ބޮލީވުޑްގެ ވަން މޭން އާމީގެ ނަމުން މަޝްހޫރު ސަލްމާން ޙާންއަކީ އިންޑިއާ ފުރަބަންދުކޮށްފައިވާ މި ހާލަތުގައި އޭނާގެ ދިރިއުޅުން އެންމެ ބޮަޑަށް އާންމުންނާއި ހިއްސާކުރާ އެއް ފަންނާނަށް ހަމަ ގައިމުވެސް ވާނެއެވެ.

ކުރީގައި އާންމުކޮށް ޔޫޓިއުބާއި މީސްމީޑިއާގެ އެހެން ޒަރީއާތަކުން މަޝްހޫރުވާ މީހުން ބޮލީވުޑަށް އައި ނަމަވެސް މިއަދު ޒަމާން ބަދަލުވެއްޖެއެވެ. މިއަދު މަޝްހޫރު ފަންނާނުން ދަނީ ޔޫޓިއުބް ޗެނަލްތައް ހިންގަމުންނެވެ. އަދި ދިރިއުޅުމުގައި އެމީހުން ކުރާ ދަތުރުތަކާއި މަޖާ ކަންކަމުގެ މައުލޫމާތު އެ ޗެނަލް މެދުވެރިކޮށް ހިއްސާކުރެއެވެ.

ބައެއް ފިލްމީ ތަރިން ދަނީ އެ މީހުންގެ ޝޫޓިންތަކުގެ ފަރުދާގެ ފުރަގަހުގައިވާ ކަންކަމާއި ވީޑިއޯއެއް ޝޫޓްކުރަން ކުރާ މަސައްކަތް، މޭކަޕް ކުރާ ގޮތް އަދި ހަށިގަނޑު ރީތިކޮށް ބަހައްޓަން ކުރާނެ ކަންތައް ވެސް ޔޫޓިއުބް ވީޑިއޯތައް މެދުވެރިކޮށް ބުނެދެމުންނެވެ.

ސަލްމާން ހާން ޔޫޓިއުބް ޗެނަލްއެއް ހަދަނީ "ބިއިން ސަލްމާން"ގެ ނަމުގައެވެ. މިއީ އޭނާ އިންސާނިއްޔަތާއި، ޖަނަވާރުން ހިމާޔަތްކުރަން ކުރާ މަސައްކަތް ކުރުމަށް އުފައްދާފައިވާ "ބިިއިން ހިއުމަން" ޖަމިއްޔާ އާ ގުޅޭ ނަމެކެވެ.

ސަލްމާން ހާން ޔޫޓިއުބް ޗެނަލެއް އުފައްދާ ވާހަކަ ބުނުމާ އެކު އޭނާ އަށް ސަޕޯޓްކުރާ އެތައް ބަޔަކު ތިބީ އުފަލުން ފޮޅިފައެވެ.

ސަލްމާނަކީ ޝިކާރަ ކުރުން ފަދަ ތަފާތު ހުނަރުތައް ލިބިފައިވާ ފަންނާނެކެވެ. އެހެންކަމުން ސަލްމާން އޭނާގެ ޗެނަލްގައި ގެންނާނީ ކޮންކަހަލަ ކޮންޓެންޓެއްތޯ ބަލަން އެންމެންވެސް ތިބީ ކެތްމަދުވެފައެވެ.

މޭނޭ ޕްޔާރް ކިޔު ކިޔާއިން ބޮލީވުޑަށް ތައާރަފްވި ސަލްމާން އަކީ މިއަދު ބޮލީވުޑްގެ އެންމެ މަގްބޫލް، އެންމެ އަގު ބޮޑު އެއް ފަންނާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަލްމާން

    އަހަރެން ފުރަތަމަ ކުޅުނު ފިލްމަކީ މައިނޭ ޕިޔާރު ކިޔާ ، އެކަމެއްނޭގެދޯ

  2. ޝާނީ

    ހަމަ ވަރަށް ބަރާބަރު?

  3. މަރީ

    ސަލްމާންގެ ފުރަތަމަ ފިލްމް އަކީ (ބީވީ ހޯތޯ އޭސީ) ދެވަނައަށް ކުޅުނީ (މޭނޭ ޕިޔާރް ކިޔާ)

  4. ހުސޭނުބޭ

    ސަލްމާންޚާން ފިލްމު ކުޅުމުގެ ކުރިން އެހެން ފިލްމެއްގެ ސްކްރިޕްޓްވެސް ލިޔުނު. އެއީ ކަބީ އަޖުނަބީތޭ ކިޔާ ފިލްމެއްގެ ސްކްރިޕްޓް