މިއީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ނުރައްކާތެރި ކޮވިޑް-19 ވައިރަސް ފެތުރެމުން އަންނަ ދުވަސްވަރެކެވެ. ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން އާއްމު ދަތުރުފަތުރާއި، މީހުން އެއްވެ އުޅުން މަނާކޮށްފައިވާ މި ދަނޑިވަޅުގައިވެސް ބައެއް މީހުން ދަނީ މިއީ ސީރިއަސް ކަމެއް ނޫން ކަމަށް ބުނަމުންނެވެ.
މިފަދަ މީހުންނަށް ނިސްބަތް ކުރަން މިހާރު މިވަނީ ބަހެއް ހަދާފައެވެ. އެ ބަހަކީ ”ކޮވިޑިއޮޓްސް“ އެވެ. މިއީ ވައިރަހުގެ ނަން ކަމުގައިވާ ކޮވިޑް އާއި މޮޔަ ކަންތައް ކުރާ މީހުންނަށް ކިޔައި އުޅޭ ”އިޑިއޮޓްސް“ މި ދެބަސް އެއްކޮށްލައިގެން ހަދާފައިވާ ބަހެކެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވެސް މި ބަސް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. ކޮވިޑިއަޓްސްގެ މާނަ އަކީ ސިއްހީ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ބޯ ނުލަނބާ މީހުންނެވެ. އަދި މި ދުވަސްވަރު ކާނާ އާއި އެނޫންވެސް ޒަރޫރީ ތަކެތި ގަނޑުކޮށް ގަންނަ މީހުންނަށްވެސް ”ކޮވިޑިއަޓް“ އޭ ކިޔާފައި ނިސްބަތް ކުރެވިދާނެއެވެ.
މިސާލަކަށް ސަރުކާރުން އާއްމުން މިދުވަސްވަރު ކަމަކާއި ނުލައި ބޭރަށް ނުދިއުމަށް އަންގާފައި ވަނިކޮށްވެސް ދަތުރުތަކާއި އެނޫންވެސް ކަންކަމުގައި ގްރޫޕް ހަދާފައި މަޖާ ކުރަން ދާ މީހުންނަކީވެސް ހަމަ ކޮވިޑިއަޓުންނެވެ.
ރާއްޖޭގައިވެސް މިފަދަ އެތައް ކޮވިޑިއަޓުން ތަކެއް އެބައުޅެއެވެ. އެމީހުންގެ ސަބަބުން އިތުރު އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެއެވެ. މިފަދަ ކޮވިޑިއަޓެއް އެނގޭނަމަ ގޭގައި ތިބުމަށް އެމީހަކަށް ނަސޭހަތްތެރިވާށެވެ.
ތި ކަހަލަ މީހުން އެންމެ ގިނައީ އިންޑިއާ ގަ.
ވޭތުވި ދެދުވަހުފަހެކާ އަށެކާދެމެދު 200 އަށްވުރެ ގިނަ ކޮވިޑިޔަޓުން މާލެންވެސް ފެނުނު
ތީގެ ދިވެހިބަހަކަށް ވާނީ ކޮވިޑަމާރު ތާ؟ ކޮވިޑު+ގަމާރު
ތިޔަ ބާވަތުގެ މީހުންނަށް ދިވެހިން ކިޔާނީ ކޮވިޑަމާރު ތާ. ކޮވިޑު+ގަމާރު.. އެއީ މިހާރު ބަސް އުފައްދާ އުސޫލުން.
އަވަހަށް ދިވެހިބަހުގެ އެކަޑަމީއަށް ތިކަން އަންގާ މާދަން ތިއަށްް ނަމެއްހަދަން ހީވަނީ ކޮވިބުރާންތި ކަހަލަ ނަމެއް ހަދާލާނެހެން
ކޮވިކޮންމަސްބުރި ( މާނައަކީ ލިޔަންކިޔަން ނޭނގޭ މީހުންނޭ) އެހެންވީމަތާ އެހެން ބޭރުގައި އެއުޅެނީ