ކޮވިޑް-19 ޖެހިގެން ފިރިމީހާ މަރުވި ފަހުން، ފިރިމީހާގެ ބޮޑު ސިއްރު ފަޅާއަރައިފި

އަނބިމީހާއަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. އޭނާއަށް އެނގިގެން ދިޔައީ ފިރިމީހާ އޭނާއަށް ބޭވަފާތެރިވި ކަމެވެ. މިސްރުގެ މަންސޫރާ ޕްރޮވިންސްގެ ހޮސްޕިޓަލްގައި އެ އިނީ، ފިރިމީހާގެ ދެވަނަ އަނބިމީހާއެވެ. އޭނާވެސް ހޮސްޕިޓަލަށް ދިޔައީ ފިރިމީހާ ކޮވިޑް-19 ޖެހިގެން މަރުވި ހަބަރު ލިބިގެންނެވެ.

އަލް ސަދްރް ހޮސްޕިޓަލަށް އެ ފިރިހެން މިހާ ގެންދިޔައީ އޭނާ ނިއުމޯނިއާ ހުރެގެން ކޮވިޑް-19 ހުރެދާނެ ކަމަށް ބަލައެވެ. އޭނާގެ ހާލަތު ހުރީ ވަރަށް ގޯސް ކޮށެވެ. އޭނާ ކޮވިޑް-19 ގެ ޓެސްޓުތައް ހެދިއިރު ފުރަތަމަ ޓެސްޓުން ވީ ނައްސި އެވެ. އަދި ދެވަނަ ޓެސްޓު އަނެއްކާވެސް ނަގާ އެ ޓެސްޓުގެ ނަތީޖާއިން އޭނާ ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އެހެން ނަމަވެސް އޭނާގެ އިތުރު ސުންކެއް ނެގުމުގެ ކުރިން އޭނާ ވަނީ އިތުރު ސިއްހީ މައްސަލަތަކެއް ވަނީ މަރުވެފައެވެ.

އެ ހޮސްޕިޓަލްގެ ބައެއް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާގެ މަރުގެ ވާހަކަ އާއިލާއަށް އެނގުމުން، އެ ފިރިހެން މީހާގެ އަނބިމީހާ އާއިއޭނާގެ އާއިލާ ހޮސްޕިޓަލަށް އައެވެ. އަދި އެ މީހުންނަށް އެނގިގެން ދިޔައީ، ފިރިމިހާގެ އިތުރު އަންބަކު ހުންނަ ކަމެވެ. އެކަމާއި އެ މީހުންނަށް ދިޔައީ ބޮޑު ޝޮކެއް ޖެހިގެންނެވެ.

އޭނާގެ ދެވަނަ އަނބިމީހާއަކީ އުމުރުން 32 އަހަރުގެ އަންހެނެކެވެ. އޭނާވެސް އެ ހޮސްޕިޓަލަށް އައީ ފިރިމީހާގެ ހަށީގަނޑު ބަލައެވެ. އަދި އޭނާ ބުނެފައިވާގޮތުން، ފިރިމީހާ އުޅެމުން ދިޔައީ އާނާއެކު، ޓަނާހްގައި ހުންނަ ވިލޭޖެއްގައެވެ. އަދި އޭނާވެސް އެ ބައްޔަށް ޝައްކު ކުރެވޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

އެކަމާއި އެ ފިރިހެން މީހާގެ ފުރަތަމަ އަނބިމީހާ އާއި ދަރިންނަށް ބޮޑު ހައިރާންކަމެއް ލިބުނުއިރު، މި ދެމީހުންވެސް ކައިވެނިކޮށްގެން އުޅޭތާ އެތައް އަހަރެއް ވެދާނެ ކަން ވަނީ އެނގިފައެވެ. އަދި ދެވަނަ އަނބިމީހާއަށްވެސް މި ފިރިހެން މީހާގެ ދެ ކުދިން ތިބޭ ކަންވެސް ވަނީ އެނގިފައެވެ. އަދި އޭނާ ދެވަނަ އަނބިމީހާއަށް ވަގުތު ދެނީ އޮފީސް ދަތުރުކަށް ދަނީ ކަމަށް ބުނެކަން ވެސް ވަނީ އެނގިފައެވެ.

އެކަމާއި ދެ އަނބިން ދެމެދުގައި ބޮޑު އަރައިރުމެއްވެސް ހިނގި ކަމަށް ވެއެވެ. އަދި އެ މީހުން އެ ފިރިހެން މީހާގެ ހަށިގަނޑު ގެންދަންވެސް ދެކޮޅު ހެދި ކަމަށް ވެއެވެ. އަދި ހޮސްޕިޓަލްގެ މޯޗަރީގައި ދެ ދުވަހު ބޭއްވުމަށްފަހު، ފަހުން އެ ފިރިހެން މީހާގެ ހަށިގަނޑު ވަޅުލާފައިވާ ކަަމަށް ވެއެވެ.

އަދި ދެވަނަ އަނބިމީހާވެސް ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އަދި އޭނާއަށް މިހާރު އައިސޮލޭޝަން ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލާމު

    އެއީ ބޭވަފާތެރިވުންކަމށް ނުބުނެވޭނެ.

    15
    21
  2. Anonymous

    ރަނގަޅު އެއްގޮތަކުން
    ފުރަތަމަ އަނބި ހިތުގަ ނުޖައްސަން އޭނާއަށް ނާންގާ
    ދެވަން އަންބާ އިންނައިރު އަނބިމީހާ ގެ ރުހުން ހޯދާ ކަށް ނުޖެހޭ، ކޮން އިރަކުންތަ ފިރިހެނުން ވީ އެހާ ދަށު ބަޔަކަށް.

    3
    8