށް ކައިވެނި ކުރިއަށްގެންދަން ރޭވިފައި އޮތްތަނަށް ގޮސްފައެވެ. އަދި އެ މީހުންގެ ކައިވެނި ވަނީ އުފާވެރިކަމާއެކު ކުރިއަށްގެންގޮސްފައެވެ.

ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނާނެ ބޮޑު އެއް ދުވަހަކީ ކައިވެންޏެއް ކުރާނެ ދުވަހެވެ. އެ ދުވަހަކީ ބައެއް މީހުންނަށް ވަރަށް ބިޒީ ދުވަހަކަށް ވާއިރު، ހާސްކަމުން ދުވަހަކަށްވެސް އެ ދުވަސް ވެގެން ދެއެވެ. އެހެން ނަމަވެސް މި ފިރިހެން މީހާ ވެގެން ދިޔައީ ކޮންމެ ގޮތެއް ވިޔަސް ވަރަށް ކޫލް މީހަކަށެވެ/

ކިޔުންތެރިންގެ ހިޔާލު