ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ އެމެރިކާގެ މަޝްހޫރު އެކްޓްރެސް، އެލިސަން މެކް ހައްޔަރުކޮށްފިއެވެ.
ސީޑަބްލިއުގެ މަޝްހޫރު ސިލްސިލާ، ސްމޯލްވިލްގެ ދިހަ ސީޒަނުން ބެލުންތެރީންގެ މަޤުބޫލުކަން ހޯދާފައިވާ އުމުރުން 35 އަހަރުގެ އެލިސަން ހައްޔަރުކޮށްފައިވަނީ، އެމެރިކާގެ އެފްބީއައި އިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
އެލިސަންގެ މައްޗަށް، އަންހެނުންތަކެއް ހަށިވިއްކުމުގެ ވިޔަފާރީގެ ތެރެއަށް ވެއްދިކަމާއި، އެފަދަ ވިޔަފާރިއެއް ފުޅާ ދާއިރާއެއްގައި ހިންގަމުން ދިޔަކަމުގެ ދަޢުވާ ކުރެވޭއިރު، އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އެލިސަންގެ މައްޗަށް ކުރެވޭ ދަޢުވާތަކާއި އެކު، ކޯޓުގައި އޭނާގެ ވަކީލުން ވަނީ އޭނާ ދޫކޮށްލުމަށް އެދިފައެވެ. ނަމަވެސް ގާޒީ ވަނީ އެ ހުށަހެޅުން ބަލައި ނުގަނެ އިސްތިއުނާފްގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.
އަންނަ ހޯމަ ދުވަހު އެލިސަންގެ އިސްތިއުނާފް އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ޖަލަށް ގެންގޮސްފައެވެ. މި މައްސަލައިގައި އެލިސަންގެ އިތުރުން އޭނާގެ ލޯބިވެރިޔާ ރެނިއެރްވެސް މިދިޔަ މަހު ހައްޔަރުކޮށްފައިވާއިރު، އޭނާ އަތުލައިގަތީ ފުލުހުންނަށް ފިލަން ކާރެއްގައި ދުއްވާފައި ދަނިކޮށްކަމަށް ވެއެވެ.
މި މައްސަލައިގެ ތަހުޤީޤަށް އެނގިފައިވާގޮތުގައި، ރެނިއެރް އާއި އެލިސަން ދިޔައީ ގަދަކަމުން ހަށިވިއްކުވުމަށްޓަކައި 20 އަންހެނުން ގެންގުޅެމުންނެވެ. މި އަންހެނުންގެ ހަށިގަނޑުގައި އެއީ އެމީހުންގެ އަޅުންކަން އަންގައިދިނުމަށް ޖަހާފައިވާ ނިޝާންތަކެއް ޖަހާފައިވާއިރު، މި އަންހެނުންނަށް ރެނިއެރްގެ ފަރާތުންވެސް ޖިންސީ ހާނިކަ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.
މި މައްސަލައިގައިގެ ތަހުޤީޤު އަދިވެސް ކުރިއަށްދާއިރު، އެކަމާއި ގުޅުންހުރި، އެ ނެޓްވޯކުގެ އިތުރު ބައެއް މީހުންވެސް ހޯދުމުގެ މަސައްކަތް އެފްބީއައި އިން ދަނީ ކުރަމުންނެވެ.
އަންހެނުންތަކަކަށް ބިރު ދައްކައިގެން ގަދަ ބާރުން ހަށިވިއްކުވުމުގެ މި މައްސަލަ އެލިސަން އާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެ ދެމީހުނަށް މަދުވެގެން 15 އަހަރު ނުވަތަ އުމުރު ދުވަހުގެ ޖަލު ޙުމުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
އެލިސަން އަކީ ސްމޯލްވިލްގެ އިތުރުން 2006 ވަނަ އަހަރު ނެރުނު މަޝްހޫރު އެނިމޭޓެޑް ފިލްމު، "ދަ އޭންޓް ބުލީ"އަށް އަޑު އެޅުމުގައިވެސް ޙަރަކާތްތެރިވެފައިވާ ފަންނާނެކެވެ. މީގެ އިތުރުން "ވިލްފްރެޑް" އާއި "ދަ ފޮލޯވިންގ" ފަދަ މަޝްހޫރު ޓީވީ ޝޯވް ތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.
ތަމެން ނުކުރައްޗޭ މިބާވަތުގެ އެއްވެސް ކަމެއް ހަނދާން ކުރާތި ނުކުރާތި ނުކުރާތި ނުުކުރާތި. އައި ޖަސްޓް ވޯންޓް ޔޫ ޓު ނޯ އައި ފައުންޑް އައުޓް ތައުޒަަންސް އޮފް ރީޒަންސް ފޯރ ޔޫ ޓު ބީ އަވޭ ފްރޮމް ދިސް ވޯރލްޑް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަެރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ ކަމޯން ސްޓޭންޑް އަޕް ފްރޮމް ދަ ޗެއަެރ އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް..
ޢައި އެމް އަ ބިގް ފެން އޮފް ޔޫ އޮލްވޭސް
މޮޔަވީތަ..ބޭކާރު ކޮމެންޓް ކުރަމުންތި ދުަވަނީ
ނޭގެ މަވެސް ވާފޫއްސެއްގެ ވާހަކަ ނުދައްކަން މިހުންނަނީ "މީނަގަނޑު" ފާޑުފާޑުގެ ނަން ނަމުގަ ކުރާ ބޭކާރު ކޮމެންޓްތަކުން. ހަމަ ރަގަޅަށްވެސް ދެބޯ ބުރާންޗެއް މީ..!
ދެން ކޮބާ މިއާހަލީފާ ?