ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އާއްމުންނަށް ދޭން ބޭނުންވާ މައުލޫމާތުތައް މީޑިއާ އާއި ހިއްސާކުރައްވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ޢަޒީޒާއި ބެހޭ ގޮތުން ކުއްޖަކު ލިޔުނު ލިޔުމެއް މީސް މީޑިއާގައި ވައިރަލްވެ، ގިނަ ބަޔަކަށް އެލިޔުން މަޖާ ވެއްޖެއެވެ.
ކުއްޖާގެ މަންމަ ކުރި ޓްވީޓެއްގައި ވަނީ އެ ލިޔުން އާންމުކޮށްފައެވެ. އެ ކުއްޖާގެ މަންމަ ބުނީ ދަރިފުޅުގެ އަތު ލިޔުން ރީތި ކުރުމަށް ލިޔުމެއް ލިޔަން ބުނުމުން ދަރިފުޅު ލިޔުނީ މަބްރޫކާ ބެހޭ ލިޔުމެއް ކަމަށެވެ.
އެލިޔުން ލިޔެފައި ވަނީ 11 އަހަރުގެ ކުއްޖެކެވެ.
ލިޔުމުގައި ބުނެފައި ވަނީ މަބްރޫކަކީ ކޮރޯނާގެ މިނިސްޓަރެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިހާރު މަބްރޫކާ ވެރިކަން ހަވާލު ކޮށްފައި ކަމަށް ވެސް ބުނެފައި ވެއެވެ.
"އެއީ ކޮރޯނާވައިރަސްގެ ކަންކަން އެނގޭ ތަޖުރިބާކާރެކެވެ. މަބްރޫކަށް ކޮރޯނާވައިރަސް ޖެހުމުން އެބަލިން ރަނގަޅުވީ އަމިއްލަ ތަޖުރިބާއިންނެވެ. އެހެންވީމާ އެންމެން ބަލަނީ މަބްރޫކަކީ އެންޓި ކޮރޯނާ ހީރޯއެއް ކަމަށެވެ." ލިޔުމުގައި ވެއެވެ.
މަބްރޫކް ވަނީ ކޮރޯނާވައިރަސް އަށް ވެކްސިނެއް ހަދާފައި ކަމަށާއި، ވެކްސިނެއް ޓެސްޓް ކުރުމުގެ މަސައްކަތް މަބްރޫކް ލެބޯޓްރީއެއްގައި ކުރަމުން ގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ. އިތުރަށް ބުނެފައި ވަނީ ވީޑިއޯ ޗެޓް މެދުވެރިކޮށް މަބްރޫކް ކޮންމެ ދުވަހަކު ވަޒީރުންނަށް އަޅަންވީ ފިޔަވަޅުތައް އަންގަމުން ގެންދާ ކަމަށް ވެސް އޭގައިވެއެވެ.
I gave my son a task to write for a free topic to improve his handwriting. I think what he wrote was far more attractive than his handwriting. @mabrouq pic.twitter.com/MN0rWiyf2o
— Warjina (@warjina_fwfuad) April 12, 2020
ރައީސް އޮފީހުގެ އަންޑާ ސެކެޓްރީކަން ކުރައްވާ މަބްރޫކް ކޮވިޑް-19 އާއި ގުޅޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މައުލޫމާތު ދެއްވަން ފެއްޓެވި ފަހުން އޭނާ އަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ. ދެތިން ދުވަހެއްގެ މެދުކެނޑުމަކަށް ފަހު މަބްރޫކް ވަނީ ރޭ އަނެއްކާވެސް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފައެވެ.
ކުޑަ ކުދީން ވެސް ކޮވިޑް-19 ށް ސަމާލުކަން ދޭވަރު މި ފެންނަނީ!
ސަމާލުކަން ދޭނެނު. ސްކޫލުން ހަދަންދޭ ފިލާވަޅުތައް ހުންނަނީ އެ މައުލޫއާ ގުޅޭ ގޮތަށް ފަހަކަށް އައިސް. ލިއުމެއް ލިއަން ނޫނީ ލީފްލެޓެއް ހަދަންވެއްޖެނަމަ އެއާ ގުޅުވާފަ ހުންނަނީ. އަދި ޓީވީގެ ކްލާސް ބްރޭކް ގަޑީގަ ގެންނަނީ ހުސް އޭގެ ވާހަކަ. ދެން ހުވަފެނުގަވެސް ކޮރޯނާއޭ ނުގޮވޭނަމަ ދެރަ.
ތީ އެކުއްޖާ ލިޔެފަ އެހެން މީހަކު ކިޔަައިދީފަހުރި ގޮތަށް! ނޫނީ އެހެން މީހަކު ލިޔެފަހުރި ލިޔުމެއް!
މިލިޔުން 11 އަހަރުގެ ކުއްޖެއްގެ އަތުލިޔުމާ ވައްތަރެއްނޫން، ފޭކު
ކޮއިފުޅާ 11 އަހަރުގެ ކުދިންގެ އަތުލިއުން މިއަށްވުރެއް މާރީތިކިދިންވެސް ހަޑިކޮށް ލިޔާ ކުދިންވެސް އުޅޭ.. 11 އަހަރު އެއީ ރޯފިލަންފަށާ އުމުރު
ދެން މީހުން ޓްވިޓަރުގަ މައްސޫރު ވާންވެގެން .. ލިޔުން ބަލާލި ކޮންމެ މީހަކަސްވެސް އިންގޭނެ އެއީ ބޮޑު މީހެއް ލިޔެފަ އޮތް އެއްޗެއްކަން.
ތީ އިސްތިހާރު ކުރާ ފެންވަރުގެ މީހެއްނޫން. އެމްޑީއެންގެ ސަރުދާރު!!!
މި އަންހެންވެރިން ތިބެނީ ވަރެއް ވެފަ ޓީވީން މީހަކު ފެނުނީމަ. އޭނައަކީ ސްޕޯކްސްމަން އޭނާގެ ކަމަކީ ކުރާ މަސައްކަތްތައް ކިޔާދިނުން. ފަރުދާގެ ފުރގަހުގައި ހަގީގީ މަސައްކަތް ކުރާ ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތަ ސަރވިސަސް މައިމޫނާ އަދި އޭނާގެ ޓީމް ޑަކްޓަރުން ނަރުހުން އަދި އަމަލީ ގޮތުން މަސައްކަތް ކުރާ އެންމެންނަށް ސެލިއުޓު ކުރަން
ތޭތެކަން އޮތްގޮތް
ދީ. ކިޔަން ކެރާނެއި. ސަޅި ބާސާ ކެނޑުމުގެ ހައްދަށް ނެއް.
މީ މައިންބަފައިން ދަރިން ލައްވާ ކުރާބެ ނުކުރާނެ ކަމެއް ނޭނގިގެން ކުރާކަންކަން .
މުޅިން ފޭކު.ކަލޭ އަމިއްލަޔަށްލިޔެފާ ދަރީގެ ނަމުގާ ތިޔަލިއުން ޓްވިޓާގާ އަޕްލާޑުކުރީ.
މަޝްހޫރުކަން ހޯދަންވެ ސް ތީބޮޑުވަރު.
މީ މަިންބަފައިން ދަރިން ލައްވާ ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން ކުރުވާ ކަންކަން.
11ޢަހަރުގެ ކުއްޖެއްގެ ލިޔުން ވަރަށް ހުތުރު ތަންކޮޅެއް ބޮޑަށް ލިޔުން ރީތި ކުރުވުމަށް ސަމާލު ކަން ދެއްވުން ފެނޭ މިހާރަކަށް އައިސް ގިނަ ބެލެނި ވެރިން ދިވެހި ލިޔުން ރީތިކުރުވާކަށް މަސައްކަތެއް ނުކުރޭ އިގިރޭސި ލިޔުން ރީތިކުރުވަން މަސައްކަތް ކުރާތަން ފެންނަނީ
ހަމަ ތެދެއް! މިހާރުގެ ކުދިން އުޅޭނީ މާ އިނގިރޭސި ވެލައިގެން. މަމީ އާއި ޑެޑީ ކިޔާނީ. ކުރާނީ ކީތް. މުޖުތަމައު ހަލާކުވެއްޖެ.
ޕިންކު ކުދިންނައް ހަޖަމެއްނުވާނެ. ހަމަ ތިބެންޖެހޭނީ
މަޖްލިސްރައީސަށް ހަޖަމުވާނެތަ ރައީސްކަން މަބްރޫކަށް ދިން ވާހަކަ އޮތީމަ އަނެއްކާ؟ ކޮރޯނާވެސް ވަރަށް ހިތްހަމަނުޖެހޭނެ މަބްރޫކް ގަޔަށް ނާރަނީސް އެރި ވާހަކަ އެހެން ލިއުނީމަ.
ދޯ! ދޮގު މައުލޫމާތު?
ރަނގަޅު ވާހަކައެއް. އެމްޑީއެންގެ ސަރުދާރު ވީމާ، ދީނީ ޣިޔަރަތްތެރިކަން ހުރި އެއްވެސް މީހަކަށް އެ ސަރުދާރުގެ ކަންކަން ހަޖަމެއްނުވާނެ. އެއީ ހަމަ އެކަން ވާންޖެހޭ ގޮތް. މީގެ އަނެއް ކޮޅަށް، އެމްޑީއެންގެ ސަޕޯޓަރުންނަށް އެ ސަރުދާރު ވަރަށް ކަމުދާނެ، އަދި ސަނާވެސް ކިޔާނެ. އަޖާބުވެ ހައިރާންވާންވީ ކަމެއްނޫން.
މި ކުޑަ ކުއްޖާގެ ލިޔުންކޮޅު ކިޔާލުމުންވެސް ދޭހަވީ އިބުރާހިމް މުހައްމަދު ސޯލިހުއަށްވުރެވެސް މަބުރޫކު މިގައުމުގެ ވެރިކަމަށް ރަގަލުކަން.
މަބޫ އަކީ ހީރޯއެތް
މަބޫ ރޮކްސް!
ވަރަށް މަޖާ. އެކަމަކު ތި ހީވަނީ ރާވައިގެން ކުރި ކަމެއްހެން. ކޮންމެހެން އަތުލިޔުން ރަނގަޅު ކުރާކަށްނޫން ހެން. މަޝްހޫރު ވުމުގެ ހައްދެއް ނެތް ކީއްކުރާނީ.?
ވާލު ބުޅި???
ދޮގު މައުލޫމާތު. ވެކްސިނެއް އު ފެއްދީޔޯ. މޮޔައިން މިވާހަކަ ޤަބޫލުވެސް ކުރާނެކަންނޭނގެ.?
އުނދުޅި ތިޔަކިޔާ އެއްޗެއް ކަމަކުނުދޭ. މިއީ ޕިންކެއް ޔެލޯއެއް ބަލަންޖެހޭ ކަމެއްނޫން. މީހަކު ރަނަގަޅު ގޮތުގަ އިޚްލާޞްތެރި ކަމާއިއެކު ކަމެއް ކުރަންޏާ ތިޔަކަހަލަ "ގަރުދިޔަ އުނދުޅިއެއްނޫނީ" އެންމެންވެސް އެކަމެއް ބަލައިގަންނާނެ. މިހާރު ރާއްޖެ އާއި ދުނިޔެ މިއޮތް ހާލަތުގަ އެއްވެސް ބަޔަކުނޫޅޭ ސިޔާސީ ކޯޅުން ކޯޅި ބޮޑު ފިތުނައެއް އުފައްދާކަށް. ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބުރަމަސައްކަތް މަދުމީހަކުނޫނީ އެންމެންވެސް ބަލައިގަނޭ. ކަރަންޓީނުގެ ވަގުތުގައި މަގުމައްޗަށް ނުކުންނަ މީހުންނާއި ގުޅޭގޮތުން ކުރީގެ ހައުސިން މިނިސްޓަރ ދެއްކެވި ވާހަކަފުޅު ހިމެނޭ. ކަންމިހެން އޮތްއިރު ތިޔަޒާތުގެ ފިތުނަ އުފެދޭކަހަލަ ވާހަކަ މިފަދަ ނާޒުކު ދަނޑިވަޅެއްގަ ނުދެއްކުން ބުއްދިވެރި.
ސާބަހޭ ކޮތަރާ!
.....މިކަމުގެ ހެކިތަކުގެ ތެރޭގައި ކުރީގެ ހައުސިންގ މިނިސްޓަރ ދެއްކެވި ވާހަކަފުޅު......
އަޅުގަނޑުގެ ކޮމެންޓަށް އިތުރުކޮށްލައްވާ.
ތިލިޔުން ފެނުނީމަ 11 އަހަރުގެ ކުއްޖަކުގެ ލިޔުމެކޭ ބުނީމަ ދެރަވޭ
ކަނބުލޮ މައްޝޫރު ވާން ހާދަ މަސައްކަތް އެބަ ކުރެޔޭ. އެކަމަކު މީހުންގެ ފަރާތުން ލިބެނީ ނުރުހުމުގެ ބަސްތަށް?
ކަނބުލޮ މައްޝޫރު ވާން ހާދަ މަސައްކަތް ކުރެޔޭ. ޢެކަމަކު މީހުންގެ ކޮމެންޓަކީ ކަނބުލޮ އުފާވާނެ ކޮމެންޓުތަކެއް ނޫން.?
ޟަބުރޫކު އާހެދި ހާދަވަރެއް މިވަނީ..ބޯހަލާކު
ދޯ!
ކިިިިީއވެ ލިޔުނ ރީތި ވަނ ޖެހެނީ؟