އިންޑިއާޣެ އަހުމަދު އާބާދްގެ ޗަންޑްޚެޑާގައި ކުޅިކޮށް ކާން ނުދިން މައްސަލާގައި ފިރިހެނަކު، އޭނާގެ އަނބިމީހާ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިމީހާ ބެލްކަނިން ފުންމާލަން އުޅެފިިއެވެ.

ފްލެޓެއްގެ ތިން ފަން ފަންގިފިލާގައި ދިރިއުޅެމުން އަންނަ މި ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހުނީ ފިރިހެން މީހާ ކުޅިކޮށް ކާން ބޭނުންވެގެން އުޅުނު ނަމަވެސް، އަނބިމީހާ އޭނާއަށް ކުޅިކޮށް ކާން ދޭން ދެކޮޅު ހެދީ ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވެއެވެ. މިކަަމާއި ދެމަފިރިންގެ ދެމެދުގައި ޒުވާބުކޮށް، ފިރިހެން މީހާ ވަނީ ބެލްކަންޏާއި ދިމާލަށް ގޮސް ބެލްކަނިން ފުންމާލަން މަސައްކަތް ކޮށްފައި ކަމަށް ވެއެވެ.

މެދު އުމުރުގެ އެ ފިރިހެން މީހާ ބެލްކަނީގައި އެލި ގަނެގެން އޮއްވާ އަވައްޓެރިންނަށް ފެނުނު ކަމަށް ވެއެވެ. އަދި އެ މީހުން ވަނީ އޭނާ ސަލާމަތް ކުރުމަށް އެ ގެއަށް ވަދެފައެވެ.

މިކަމާއި ގުޅިގެން ޗަންޑްޚެޑާގެ ފުލުހުންގެ އިންސްޕެކްޓަރ ބުނެފައި ވަނީ، އެފަދަ ކަމެއް ހިނގައިގެން މީގެ ދެ ތިން ދުވަސް ކުރިން މައުލޫމާތު ލިބުނު ކަމަށެވެ. ނަމަވެެސް އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެއީ އަނބިމީހާއާ ފިރިމީހާއާ ދެމެދު ހިނގާދިޔަ ތަޅާފޮޅުންގަނޑެއް. މިކަން ދިމާވީ ފިރިމީހާ ކުޅިކޮށް ކާން ބޭނުންވެގެން އެކަމާއި ވާހަކަދެއްކުމުން، އަދި އެކަމާއި ދެމީހުން ދެ މީހުންނަށް ޒުވާބުކޮށް، ފިރިމީހާ ބެލްކަނިން ފުންމާލަން އުޅުނީ".

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ތީ ހަމަ މީހުންގެ ސަމާލުކަން ހޯދަން އުޅުނު މީހެއް. މީހަކު ފުންމާލަން ނުނަގާނެ ސިކުމްތެއްވެސް. މީހުން ސަލާމަތްކުރަން އަންނަންދެން ބެލްކަނީގަ އެލިގެން. ލޮލް. ފިނޑިގޮލައެްްތީ.

    21