ބޮލީވުޑްގެ މަޝްހޫރު ތަރި ވިކީ ކޯޝަލް އާއި ކެޓްރީނާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން އަންނަނީ ބުނަމުންއެވެ.

މި ދެތަރިންގެ ސަޕޯޓަރުން ތިބީ މި ދެތަރިން އެކުގައި ފެނިލަން ނިކަން ބޭނުންވެފައެވެ. ވަރަށް ފަހުން ބޭއްވުނު ހަފްލާއެއްގައި ވިކީ އާއި ކެޓްރީނާ ވަނީ އެކުގައި ފެނިގެންގޮސްފައެވެ. މިކަމާއި ގުޅޭގޮތުން ދެތަރިން ކުރެ އެކަކުވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މިދިޔަ އަހަރު މާރިޗު މަހު ވިކީ އާއި ހަރުލީން ސޭތީ ލޯބީގެ ގޮތުން ގުޅިގެން 6 މަސްދުވަހު އެކުގައި އުޅުމަށް ފަހު ވަނީ ބުރޭކްއަޕްވެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިދެމީހުން ދުރުވާން މެދުވެރިވީ ވިކީ އާއި ކެޓްރީނާގެ އޮތް ގާތްކަމުގެ ސަބަބުން ކަމަށް ބުނެފައެވެ.

ވިކީ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއްގައި ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް ހިތްސާކުރަން ބޭނުން ނުވާކަމަށާއި އަދި މި ނިންމުމަށް އެންމެން ވެސް އިހްރިތާމް ކުރާނެ ކަމަށް ގަބޫލު ކުރާކަމަށް ވިކީ ވަނީ ބުނެފައެވެ. ކެޓްރީނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ވިކީ އަކީ ވަރަށް މޮޅު ކުޅަދާނަ ފަންނާނެއް ކަމަށާއި އޭނާއާއެކު މަސައްކަތް ކުރުން ވަރަށް ކަމުދާކަމަށެވެ.

ވިކީ އަކީ ގިނަ އަންހެންކުދިންގެ ހިތުގައި ރަސްކަން ކުރަމުން އަންނަ ތަރިއެކެވެ. އިވެންޓެއްގައި ވާހަކަ ދައްކަމުން ވިކީ ބުނީ ހެނދުނު ހޭލައިގެން ނިކުމެ ނޫސް ބަލާލާއިރު ހުންނަ ހަބަރުތަކުން އޭނާއަށް ހިނިވެސް އަންނަކަމަށާއި މަންމަ އާއި ބައްޕަވެސް މި ފަދަ ހަބަރުތައް ފެނި ސަމާސާގެ ބަސްތައް ބުނެ ހަދާކަމަށެވެެ.

ވިިކީ ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު 21 ވަނަ ދުވަހު ނެރޭ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށް ނެރުނު "ބޫތް ޕާޓް 1: ދަ ހަންޓެޑް ޝިޕް" އިންއެވެ. މި ފިލްމުގައި ވިކީ ގެ އިތުރުން ބޫމީ ޕަޑްނޭކަރ އަދި އަޝުތޯޝް ރާނާ ވެސް ފެނިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އ. ޖ. އ

    ކިހިނެތް އެހެން ވާނި؟ މަ މިއުޅެނީ މާޗް 7 ގަ ކެޓް އާ އިންނަން....

    5
    1
    • ކެޓް

      އޭނ؟؟؟ ހުވާތަ؟؟ ދޮގުނުހަދައްޗޭ!!? މިހާރު ރަންވެސް ކީތަ؟؟ މަށަށް ނޭނގި މަށާ އިންނަނީ؟؟ އަޖައިބެއްނު!!

  2. ނިޔު

    އުހޫނ.. ދެމީހުން އޮއްވަޅުގޮނޑި ކުޅެނީ.

    3
    1
  3. އަހްމަދު

    އާ ވަރަށް ރައްޓެހި.. އަހަރުމެންނަށް ކީއްތަ ކެޓުރީނާ ކައިފަ ވިކީ ނުވިކިޔަސް..

    1
    1
  4. މެހް

    ނޯ.
    ފްރެންޑް ވިތް ބެނެފިޓްސް.