ހަށިގަނޑު ދުޅަހެޔޮކަންމަތީގައި ބެހެއްޓުމަށާއި ބަރުދަން ލުއި ކޮންދިނުމަށް ގްރީންޓީއަކީ ރަނގަޅު ބުއިމެކެވެ. އެހެންނަމަވެސް، ކޮންމެ ކަމެއް ކުރުމުގައިވެސް ވަކި މިންގަނޑަކާއި އުސޫލެއް އޮންނަ ފަދައިން ގްރީންޓީ އަކީ ވަކި ގަޑިތަކެއްގައި ބުއިމުން އެކަމުންް ލިބޭ ފައިދާ އިތުރު ކޮންދޭ ބުއިމެކެވެ.

ޞިއްޙީ ދިރާސާއަކުން ދައްކާގޮތުގައި ހެނދުނުގެ ފުރަތަމަ ބުއިމަކަށް ގްރީންޓީ ބުއިމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ޗިސްމެއަށް ކުރެއެވެ. އެގޮތުން މެންދުރުގެ ކެއުމުގެ ދެ ގަޑިއިރު ކުރިން ނުވަތަ ދެ ގަޑިއިރު ފަހުން ބުއިމަށް ލަފާދޭއިރު ކާއެއްޗަކާއި އެކު ގްރީންޓީ ބުއިމުގެ ސަބަބުން ކާނާގައި ހުންނަ އަޔަންގެ މިންވަރު ދަންކޮށްދޭ ކަމަށް ދިރާސާގައި ވެއެވެ.

އަދި ގްރީންޓީއަކީ ކެފެއިން އާއި އަމީނޯ އެސިޑް އެކުލެވޭ ބުއިމަކަށްވެފައި މިއީ ނިދުމުގެ އެއް ގަޑިއިރާއި ދެ ގަޑިއިރު ކުރިން ބުއިމުން އަރާމު ނިންޖެއް ގެނުވައިދޭ ބުއިމެއް ކަމަށެވެ. ހަމައެފަދައިން ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ގްރީންޓީއިން އެހީވެދޭ ކަމަށާއި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ބުއިން އެކަށީގެންވަނީ ތިން ތަށި ނުވަތަ 100-750 މިލިގުރާމް ކަމަށް ދިރާސާއިން ހާމަވެއެވެ.