އާއްމުކޮށް ކޮންމެ މީހަކުވެސް ދުވާލަކު ދެ ވަރަކަށް ފަހަރު ފެންވަރެއެވެ. އެންމެ ކުރިއްސުރެ މިކަން ވަމުން އަންނަ ގޮތް ކަމުން، މިއީ މިކަން އޮންނަންޖެހޭ ގޮތޭ ހީވެދާނެއެވެ. އެހެންނަމަވެސް، މިއީ މުޅިއަކުން ތެދެއް ނޫނެވެ.

ކޮންމެ ދުވަހަކު އެއްފަހަރު ފެންވެރުމުން، ގައިގެ މިލަތައް ދިޔަސް އެއީ އެޔަށްވުރެ ނުރައްކާތެރި ކަމެއް، އެޔާއެކު ގެނުވާ ކަމެކެވެ. އެއީ ބެކްޓީރިޔާގެ ސަބަބުން ހަމަށް ޖެހޭ އިންފެކްޝަނެވެ.

ކޮލަންބިޔާ ޔުނިވަރސިޓީގައި ތަޙްލީލް ކުރައްވާ ބޭފުޅެއްކަމުގައިވާ ޑރ.އިލާނީ ލާރސަން ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކު ފެން ވެރުމުގެ ސަބަބުން އަދި ބާރަތްގައިގައި އަތް އުގުޅުމުގެ ސަބަބަބުން ނާޒުކު ހަންގަނޑަށް ގި ގެއްލުންތަކެއް ލިބޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަންގަނޑު ކުރަކިވެ، ފަޅަފަޅައިގެންގޮސް، ބެކްޓީރިޔާއާއި ޖާމްސް ހަށިގަނޑުގެ ތެރެއަށް ވަނުމަށް އެހީތެރިވެދެއެވެ. އަދި މިކަމުގެ އާޚިރު ނަތީޖާއެއްގެ ގޮތުން ހަމުގެ އިންފެކްޝަން ޖެހޭކަމަށްވެސް މީނާ ބުނެފައިވެއެވެ.

މާގިނައިން ފެންވެރުމުގެ ސަބަބުން ހަށިގަނޑުން އުފައްދާާ ގުދުރަތީ ތެޔޮ ނައްތާާލާ ކަމަށް ޖޯޖްވޮޝިންޓަން ޔުނިވަރސިޓީގެ ޑާމިޓޮލޮޖިސްޓެއް ކަމަށްވާ، ޑރ.ސީ ބުރެންޑަން މައިކަލްވެސް ވަނީ ވިދާޅުވެފައެވެ. މައިކަލް ވިދާޅުވީ، އިންސާނާގެ ހަށިގަނޑަކީ ޤުދުރަތީ ގޮތުން ވަރުގަދަ ދިފާއީ ނިޒާމަކާއެކު ހައްދަވާފައިވާ ހަށިގަނޑެއް ކަމަށާއި، ކޮންމެ ދުވަހަކު ފެންވެރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިކޮށްދޭ ކަމެއް ކަމަށެވެ/

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަންޖެ

    ދެން ހުންނަވީތަ އެއް ހަފްތާ ވާންދެންފެންނުވަރާ.

  2. ކިޔުންތެރިޔާ

    އެހެންވީމާ ވުޟޫވެސް ކުރެވެން ނެތެއްނު؟ ކަލޭމެންހެން ނަމާދެއް ނުކޮށް ފެނެއް ނުވަރާ މަތި އޮމާން ކޮއްލައިގެން ތެޅި ބާލަންވީ ދޯ؟

  3. ބުރުމާ

    މިކަހަލަ ރިޕޯޓުތައް ކޮޔިގެން މިހާރު ދުނިޔޭގައި އުޅެން ދަތިވެއްޖެ.

  4. ދޮށި

    ކޮލަންބިޔާ ޔުނިވަރސިޓީގައި ތަޙްލީލް ކުރައްވާ ބޭފުޅެއްކަމުގައިވާ ޑރ.އިލާނީ ލާރސަން ވިދާޅުވެފައިވަނީ ކޮންމެ ދުވަހަކު ފެން ވެރުމުގެ ސަބަބުން އަދި ބާރަތްގައިގައި އަތް އުގުޅުމުގެ ސަބަބަބުން ނާޒުކު ހަންގަނޑަށް ގި ގެއްލުންތަކެއް ލިބޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހަންގަނޑު ކުރަކިވެ، ފަޅަފަޅައިގެންގޮސް، ބެކްޓީރިޔާއާއި ޖާމްސް ހަށިގަނޑުގެ ތެރެއަށް ވަނުމަށް އެހީތެރިވެދެއެވެ.