ކައުބަތުﷲ ގެފުޅު ކައިރިއާއި މައްކާގެ މުގައްދަސް އެހެން ތަންތަނުގައި ރެޕް ލަވައެއް ކިޔައި، އެލަވައިގެ ވީޑިއޯ ޔޫޓިއުބްގައި އާއްމުކުރި ސައުދީ އަރަބިއްޔާގެ އަންހެނަކު ހައްޔަރު ކުރަން މައްކާގެ މޭޔަރު އަމުރު ކުރައްވައިފިއެވެ.
"މައްކާގެ އަންހެން ކުއްޖާ" ނަމަކަށް ކިޔާ ލަވައެއް ކިޔާފައި ވަނީ އަޔަސެލް ސްލޭ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ލަވަ އާއްމު ކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ. އެއާއި އެކު ސައުދީ އަރަބިއްޔާގެ ވަރަށް ގިނަ ބަޔަކާއި ގިނަ މުސްލިމުންގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. ފާޑުކިޔުންތައް އަމާޒުވުމުން ފަހުން ވަނީ ޔޫޓިއުބް އިން ވީޑިއޯ ރިމޫވް ކޮށްފައެވެ.
މައްކާގެ ރީޖަނަލް އޮފީހުން ކުރި ޓްވީޓެއްހައި ބުނީ "މައްކާގެ އަންހެން ކުއްޖާ ނަމުގައި ލަވައެއް ހުށަހެޅި މައްސަލަ އާއި ގުޅުންހުރި ފަރާތްތައް ހައްޔަރު ކުރަން ޕްރިންސް ޚާލިދް ބިން ފައިސަލް ވަނީ އަމުރު ކުރައްވާފައި. އެހެންކަމުން އެމަސައްކަތް ކުރިއަށް އެބަދޭ. މައްކާގައި ކޮންމެ ފަރާތަކުން ވެސް މައްކާގެ އާދަކާދައާއި ސަގާފަތައް އިހްތިރާމް ކުރަން ޖެހޭނެ." ކަމަށެވެ.
ފަހަކަށް އައިސް ސައުދީ އަރަބިއްޔާ އިން ގެންދަނީ އަންހެނުންނަށް އިތުރު ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މުނިފޫހިފިލުވުމާއި މިއުޒިކަށް އެގައުމުން ކުރިން ނުދޭވަރުގެ އިސްކަމެއް މިހާރު ދެއެވެ. ދާދިފަހުން ސައުދީ އަރަބިއްޔާގައި ވަނީ މިއުޒިކް ޝޯވތައް ވެސް ބާއްވަން ފަށާފައެވެ.
އެހެންވެ ރެޕް ލަވަ ހުށަހަޅައިދިން އަންހެން މީހާގެ ދިފާޢުގައި ވެސް ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.
ހައްޔަރު ކުރަން ޖެހޭ... ގެފުޅަކީ ކޮންތަނެއް ކަން ފުރަތަމަ މާ ދަސްކޮށް ބަލަ.. މައްކާ އާއި މަދީނާ އަކީ މާތް ﷲ ރައްކާތެރި ކުރައްވާ ފައިވާ ދެ ސިޓީ.. މިތާގައި އެއްވެސް ނުރައްކާ ތެރި ވައިރަހެއް އަދި މިޔުޒިކެއް ފެތުރިގެން ނުދާނެ..
އެހެންވެދޯ 2012 ވަނައަހަރު މާސްވައިރަސް ތިތާ ފެތުރުނީ
ޢަނީ ކަ މުގެ ދެކޮޅު ބަލާފަ ވާހަކަ ދައްކަ ބަލަ މާސްވައިރަސް 2012 ވަނަ އަހަރު ސައުދީގެ ފެތުރުނު އެކަ މަކު މައްކާ އާއި މަދީނާގެ ނުފެތުރޭ..
މިހިރީ ސައުދީން އަންހެނުންނާމެދު ކަންތައް ކުރާ ގޮތް
ތިއަންހެނާ ޔަށްހުރި ހަލާކެއްގެ ބޮޑުކަ މާއެވެ
ހާދަ ހިތާމަހުރިކަމެކެވެ. ޔާﷲ މާތްވެގެންވާ މައްކާއާއި މަދީނާ އަދި އިސްލާމީ ޤައުމުތަށް ހުތުރު ހުރިހާ ކަމަކުން ރައްކާތެރިކުރައްވާންދޭވެ. އަދި އިބަ އިލާހް ނުރުއްސަވާފަދަ ޢަމަލުކުރައްވާފަދަ ވެރިންގެ ކިބައިން ސައުދީ ޢަރަބިއްޔާ ސަލާމަތްކުރައްވާންދޭވެ. އަދި މުސްލިމު އެހެން ޤައުމުތައްވެސް އެފަދަ ވެރިންގެ ކިބައިން ސަލާމަތް ކުރައްވާންދޭވެ!
އަންހެނުން ނަކީ ފިތުނަވެރި ބައެއް
އޭނަ ކުރީ ނުބައިކަން ބޮޑު ވެގެން ވާ ކަމެއް. ހަލާކު ހުރި. ހަރުކަށި އަދަބު ދޭން ޖެހޭ. އެހެންވިޔަސް އޭގެ މާނަ އަކީ ހުރިހާ އަންހެނުން ފިތުނަވެރި އެކޭ ނޫން. އަދި ހުރިހާ ފިރިހެނުން ހުދު ކާފޫރެކޭ ވެސް ނޫން. މިކަހަލަ ގޮތެއް ފޮތެއް ނެތް ފިރިހެނުން ވެސް ވަރަށް ގިނަ
ދެން މި މީހާވެސް ތިޔަ ސިސިލިޔާ އެއް ހެދިހެނަ ކައްނޭނގެ ހަދާނީ.. ބުނާނެ ކައްނޭނގެ ތިމައްނާ ހުރީ ޤުރުއާން ކިޔަވާށޭ.. ލަވައެއް ނޫނޭ.. ???
ހަޔަރު ކުރޭ.... ލަދުކުޑަ ނުލަފާ އަންހެނެއް... ލަވަ ކިޔަން ނުޖެހޭ ތަންތަން ހުންނާނެ
އެކީއްކުރަން މިޔުޒިކް ށޯ ބާއްވަނީ.. އެއި ﷲ ހަރާމް ކުރެއްވި ބޮޑު ފާފައެއް.. އަދި ތިއަ ކރީ ވރަށް އަދަބާ ޚިލާފު ކަމެއް.. އެއީ ﷲގެ ގެފުޅު ކަން މަންޖެ އަށް ނޭނގެނީތަ؟؟ ? ? ? ހުރި ހިތާމައެއްގެ ބޮޑުކަމާ
ތިއީ ބާރުދެއްވާފައި ތިބި ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަންކަން. ސަަޢުދީ ޝާހީ އާއިލާގެ ރަސްކަން ނިމުމަކާ ގާތްވަނީ. ވަﷲ އަޢްލަމް.