އިންޑިއާގެ ކޮލްކަޓާގައި އުމުރުން 22 އަހަރުގެ އަންހެނަކު އޭޕްރިލް 11 ވަނަ ދުވަހު ކުއްޖަކު ވިހެއި ފަހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވުމުން، ދަރިފުޅާއި، އޭނާއާ ވަކިކޮށްފިއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ހިންދުސްތާނީ ޓައިމްސް އިން ރިޕޯޓްކޮށްފައިވާގޮތުގައި، ދަރިފުޅާއި، އެ އަންހެން މީހާ އާ ދެމީހުން އައިސޮލޭޝަން ދެ ވޯޑެއްގައި މިހާރު ދަނީ ފަރުވާދެމުންނެެވެ. އަދި އެ ކުޑަކުއްޖާ ކޮވިޑް-19 އަށް ކަށަވަރުވިކަމެއް އަދި ނޭނގެއެވެ. ނަމަވެސް ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެ ކުއްޖާގެ ޓެސްޓުތައް ހެދުމަށް މިއަދު ފޮނުވާލާނެ ކަމަށް ބުނެފައި ވެއެވެ.

"އެ އަންހެން މީހާ ވިހާފައި ވަނީ އޭޕްރިލް 11 ވަނަ ދުވަހު،އެ ދުވަހު އޭނާ ވަނީ ވަރަށް ބޮޑަށް ބަލިވެގެން އުޅޭކަން ރިޕޯޓްކޮށްފައި، އެހެންވެ އޭނާގެ ޓެސްުޓުތަކެއް ހެދީ، އެ ޓެސްޓުތަކުން އޭނާގެ ނަތީޖާ ވަނީ ފައްސިވެފައި. މިހާރު ދެ މީހުންވެސް ވަނީ ވަކިން ބަހައްޓަފައި". ކަލްކުޓާ ކޮލެޖް އެންޑް ހޮސްޕިޓަލްގެ އޮފިޝަލަކު ބުނެފައި ވެއެވެ.

މިއާއެކު ކަމާއި ގުޅުންހުރި ސިއްހީ ފަރާތްތަކުން ދަނީ މާބަނޑު އަންހެނުންނާއި މެދު ކަންތައް ކުރާނެ ގޮތުގެ އެޑްވައިޒަރީތައް ނެރެމުންނެވެ.

އެގޮތުން މާބަނޑު އަންހެނުން ޓްރޭސް ކުރުމުގެ މަސައްކަތްތައް އެ މީހުން ވަނީ ފަށާފައެވެ. މީގެ ތެރެއިން އެ މީހުން ހޯދަމުން ދަނީ ހައިރިސްކް ޕްރެގްނެންސީ މީހުންނެވެ.

އަދި ކޮވިޑް-19 އަށް ފައްސިވާ މާބަނޑު އަންހެނުންނަށް ހާއްސަކޮށް ވަކި ކޮޓަރީއެއް ހެދުމަށްވެސް އެދިފައިވާ ކަމަށް ވެއެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވީ، އެ އަންހެން މީހާ ވިއްސުމަށްޓާކައި ވެއްދި ކޮޓަރި އާއި، އަޮޕަރޭޝަން ކުރުމަށް ވެއްދި ކޮޓަރި ދެ ދުވަހަށް ބަންދުކޮށްފައިވާ ކަމަށްވެ. އަދި އެ ތަން ބަންދުކޮށްފައި ވަނީ ސެނެޓައިޒް ކުރުމަށް ކަމަށް ބުނެފައި ވެއެވެ. އަދި އެ ވޯޑުގައި ތިބި އެހެން މާބަަނޑު އަންހެނުންތައް އެހެން އައިސޮލޭޝަން ވޯޑަކަށް ބަދަލުކޮށް، 12 މީހެއްގެ ޓެސްޓު ހެދުމަށް ފޮނުވާފައިވާކަމަށް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު