ކޮވިޑް-19 ޖެހިގެން ބައްޕަ މަރުވި ފަހުން ފިލިޕީންސްގެ ފަސް ކުޑަކުދިން ހިމެނޭ ކުޑަ ކުޑަ އާއިލާއެއް ޔަތީވެއްޖެއެވެ.

ފިލިޕީންސްގެ ސިޓީއަކަށް ނިސްބަތްވާ މި ފަސް ކުދިން ޔަތީމުވިއިރު، އެ ކުދިންގެ ބައްޕަ ކިލްޑެރެ އަޔާލޭންޑް މަރުވީ މިިދިޔަ ހަފްތާ ތެރޭގައި، ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އެ ކުދިންގެ ބައްޕަ މަރުވީ އައިސީޔޫގައި އޮވެ އެ ބައްޔާއި ހަނގުރާމަ ކުރަމުންދާ 41 ދުވަސް ފަހުންނެވެ.

އޭނާގެ ފަސް ކުދިން ސެޓޭފެނީ، މިކީ، މައިކަލް، ޖޯން އަދި ޗެކީ މިހާރު ދިރިއުޅެމުން ދަނީ އެކަންޏެވެ. އެ މީހުންގެ މައިންބަފައިންނެއް މިހާރު މި ދުނިޔޭގައި ނެތެވެ. އެ ކުދިންގެ މަންމަގެ މީގެ ހަ އަހަރު ކުރިން ކެންސަރު ބަލީގައި ވަނީ މަރުވެފައެވެ.

އެ ކުދިން މިހާރު ބަލަހައްޓަމުން ދަނީ އެ ކުދިންގެ ބޮޑުދައިތަ ފެލީ މޫރީއެވެ. ޔަތީމުވި އެ ކުދިންގެ ވާހަކަ މީސް މީޑިއާގެ ސަމާލުކަަމށް ގެނައުމާއެކު އެ ކުދިންނަށް އެހީވުމަށް އެތައް ބަޔަކު މަސައްކަތް ފެށިއެވެ. އަދި ހަތަރު ދުވަސް ތެރޭގައި އެ ކުދިންނަށް 13،000 ޕައުންޑް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ކުދިންގެ ތެރެއިން އެންމެ ބޮޑީ މިކީއެވެ. މިކީ ވަނީ އޭނާގެ ބައްޕަ މަރުވިކަން މީސް މީޑިއާ މެދިވެރިކޮށް ހިއްސާކޮށްފައެވެ.

"ބައްޕަ އެ ބައްޔާއި ހަނގުރާމަ ކުރީ ވަރަށް ރަނގަޅަށް.. ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރުމެން ބައްޕަ މަތިން ވަރަށް ހަނދާން ވާނެ، އަދި ބައްޕަ ދެކެ ވަރަށް ލޯބިވޭ" މިކީ ލިޔެފައި ވެއެވެ،

އޭނާ ވަނީ، އެންމެންްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔސރ

    އިސްލާމް ދީނަށް އެކުދިންނަށް ހިދާޔަތް ދައްކަވާނދޭވެ.
    މަލިކު ފިކިޕްއާ ނަސާރާއިންގެ ނުބައިކަން،
    މުސްލިމު ގައުމެއް ސުންނާފަތި ކޮށް ގަދަކަމުން ކްރިސއޓިއަން ދީނަށް ވައްދާ، އެންމެ ފަހުން އެ ގައުމުގެ ނަން ވެސް އޭނާގެ ނަމަށް ނިސްބަތްކޮށް ބަދަލުކޮށްފަ

    11
    1