ސިންގަޕޫރް މަގެއްގެ މަތިން ފެނުނު ދެ އަންހެނުން ފެނިފައި އެތައް ބަޔަކަށް ހައިރާންކަން ލިބުނީ އެއީ މަންމަ އާއި ދަރިފުޅުކަން އެނގުމުންނެވެ. ދެ މީހުން އެކުގައި އެއްވަތަރަކަށް ހެދުން އަޅައިގެން ހުރުމުންނާއި އެއް ވައްތަރުވުމުން، އެއީ އެެއްމާބަނޑު ދެބެއިން ކަމަށް ގިނަބަޔަކު ގަބޫލުކުރިއެވެ.

ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. މިއީ އުމުރުން 45 އަހަރުގެ ޖެމީ ޗުއާ އާއި އޭނާގެ 21 އަހަރުގެ ކަލިސްޓާ އެވެ.

މިގޮތަށް ދެ މީހުން އެކީ މިހާ ޒުވަން ކަންމަތީ ފެނިގެން ގޮސްފައި ވަނީ ކަލިސްޓާގެ 21 ވަނަ އުފަން ދުވަހުއެވެ. އެ ދުވަހު މި ދެ މީހުން ޕިންކް ހެދުމެއް ލައިގެން ވަރަށް ރީތިވެގެން ނުކުތީ މަގުމައްޗަށެވެ. ކަމަކު ދާކަށް ނެތެވެ. ދެ މީހުންނަށް ބަލަމުންދާ މީހުން ގިނަވެއްޖެއެވެ.

ޖޭމީއަކީ މިހާރުވެސް ސިންގަޕޫރަށް ނިސްބަތްވާ އިންސްޓަގްރާމް ކުއީނެކެވެ. އޭނާ ވަނީ ޔޫޓިއިބް މެދުވެރިކޮށް އެ މީހުންގެ ވީޑީއޯއެއް އޭނާގެ ޔޫޓިއުބް ޗެނަލްއަށްވެސް ލާފައެވެ.

އަދި އެ ވީޑިއޯ ފެނުނު ގިނަބަޔަކަށްވެސް އެއީ މަންމައާއި ދަރިފުޅު ކަންވެސް އޮޅުނެވެ. ބައެއް މީހުން އެއީ މަންމަ އާއި ދައްތަ ކަމަށް ބުނެފައިވާއިރު، ޖޭމީ ދަންނަ މީހުންނަށްވެސް އޭނާ އޮޅެއެވެ. އެހާވެސް ޖޭމީ ޒުވާން ކަމަށް ދައްކައެެވެ. އޭނާ ޒުވާން ކަމަށް އިތުރަށް ދައްކަނީ އޭނާގެ މޭކަޕްުގެ ސަބަބުންނެވެ.

ޖޭމީއަކީ މުއްސަނޖެކެެވެ. އޭނާ އަކީ ވަރަށް ހަންގަނޑަށް ބަލައިގެން އުޅޭ މީހެކެވެ. އަދި އަމިއްލަ ސައިބޯންޏާއި ސެރަމްވެސް އޭނާ ބޭނުން ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތުއްފާހު އިބުނި އާފަލު

    މާރިޔާ ވެސް ކިހާ ޅަ ދޯ

    8
    5