ބަރަހަނާ ހާލުގައި ހުރި ފިރިހެނެއް ބަޑިން ހަމަލާދީ ތިން މީހަކު މަރާލާ ހަތަރު މީހަކު ޒަހަމްކޮށްލައިފިއެވެ.

އެމެރިކާގެ އަވަށެއް ކަމަށްވާ ޓެންއުސީގައި މިހަމަލާ ދީފައިވަނީ މިއަދު ފަތިހު 3:30 ހާއިރު ކަމަށާއި ހަމަލާދީފައިވަނީ އެއަވަށުގައި ހުންނަ ރެސްޓޯރެންޓް އަކަށް ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެއެވެ.

އެމެރިކާގެ ސިފައިންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ބުނާގޮތުގައި މިހަމަލާ ދީފައިވަނީ AR-15 ރައިފަލްއެއް ބޭނުންކޮށްގެންނެވެ.

މަންޒަރު ދުށް މީހުން ބުނެފައިވަނީ މިހަމަލާ ދިން މީހާ ހުރީ މަތިން ފެހު ކުލައިގެ ޖެކެޓް އެއް ލައިގެން ކަމަށާއި ނަމަވެސް ފުލުހުން ދިއުމާއެކު ލައިގެން ހުރި ޖެކެޓްވެސް އެއްލާލާ ބަރަހަނާ ހާލުގައި ފިލާފައިވާކަމަށެވެ.

އެމެރިކާގައި ބަޑިން ދެވޭ ހަމަލާތަށް އިތުރުވުމާއި ގުޅިގެން ބަޑި ގެންގުޅުމުގެ ހުއްދަ ދޭ ޤާނޫނު ހަނި ކޮށްދިނުމަށް އެދި އެތައް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. ދާދި ފަހުން އެމެރިކާގެ އަވަށެއް ކަމަށްވާ ފްލޮރިޑާގެ ސުކޫލަކަށް އަމާޒުކޮށް ވެސް ވަނީ ބަޑީގެ ހަމަލާއެއް ދީފައެވެ. މިހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ކިޔަވާ ކުދިން މަރުވެ، ބައެއް ދަރިވަރުންނަށްވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚެޕްޓަން

    ތިތާ ތިހެން ހަމަ ނުޖެހުން ބޮޑުވި ވަރެއް ރަނަގަޅީ. ޢަދިވެސް އެމެރިކާގައި ތިފަދަ ހަމަލާ ތަކުގައި މަރުވާ މީހުން މަދީ. މުސްލިމް ޤައުމުތަކަށް އަރާ އެގައުމުތަށް އިސްތިއުމާރު ކޮށް އެޤައުމުތަކުގައި އިންސާނިއްޔަތާ ހިލާފު އެތަށް ޖަރީމާއެއް ހިންގާ ވަހުޝީ ބައެއް އެމެރިކާއަކީ. ޢެމެރިކާ މީހުންގެ އަތުން އެތަން ހަލާކު ކުރައްވާ އެމީހުން މި ބިމުގައި ނިކަމެތި ކުރައްވާންދޭވެ

    • މުސްލިމް

      އާމީން

  2. ފައިޒް

    ތީ އަސްލު ޑިމޮކްރަސީ އޯކޭ ވާނެ.