ޅ.އަތޮޅު ރަށަކަށް ނިސްބަތްވާ އާއިލާއެއް އެއަތޮޅު ފަޅު ރަށެއްގެ އަތިރި މަތީގައި ނަމާދު ކުރަން ތިއްބާ ނަގާފައިވާ ފޮޓޯއެއް ފޭސްބުކްގައި ވައިރަލްވެ އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ހުތް އަލިދީދީ ނަމަކަށް ކިޔާ މީހަކު މިއަދު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ފޮޓޯ އިން އެނގޭ ގޮތުގައި އެއީ މިއަދު ޅ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ވޭވަށުގައި ނަގާފައިވާ ފޮޓޯއެކެވެ.
ފޮޓޯ ޕޯސްޓް ކުރަމުން ހުތް އަލިދީދީ ބުނެފައި ވަނީ "ތިބާ ވީ ކޮންމެ ތަނެއްގައި ނަމާދު ގާއިމް ކުރާށެވެ."
ބޮޑެތި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އަތިރިމަތީގައި ނަމާދު ކުރަން ތިބި މަންޒަރު ފޮޓޯ އިން ފެނެއެވެ.
ފޮޓޯ އަށް ކުރި ކޮމެންޓެއްގައި ހުތް އަލިދީދީ ބުނެފައި ވަނީ ނަމާދު ކުރަން ތިބި މީހުންގެ ތެރެއިން ސޯޓް ލައިގެން ތިބީ ކުޑަކުދިން ކަމަށާއި ދެން ހުރި ބޮޑު ކުއްޖާ ވެސް އެހުރީ ކަކުލާއި ހަމައަށް އައްސާލެވޭ ސޯޓެއްގައި ކަމަށެވެ.
ފޮޓޯއަށް ކޮމެންޓް ކުރި ވަރަށް ގިނަ މީހުން ވަނީ އެއާއިލާ އިން ނަމާދަށް ރައްކާތެރިވާތީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށް އާއިލާ އަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުޢާ ކޮށްފައެވެ.
https://www.facebook.com/photo.php?fbid=1435158899981840&set=a.147143255450084&type=3&theater
މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްރަށުގެ އަތިރިމަތީގަ އާއި ބައެއް އުޅަނދުތަކުގައި ނަމާދު ކުރާ މަންޒަރު ފެންނަ ފޮޓޯތައް ވައިރަލް ވެފައި ވެއެވެ.
އޭގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ފޮޓޯއަކީ 2016 ވަނަ އަހަރު ރާއްޖެ ވަށައި ކަތަމަރާނެއްގައި ބުރެއްޖެހި އަންނަ އަބްދުލް އަފޫރް އަލީ (ގައްބެ) ރަށެއްގެ އަތިރިމަތީގައި ނަމާދު ކުރަނިކޮށް ނެގި ފޮޓޯއެކެވެ.
ކެނެރީގޭ ނަޝީދަށް ތިވެސް ވާނީ ހަރުކަށި މީހުނަށް
މިއީ މިކަން ކުރަންޖެހޭގޮތް މިކަމުންވެސް ބަޔަކަށް އިބްރަތެއް ހާސިލވެއްޖެއްޔާ ކިތަންނެހާވެސް ރަނގަޅު
ދެއްކުންތެރިކަމައް ނުވާނަމަ މާތްﷲ ތިޢާއިލާއައް ހެޔޮރަޙުމަތްލެއްވުމައްއެދި ދުއާކުރަން
މުސްލިމުން ނަމާދު ކުރާތަން ފެނުމުން އަޖާބުވަނީ މިއަދު މުސްލިމުން... ??? އަހަރުމެންގެ ދީނުގެ ވާޖިބްތައްވެސް ބީރައްޓެހިވަމުން މިދަނީ...
Thi foto negi meehaa huree namaadhu nukureveh haalathuga tha?
ކަކުލާ ހަމައަށް އައްސާލެވޭކަމަށް ތިޔަވިދާޅުވާ ސޯޓު ލައިގެން އެހެރަ ފިރިހެނާގެ ޢައުރަ، ނަމާދު ޞައްޙަވާ މިންވަރަށް ނިވަލެއްނުވޭ އިނގޭތޯ. ނަމާދު ޞައްޙަވާނީ ކަކުލާއި ފޫޅާއި ދެމެދު ފުރިހަމައަށް ނިވާވެގެން. އެވަގުތު އެހެން ފޭރާމެއް ލިބެން ނެތްނަމަ ލައިގެން އެހުރި ޓީޝާރޓް ބޭނުންކޮށްގެން ކަކުލުގެ ތިރިއާއި ހަމައަށް ނިވާކުރިނަމަ ރަނގަޅުވާނެ.
ތީ ނައިފަރު ސްކޫލެއްގެ އިސްލާމް މުދައްރިސް. ރެބިޓަށް ލިބުނު ޖިންސީ އަނިޔާ އަށް ފަރުވާދިން ޑޮކް. ވަރަށް ޝޯއޮފްވާން އު ޅޭނެ. ހޫދު
އަޅުކަންކުރުމުގައި ދެއްކުންތެރި ނުވުން މުހިއްމު
ނަމާދުކުރަން ފަޅުރަށެއްގައި ބަރިއަކަށސް އެތުރިފައި އެކަކު ގޮސް ފޮޓޯއެއް ނަގާފައި އެ ސޯޝަލް މީޑިއާގައި ޖެހީމާ އެއީ ދެއްކުންތެރިކަން ނޫން ދެން ކޮން ކަމެއްތޯ؟
މިއީ އަޅުގަނޑުމެން ޕިކްނިކް ދަތުރެއްގައި މެންދުރު ނަމާދު ކުރާ މަންޒަރެވެ. މިޔަކީ އާ ކަމެއް ނޫނެވެ.
ލާދީނީ ހައްދު ފަހަނަ އެޅި ހަރުކަށި މި ސަރުކާރައް ހަޖަމެއް ނުވާނެ މިކަހަލަ ހެޔޮ އަމަލްތައް ބަލައިގަންނަން.
މީ އެއްކަލަ މުސަޅު ފޮޓޯލީ ދެއްކުންތެރިޔާ ދެއްކުމަށް ލާފަ އިން ފޮޓޯއެކެވެ. މިޔަކީ ކޮންމެހެން މީހުންނަށް އިސްތިހާރު ކުރަންޖެހޭ ކަމަކަށް ނުވާއިރު މފަދަ ޢަމަލުތައް ހިމެނިގެންދަނީ ދެއްކުންތެރި ކަމެއްގެ ގޮތުގައެވެ.
ކޮމެންޓްކޮށްނުލާ ވަރުގެ ހަބަރެއް ނޫނެވެ. އެމީހުން ކުރީ ރަނގަޅު ކަމެކެވެ. އަދި އެހެން ބަޔަކަށް ހުތް އަލިދީދި އާއި ވަގުތުން ފޯރުކޮށްދިނީ ފައިދާ ހުރި މެސެޖެކެވެ.
އަމިއްލައަށް އިޝްތިހާރު ވަނީތަ. ނޫނީ ކަންދެއްކުމެއްތަ. މިއީ މުސަޅު ރޭޕް ނޫހަށް ދިންމީހާތަ. އަމިއްލައަށް އިޝްތިހާރު ވުމަކީ ކަންދެއްކުން. ހުތް އަލިދީދީގެ ނުމުގައި ފޭސްބުކުން ނަންދީގެން މަޝްހޫރުވާން އުޅޭމީހެއް. ވަރަށް ދީންވެރިވާނެ. ޢެކަމަކު ކަންދެއްކުމަށް ކަންކަން ކުރުމަކީ ޙަރާމް ކަމެއްކަން ނޭނގުނީތީ ވަރަށް ދެރަ. ބުއްދީގެ އަޙުލުވެރިން ނުކުރާ ޒާތުގެ ކަމެއް ކަންދެއްކުމަށް ތިކުރަނީ
މި މީހުން ހޯދައިގެން ކައުންސިލިން ނުދީފިއްޔާ ނަސީބު. މިހާރު ރައީސް އޮފީހުގެ ޓެރެރިޒަމް ޑިޕާޓމަންޓުން މިކަން ކުރިމީހުންނަށް ފާރަލާނެހެން ހީވަނީ
ގޮތް ދެއްކުމާއި ތަކައްބުރު ބޮޑުކަން. ދެއްކުންތެރިކަމުގެ ގޮތުން ކުރާއެއްވެސް އަޅުކަމަކައް ސަވާބެއް ނޯންނާނެ...
ބަލަ ަ ނަމާދަށް ހިތްވަރު ދިނުމަށް ޓަކައި ތިފޮޓޯ ބޭނުންކުރުމަކީ މައްސަލައެއް ނޫން. ކޮމެންޓް ކުރާ އިރު ހިތުގައި އޮންނަ އެއްޗެއްވެސް އެނގޭހެން ހީވަނީ. ސަދަޤާތްވެސް ރަނގަޅީ ސިއްރުކުރުން. އެކަމަކު ފާޅުގައި ދޭންޖެހޭ ޙާލަތްތަކެއްވެސް އެބަހުރި...މާ އަވަހަށް ޖަޖްކުރަނީ
ކޮއްމެ ތަނެއްގައި ތިބިކަ މުގައި ވިޔަސް ނަމާދު ކުރަން ?????
އެމްޕީޕީ އާ އެޕާޓީ ގެ ރޫޙާނީ ލީޑަރު މިސްޓަރ އަނދިރިއަނދިރިން ގެ ފާޑުކިއުން މިކަމަށް އަމާޒު ވާނެއެވެ.
މީތި ސަޅި
ﷲ ތިޔަ އާއިލާ އަށް ހެޔޮގޮތް މިންވަރު ކުރައްވާށި ... އެކަމަކު ކަކޫ ނިވާނުވާ ވަރުގެ ސޯޓުބުރިއެއް ލާގެން މީހަކު ހުރުން ބަލާގަންނަން ވަރަށް ދަތި...
ހިތް ނިޔަތް ޚާލިޞްކޮށްގެން ސިއްރާއި ފާޅުގައިވެސް ހެޔޮކަންތައްތައް ކުރަންވީ. ތިމާގެ ފަރާތުން ދީނަކީ ކޯޗެެއްކަން އެހެންމީހުންނަށް އެކިގޮތްގޮތުން ދޭހަކޮށްދޭންޖެެހެނީ.
ދެއްކުންތެރި ކަމެއްދީނުގައި ނޯންނާނެ!
މިފަދަ މުހިންމުކަން ކަމަށް ނެގަޓިވް ކޮމެންޓް ނުކޮށް ބަލަ.
މިފަދަ ފޮޓޯއެއް ފެނިވެސް ބަޔަކު އިސްލާޙް ވިއްޔާ ކިހާ ރަނގަޅުތޯ.
އެންމެ ވާތްފަރާތުގައި އެހެރީ ކުޑަ ފިރިހެން ކުއްޖެއްތަ؟ ހަމަ އަހާލީ ބިޔަކަމުން.
މި ފޮޓޯ ނެގި މީހާ ނަމާދު ނުކުރަނީބާ.... ނޫނީ ހުރީ ނަމާދު ނުކުރެވޭ ޙާލަތެއްގަބާ... ނުވަތަ ފޮޓޯ ނެގުމަށްފަހު ޖޮއިންކުރީބާ
ތިއޮއް ބިސް އަޅައި ފިޔޮކަށްވަނީނު. ދެން ވާގޮތް ބަލަންތިބޭ.
ނަމާދު ކުރުމަކީ ރަނގަޅު ކަމެއް. ކޮންމެ ތާކުހުއްޓަސް ކުރަންވެސް ޖެހޭނެކަމެއް. އެކަމު ނަމާދުކުރާއިރު މުސްލިމް ފިރިހެނާ އަދި މުސްލިމް އަންހެނާގެ އައުރަ އެއް ވާނެ. އައުރަ ނިވާނުވާ ހާލުކުރާ ނަމާދު ސައްހަވެސް ނުވާނެ. މިފޮޓޯގައި އެފަދަ ކަމެއް އެބަ ފާހަގަ ކުރެވޭ
މީދެން އާ ކަމެއްނޫން. ނަމާދުކުރާ މީހުން އަބަދުވެސް މިކަންކުރޭ. މިކަން އާ ކަމަކަށަ ވެގެން މިއުޅޭ ސަބަބެއް ނޭނގުނު. ދެއްކުން ތެރިކަން ވާނަމަ ދެރަކަމެއް އެއީ
މިއައް ކިޔަނީ ދެއްކުން ތެރިކަން މިކަމުން ސަވާބައްވުރެ އަޒާބް ބޮޑުވާނެ
ކެނަރީ މައްކާރަށް މިފޮޓޯ ފެނިއްޖެއްޔާ ބީތާ ވާނެ......................
މިއީ އަހަރެމެންނަށް އާކަމެއް ނޫން. މަސްވެރިކަމުގައާއި، ޕިކްނިކް ދަތުރުތަކުގައި ވަރަށް ގިނައިން ދެވޭ. ޑިންގީ މަތީގައާއި، ގޮނޑުދޮށުގައިވެސް ނަމާދުކުރަން. އެކަމު ފޮޓޯނަގާ މެޑެލް ޖަހާކަށް ނޫޅެން ތިގޮތަށް.....