ޖުމައްޔިލް ނިމާލްއަކީ ރާއްޖޭގެ ފިލްމީ ދާއިރާގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ތަރިއެވެ. ސްޓޭޖް މަތިން އެވޯޑްތަކެއް ހޯދާފައިވާ، މަޝްހޫރު މޫނެކެވެ. ބައްޕަަ އަހުމަދު ނިމާލްއާ އެއް ފެންވަރަކަށް ފިލްމީ ދާއިރާގައި ވިދާނެ ކަމަށް ބެެލެވޭ ތަރިއެކެވެ.

މި ތަރި ބައިސްކޯފުން ގެނެސްދޭ ލޮކްޑް އަޕް ޝޯގައި ދެއްކި ވާހަކަތަކަށް މިފަހަރު ބަލާލާނަމެވެ.

ޖުމައްޔިލް ބުނީ، އޭނާއަކީ ދިރިއުޅުމުގައި ވަކި މޮޓޯއެއް ގެންގުޅޭ މީހެއް ނޫން ކަމަށެވެ. ނަމަވެސް، އުސޫލުތަކެއް ގެންގުޅޭ މީހެއް ކަމަށް ބުންޏެވެ. އެގޮތުން މީހަކަށް ކަމެއް ކޮށްދީގެން އަނބުރާ އެއްޗެއް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޖުމައްޔިލް ފުރަތަމަ ޝޫޓިންއަށް ފަހު ހީކުރެވުނީ މީހުން އޭނާއަށް ވަރަށް ޖެއްްސުންކޮށް ހަދާފާނެ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ވެފައި ނުވާ ކަން އޭނާ ވަނީ ޝޯގެ ތެރެއިން ފާހަގަކޮށްފައެވެ.

"ފުރަތަމަ މަގުމައްޗަށް ނުކުތް އިރު ކުޑަ ކުޑަކޮށް، ހާސްވި މީހުން ކީކޭބާއޭ ކިޔާނީ، އެކަހަލަ އެއްވެސް ކަމެއް ނުވޭ".

ޖުމައްޔިލް

އަދި ފުރަތަމަ ފިލްމް ނެރުނު ދުވަހަކީ ވަރަށް ހިތް ބިރުގަތް ދުވަހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. އަދި ފިލްމް ޕްރިމިއަ ކުރި ގަޑީގައިވެސް މީހުން ކިޔާނެ އެއްޗަކާ މެދު ވަރަށް ބޮޑަށް ވިސްނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"އޭގެ ކުރީ ދުވަހު ރަނގަޅަށް ނިދާ ވެސް ނުލެވުނު، ގާތްގަނޑަކަށް ގަޑިއެއް ދެ ގަޑިއެއް ހާއިރަށް ނިދާލެވުނީ. ހިތްހަމަޖެހިގެން. އެހާ ދުވަހުގެ ޑްރީމްއެއް، އެ ދުވަސް ކާމިޔާބުވާތީ، އެ އުފަލުގައި ހިތްހަމަޖެހިގެން ހަމަ ނުނިދެއޭ ބުންޏަސް ދޮގަކަށް ނުވާނެ،" ޖުމައްޔިލް ބުންޏެވެ.

ޖުމައްޔިލްގެ ފުރަތަމަ ފިލްމަކީ 2014 އަހަރު ނުކުތް އަނިޔާއެވެ.

އޭނާ ވަނީ އެ ފިލްމުން ކުޅުނު ރޯލުން އެންމެ މޮޅު އާ ތަރީގެ އެވޯޑް ހޯދައިފައެވެ. އަދި ހަމަ އެ އަހަރު އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ ރޯލް އެހެން ފިލްމެއްގައި ކުޅުނު ރޯލުން ހޯދާފައެވެ. އެއީ ވާށޭ މަށާ އެކީގައި ޖުމައްޔިލް އަދާކުރި ރޯލުންނެވެ.

އެންމެ ފަހުން ބެލި ސީރީސްއާ ގުޅޭގޮތުން އޭނާ ބުނެފައި ވަނީ، އެއީ ސީރީސް ލޮކްޑް އަޕް ކަމަށާއި، އެއީ ޕްރިޒަން ބްރޭކް ގޮތަށްދާ، އެކަމަކު ހުސް އަންހެނުން އުޅޭ ސީރީސެއް ކަމަށެވެ.

ޖުމައްޔިލް ޝޯގެ ތެރެއިން ވަނީ އޭނާގެ ސަމާލުކަން ބޭނުން ނަމަ، ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

އޭނާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ގަޑިއަށް ފަރުވާތެރި ވުމެވެ.

"ތަނަކަށް ގަޑިއަކަށް ދާން ކިޔައިފިއްޔާ ގަޑިއަކަށް އެތަނަށް އައުން، އެއީ އެންމެ ފުރަތަމަ އަޅައިގަންނާނެ ސިފަ ކަންނޭގެ، މީހާގެ ޕާސަނަލިޓީ، އެ ހިސާބުން ވަރަށް ބޮޑަށް ބެލެވެން ފަށާނެ. އޭގެ އިތުރުން ސާފްތާހިރު ކަމާއި، މިކަހަލަ މިކަހަލަ ކަންކަމަށް ދެން. އާއްމުކޮށް ބުނާނެ ރީތި މީހަކު ފެނުނީމައޭ އަޅައިގަނެވޭނީ، އެކަމަކު މިހާރު ރީތި މީހަކު ފެނުނަސް، މިބުނާ ކަންތައް އުނިވަންޏާ، އެއްވެސް ވަރަކަށް އެޓްރެކްޓެއް ނުވޭ" ޖުމައްޔިލް ބުންޏެވެ.

ޖުމައްޔިލް ލޯބި ސިފަ ކުރަނީ ދެ މީހެއްގެ ދެމެދުގަައި އުފެދޭ ވަަރަށް އެހެން ކަހަލަ އިހްސާސްތަކެއްގެ ގޮތުގައެވެ.

ޖުމައްޔިލް ބުނީ، ފިލްމްތަކަށް ކޮމެންޓް ކުރުމާއި ކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ ފިލްމެއްގައި ހުންނަ މައްސަލަތައް ފާހަގަވާނީ ބެލުންތެރިންނަށް ކަމަށެވެ. ނަމަވެސް ހަޑި ހުތުރު ބަސް ބޭނުން ނުކޮށް، އަނެކާއަށް ވެސް ކިޔާލަން ފަސޭހަ ގޮތަކަށް، ވީހާވެސް ރީތިކޮށް ކޮމެންޓް ކުރުމަށް އޭނާ ވަނީ އެދިފައެވެ. އެގޮތުން ފިލްމް ކަމުނުދިޔަސް އެ ވާހަކަ ދެއްކި ދާނެ ކަމަށާއި، އޭރުން އެކަންކަން ރަނގަޅު ކުރަންވެސް އިނގޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އާ ގުޅޭގޮތުން ޖުމައްޔިލް ބުނެފައި ވަނީ، ބެހޭ މާހިރުންގެ ބުނާ ގޮތް ހަދަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ޑޮކްޓަރުންނާއި، ނަރުހުން، އަދި ފިހާރަތަކުގައި ޑެލިވަރީގައި ހަރަކާތްތްތެރިވަމުންދާ މީހުންނަށް ޖުމައްޔިލް ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ވަނީ އެންމެންވެސް ގޭގައި ތިބުމަށް ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނީޝޫ

    ކާކުތަ އުޅެނީ މީނަގެ ސަމާލުކަން ހޯދަން. ?

    63
    9
  2. އޮން

    ގަޔާނުވޭ އެއްވެސް ވަރަކަށް

    46
    5
  3. އިސްލާމް

    ތި ކަހަލަ މީހުންގެ ސަމާލުކަން ހޯދަން ނޫޅެން....!.!.ތަންކޮޅެއް ސޯލިހު މީހެއް ނަމަ އުޅުނީމުސް ކަންނޭގެ ހޯދަން.....

    39
    5
  4. ނީމް

    ވ ސަޅި! އަބަދުވެސް ބޭނުން ޓިވީ އިން ފެންނަން!.....

    5
    8
  5. ފޭން

    މަ މިއައީ ހަމަ ކޮމެންޓުތައް ކިޔާލަން ވެގެން ... ކޮމެންޓް ބަލާލީމަ އިނގެ މިއާރޓިކަލް މުހިއްމުވަންޏާ ނުވަންޏާ

    11
  6. އެންޑް

    އެންޑް ނައު ހީ އިޒް އެކިއުޒްޑް އޮފް ރޭޕް.

  7. ކާކު

    1- ބީ 17
    2- ބީން އަ ކަޒިން

  8. ޝަރޫ

    ސަމާލުކަން ހޯދާކަށް ބޭނުމެއް ނޫން ޖަލަށް ލާން ބޭނުމީ.