ދިވެހި ފެޝަންގެ ދުނިޔޭގައި އާއްމުންގެ ބޮޑު މަގްބޫލްކަމެއް ހޯދާފައިވާ ހުސެއިން ޝަދްޔާން (ސޭންޑީ) އެންމެ ބޮޑަށް ބޭނުންވަނީ ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަޑުކޯން، ނޫނީ ލަވަކިޔުންތެރިޔާ ބިއޯންސޭ، ނުވަތަ ވެމްޕަޔަރ ޑައިރީޒްއިން އެތައް ބައެއްގެ މަަޤްބޫލްކަން ހޯދި ބަތަލާ ނީނާ ޑޯބްރޭވް އަށް ސްޓައިލްކޮށްދޭންކަމަށް އޭނާ ބުނެފިއެވެ.

އޭނާ މިހެން ބުނީ އިއްޔެ ފިލްމީ ތަރި ރިޝްމީ ކުރިއަށް ގެންދިޔަ އިންސްޓަރގްރާމް ލައިވްއެއްގައވެެ. މަޖާ ސުވާލާއި ޖަވާބުތަކަކާއި އެކު ކުރިއަށް ގެންދިޔަ އެ ލައިވްގައި ރިޝްމީ ވަނީ ސޭންޑީ އޭނާ އާއި މެދު ފަތުރަން ބޭނުންވާ ވާހަކައަކީ ކޮބާތޯ ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ބިއޯންސޭ، ދިޕިކާ، ނީނާގެ ސްޓައިލިސްޓަކަށް ވާން ފުރުސަތު ލިބުނުކަމަށް އަޑު ފަތުރަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ރިޝްމީ ވަނީ ކޮންމެވެސް ދުވަހަކުން، ސޭންޑީއަށް އެކަހަލަ ފުރުސަތެއް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ވެސް ބުނެފައެވެ.

" އާނ ހޫ ނޯސް ދޯ." ސޭންޑީ ވަނީ އެއީ ވެސް ވެދާނެ ކަމެއްކަން އެންގުމުގެ ގޮތުން ބުނެފައެވެ.

އެ ލައިވްގައި ހޮލީވުޑް ސީރީޒްއެއްގެ، ނޫނީ ފިލްމެއްގެ ރޯލެއް ކުޅެން ލިބިއްޖެއްޔާ ބޭނުންވަނީ ކޮން ރޯލެއްތޯ ބުނުމުން ސޭންޑީ ބުނީ ބޭނުންވަނީ ވަރަށް ބައިވަރު ރޯލުތަކުން އެކަކު ފެންނަ ކަހަލަ ރޯލެއް ކުޅެކަމަށެވެ.

ކޮންމެވެސް ވަރަކަށް ދިވެހި ފިލްމްތަކުން ވެސް މިހާރު ފެންނަ ސޭންޑީ ވަނީ އޭނާ ވެމްޕަޔަރ ޑައިރީސްގެ ޑޭމަންގެ ރޯލުވެސް ކުޅެން ޝައުގުވެރިވާކަމަށް ބުނެފައެވެ.

ސޭންޑީގެ އެ ޖަވާބަށް ރިޝްމީ ޖަވާބު ދިނީ ސަމާސާ ރާގަކަށެވެ.

" ޔޫ ވިޝް؟" ރިޝްމީ ބުންޏެވެ.

ސޭންޑީ ވަނީ އޭނާ އިދު ދުވަހު ޗޮކްލެޓް ކޭކް އެޅި ވާހަކަވެސް ކިޔާދީފައެވެ. ރިޝްމީ ވަނީ އިއްޔެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އެކި ފަންނާނުންނާއި އެކު އިންސްޓަގްރާމް ލައިވްގައި މަޖާ ވަގުތުކޮޅެއް ހޭދަކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނޯނޭމް

    ޑްރީމް އޮން?

    21
    • ހ

      ???100% ޓްރޫ

      13
  2. ފނކ

    ދެން ގިޔާމަތް ދުވަހުން..............؟

    27
    3
  3. ތޭރަ

    ސޭންޑި ހުރޭ އަޝްފާއަށް ކިއްލިގޮށި ހެދުން ފައްސަން

    39
    1
  4. ޔާޔާ

    ހެޔޮނުވާނެ މިކަހަލަމީހުންގެ ވާހަކަތައްނުގެނެސްދޭށޭ. އަހަރުމެން މިސާލުނަގަންޖެހޭކަހަލަ ރަގަޅުމީހުންގެ ވާހަކަތައްގެނެސްދޭށޭ

    19
    2
  5. ހިހި

    ލޮލް....ޑޭމަން އަށް ހުރި ލަދެއް އެ ރޯލް ކުޅެފިއްޔާ ?