މޯލްޑިވިއަން އައިޑޮލްއިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި ތަރި މުހައްމަދު އިޝާން ލަވަކިޔުމާއި ދުރަށް ދިޔަ ހަބަރާއެކު އޭނާއަށް އެކަމަށް ބޮޑު ތަރުހީބެއް ދިން އެކަކީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒެވެ. އަދި ރަމީޒަކީވެސް ލަވަ ކިޔުން ހުއްޓާލުމަށްފަހު، އިސްލާމް ދީނާއި ގުޅޭގޮތުން ގިނަބަޔަކު ހޭލުންތެރި ކުރުވަމުން އަންނަ އެކަކެވެ.

އިޝާން ލަވަ ކިޔުން ހުއްޓާލަފައި ވަނީ މިއުޒިކް ކުޅެ އަޑުއެހުން އެއީ ﷲ އާއި ތިބާއާއި އޮތް ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް ކަމަށް ބުނެ އެވެ.

އިޝާން ލަވަ ކިޔުން ހުއްޓާލިކަން އިއުލާނު ކުރުމާއެކު އަލީ ރަމީޒު ވަނީ އިޝާން އަށް ގުޅާފައެވެ. އިޝާން އާއި އަލީ ރަމިޒު އާ ދެ މީހުން ވީޑިއޯ ކޮންފަރެންސްކޮށް ދައްކާފައިވާ ވާހަކަތައް އަލީ ރަމީޒު ވަނީ މިއަދު އާއްމު ކޮށްފައެވެ.

އިޝާން އާ އަލީ ރަމީޒުގެ ވާހަކަތަކަށް ބަލާއިރު، އަލީ ރަމީޒު ވަނީ އިޝާން ލަވަ ކިޔުމާއި ދުރުވީ ކީއްވެގެންތޯ ސުވާލު ކޮށްފައެވެ.

އިޝާން ބުނީ، މިއުޒިކް ކުޅުނުއިރު އެކަން ދޫކޮށްލުމަކީ ހިތުގައިއޮތް ކަމެއް ނޫން ކަމަށާއި، އެއީ ވަރަށް ކުރާހިތުން ކުރަމުންދިޔަ މަސައްކަތެއް ކަމަށެވެ.

https://www.facebook.com/232990923514974/posts/1600288553451864/

"އައި ރޯދަ މަހެއް، ރޯދަ މަހަށް ވީ ތައްޔާރީގައި ކުޑަކޮށް، މިސްކިތާއި ގާތް ވެލީ، އަބަދުވެސް ހިތުގައި އިނދޭ ތަންކޮޅެއް ކުޑަ އިރުއްސުރެ މިސްކިތާ އަރާލާ ހަދާލަން، ތަންކޮޅެއް މިސްކިތާއި ދުރުވެލީ މާބޮޑަށް މިއުޒިކްގެ ތެރެއަށް ވަދެވުނީ، އެ "މިސްކިތަށް" ދާން ފެށި ދުވަސްކޮޅު ހިތްހަމަ ޖެހުން ލިބިފައި އުނދަގުލެއް އެބަވޭ، އެހެންވީމަވެސް އިޝާންއަކަށް އެކަމެއް ފާހަގައެއް ނުވި، މިއީކީ މިއުޒިކް ކުޅެގެންނޭ ހިތްނުނަވަސްކަން އަންނަނީ،" އިޝާން ބުންޏެވެ.

އިޝާން ބުނީ، އެ ހިތްނުތަނަވަސްވާކަން ޔަގީންވަނީ ނަމާދު ކުރުމާއި، މިއުޒިކް ކުޅުން ދާދި އެއް ހަމައެއްގައި ހިފަހައްޓައިގެން ދާން ފެށުމުން ކަމަށެވެ.

"އަސްލު މި ހިތްނުތަވަސް ވަނީ ޝޯ ކުޅެފައި އަންނަ ގަޑީގައޭ، ރޯދަ މަހެއްގެ ތެރޭގައި ވީ ގޮތްދޯ މިއީ، އެއިރު އިޝާން މެން އުޅުނީ ރިސޯޓެއްގައި ހަމަ އެތަނުގެ އިންހައުސް ބޭންޑަކަށް، ބޭންޑް އެއްކޮށް ގޮސްގެން އެކޮޅުގައި އުޅުނީ، އެއިރު ހެނދުނު ހޭލައިގެން ރޯދަ ވީއްލަން ދެން ވަރަށް އުފާވެރި މޫޑެއްގައި މި ހުންނަނީ، އެކަމަކު ރޭގަނޑު ޝޯވ ނިންމާފައި އެބައާދޭ ހިތްނުތަނަވަސްކަމެއް:، އިޝާން އަލީ ރަމީޒަށް ކިޔާދިނެެވެ.

އޭނާ ބުނީ، މިއުޒިކަކީ ބޮޑު ހިތްނުވަސްކަމެއް ކަން އެނގިގެން ދިޔަ ކަމަށެވެ.

އަދި މިއުޒިކް ކުޅެގެން ބޭނުންވީ ކާމިޔާބު މީހަކަށް ވާން ކަމަށާއި، މިއުޒަކަށް ދިން އަހައްމިޔުތަކާއެކު ދީންވެސް ދަސް ކުރަން ފެށި ކަމަށް އިޝާން ބުންޏެވެ.

"ދަސް ކުރަން ފެށީމަ، ވާނުވާ އެނގުނީމަ މި އެނގެނީ އާދައިގެ ކަމެއް ނޫނޭ މި ދުނިޔެ މީކީ، ބޭނުންހާ ގޮތަކަށް އުޅެފައި ދާން އޮތް ތަނެއް ނޫންކަން، އެ ހިސާބުން /މިއުޒިކް/ދޫކޮށްލުން އެއީ މާބޮޑު ތަކުލީފަކަށް ނުވި". އިޝާން ކިޔާދިނެވެ.

މިއުޒިކަކީ ފުރާނާއިގެ ކާނާ ކަމަށް ބުނާ ބުނުމަށް، އަލީ ރަމީޒު ކުރި ސުވާލަކަށް ޖަވާބުދެމުން އިޝާން ބުނީ، އެއީ ހަގީގީ ހިތްހަަމަ ޖެހުން ތަޖުރިބާ ނުކުރެވޭ ފަރާތްތަކުން ބުނާ އެއްޗެއް ކަަމަށެވެ.

"އަސްލު މިއުޒިކުން އެ ލިބޭ ހިތްހަމަޖެހުން ތަޖުރިބާ ކުރެވިއްޖެޔާ އިނގޭނެ އެއީ ހިތްނުތަނަވަސް ކަމެއްކަން. އޭގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އާދޭ". އިޝާން ބުންޏެވެ.

އިޝާން ބުނީ، އޭނާ މިއުޒިކް ކުޅުން ހުއްޓާލަން ނިންމީ ވަރުގަދަ މަސައްކަތެެއް ފަށަން ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަމްދޫޙާ

    ޢަލްޙަމްދުލިﷲ!
    ޙަޔާތަށް ތިޔަ ގެނެވުނީ ވަރަށް ހެޔޮބަދަލެއް. މާތް ﷲ އިޝާންއަށް ތިޔަގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށި. އާމީން...
    މި ބަރަކާތްތެރި ރަމަޟާން މަހަކީ ކޮންމެ މީހަކަށްވެސް ނަފްސުގެ ޙިސާބު އަމިއްލައަށް ބަލާލާ ނަފްސު އިޞްލާޙުކޮސްލަން ލިބޭ ރަނުގެ ފުރުޞަތެއް ކަމުގައި ދެކެމާތޯ. އަޅުގަނޑުގެ ދުޢާއަކީ އިޝާންގެ ސަޕޯރޓަރުންވެސް އިޝާންގެ ލަވަތަކަށް ސަޕޯރޓްކުރިފަދައިން މި ގެނައި ހެޔޮބަދަލަށް ސަޕޯރޓްކޮށް އޭނާ ނަމޫނާއަކަށްބެލުން.

    13
    1
  2. ޒަމީރު

    ﷲ އަށްޓަކާ އެއްޗެއް ދޫކޮށްފިއްޔާ ގެއްލުމެއް ނުވާނެ. ދުނިޔޭގަވެސް ބަދަލުގަ އެޔަށްވުރެ ރަނގަޅު އެއްޗެއް ދެއްވާނެ. އަދި އާޚިރަތުގަ ދާއިމީ އުފަލާ ބާއްޖަވެރިކަން
    އިޝާންއަށް ހެޔޮ ރަޙްމަތް ލައްވާށި

    13
  3. އައިޝާ

    ޢަލްހަމްދުލިﷲ. ޢިޝާން އަދި އަލީ ރަމީޒްއަށް ﷲ ސާބިތުކަން ދެއްވާށި. ﷲ ދެއްވި ހިދާޔަތުގެ ބޭނުން އެންމެ ފުދިހަމަ ގޮފުގައި ﷲގެ ދީން އުގަންނައި ދިނުމުގެ އިސް ސަފުން އަލީ ރަމީ ފަދައިން ފެންނާނެ ކަމަށް ދެކެން. ޥަރަށް އުފާވެރި ޚަބަރެއް.

  4. އއއ

    ޢަލްޙަމްދުލިﷲ! މާތް ﷲ އިޝާންއަށް ތިޔަގޮތުގައި ދެމިހުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާށި. އާމީން... ???